"އެއް ކަމެއް ވެސް ނުކުރޭ"، މުއިއްޒުގެ ދަތުރާ ގުޅުވާ އައްޑޫގެ ވައުދުތައް އާކުރާތީ ނިޒާރު ނުރުހިއްޖެ

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އޭނާ ވިދާޅުވީ އަލަށް ފަށަން ބުނި އެއް ކަމެއް ވެސް ނުހިނގާ ކަމަށް -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އޭނާ ވިދާޅުވީ އަލަށް ފަށަން ބުނި އެއް ކަމެއް ވެސް ނުހިނގާ ކަމަށް -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލު

ސަރުކާރާ ހަވާލުވުމަށް ފަހު އައްޑޫ ސިޓީގައި ހިންގަން ބުނި އެއްވެސް މަޝްރޫއެއް ނުހިންގާ ތިބުމަށް ފަހު، މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީ އައްޑޫއަށް ވެފައިވާ ވައުދުތަކުގެ ވާހަކަ ދައްކާތީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އައްޑޫގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ މަސައްކަތާ ގުޅިގެން އަދަދު އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވީ، މުއިއްޒު އައްޑޫއަށް ވަޑައިގަންނަވާތީ އައްޑޫގައި ކުރަން ބުނި ކަންކަމުގެ ވާހަކަ ދެއްކިޔަސް މި ސަރުކާރުން އަލަށް ފަށަން ބުނި އެއްވެސް ކަމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

މުއިއްޒު އައްޑޫއަށް ވަޑައިގަންނަވާ ތަންވަޅާ ދިމާކޮށް، އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމުގައިވާ ޝަންގްރިއްލާ އަންނަ އާ އަހަރަށް ހުޅުވާ ކަމަށް އިއުލާންކޮށް، ހަންކެޑެގައި ރިއަލް އެސްޓޭޓު ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ހަންކެޑެގައި ހިންގަން އުޅުނު ހަލާލު ޓޫރިޒަމް ޕްރޮޖެކްޓު ދޮންހެރައަށް ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އައްޑޫ ދަތުރާ ގުޅުވާ އައްޑޫގައި ކުރަން ރާވާ ކަންކަން މީޑިއާތައް ތިލަކުރި ނަމަވެސް ނިޒާރު ވަނީ ހަގީގަތުގައި އެއްވެސް މަސައްކަތެއް ނުހިނގާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަސައްކަތް ނުހިނގާ އެއް މަޝްރޫއުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި އައްޑޫ ސިޓީ މަގުތައް ތަރައްގީކުރަން ހިންގާ 829 މިލިއަން ރުފިޔާގެ އަގު ބޮޑު މަޝްރޫއު އެވެ. އައްޑޫ ސިޓީގެ ދުވަސްވީ ލިންކް ރޯޑާއި ބާކީ ހުރި މަގުތައް ހަދަން ހިންގާ މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މި އަހަރުގެ އޭޕްރިލް 24، ގައި އެވެ.

ނިޒާރު ވިދާޅުވީ މި މަސައްކަތަށް ސައިޓެއް ބޭނުންވާ ކަމަށް ބުނެގެން، އެއް ލައްކަ އަކަފޫޓުގެ ބިން ކައުންސިލުން ހަމަޖައްސާފައިވާ ކަމަށެވެ.

"އެ ބިމާ ބެހޭ ގޮތުން ސުވާލެއް މިއަދާ ހަމައަށް އައިއިރު ވެސް ނުކުރޭ. އެތަނާ ހަވާލުވާން ނޫޅޭ. ކުރަން އުޅޭ ކަމެއްގެ ވާހަކައެއް ނުދެކެވޭ. އެހެންވީމާ އައްޑޫގެ މަގު ހެދުން ވެސް އޮތީ ހަގީގަތުގެ ސަރުކާރުން އާރުޑީސިއާއަކު ސޮއިކޮށްފައި އޮތުން އޮތީ ހުއްޓިފަ،" އޭނާ ވިދާޅުވި އެވެ.

ހަންކެޑް މަޝްރޫއާ ގުޅޭ ގޮތުން ވެސް ނިޒާރުގެ ހުރީ މިކަހަލަ ކަންބޮޑުވުންތަކެކެވެ. ނިޒާރު ވިދާޅުވީ އެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށް ހަވާއެރުވި ނަމަވެސް، އެ ފަހުން ވީނުވީއެއް ހަމަ އެއް ގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އެ ހާލަތުގައި އޮއްވާ އަނެއްކާ ވެސް މި އަޑު އިވެނީ ހަމަ ކުރިން ހިންގަން އުޅުނު ކަހަލަ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އުޅޭ ވާހަކަ ކަަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި އަލުން ހަންކެޑެ ތަރައްގީކުރަން ވިސްނި އިރު، އެކަން ހަވާލުކުރަން އުޅެނީ ކޮން ބަޔަކާ ކަމެއް، އަދި ކުރަނީ ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި މި ތަނުގައި 1000 ކޮޓަރި ތަރައްގީކުރާނެ ކަމަށް ސަރުކަރުން ބުނި ނަމަވެސް ހަލާލު ޓޫރިޒަމަށް ދޭން އުޅެފައި، ހަންކެޑެއާ ގުޅޭ ވިސްނުން ބަދަލުވީ ގޮތެއް ވެސް ސަރުކާރަށް ބުނެ ނުދެވޭ ކަމަށެވެ.

"އެކަހަލަ ކަންތައްތަކެއް ކޮށްފަ މިހާރު އަނެއްކާ އެ އޮތް ބޮޑު ޕްރޮޖެކްޓް 1000 ކޮޓަރިއަށް ތަރައްގީކުރަން ނިންމާވާ ހަންކެޑެ މިހާރު ދޭން އުޅޭ ބަޔަކު ވެސް އެނގެނީ ކިޔަން ނޫން، ހަލާލު ޓޫރިޒަމަށް އެތަން ބަދަލުކޮށްލަނީއޭ ކިޔާ އަޑު އެބައިވޭ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ކޮށްދޭން ބުނި ކަންކަމާ މެދު ނިޒާރުގެ ނުރުހުންތައް ބަންޑުންކޮށްލިއިރު، އޭނާ ވަނީ މި ހުރިހާ ކަމެއްގެ ތެރެއިން އައްޑޫ "ބައިބައި" ކުރަން ސަރުކާރުން ގެންގުޅޭ ވިސްނުމަށް ފާޑުކިޔާފަ އެވެ. ނިޒާރު އެހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލެއްގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލުތައް އޮންނަ ގޮތަށް ބަދަލުކުރަން ނަގަން ވިސްނާ ފެންނަ ނުފެންނަ ވޯޓާ ގުޅުވަ އެވެ.

ސަރުކާރުގެ ވިސްނުމަކީ އައްޑޫ ބައިބައި ކުރުން ވިޔަސް، ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫގެ ރައްޔިތުން ތިބީ އެ ކަމަށް ދޫދޭ ގޮތަށް، އެ ވިސްނުމުގައި ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox