ހުލާސާކޮށް އިއްޔެ: ވިޔަފާރިވެރިނަށް ފައިސާ ދޫކުރުމުގެ ވައުދު ތިންފަށް ވުން

Oct 3, 2025, 1:09 AM
ހުލާސާކޮށް އިއްޔެ: ވިޔަފާރިވެރިނަށް ފައިސާ ދޫކުރުމުގެ ވައުދު ތިންފަށް ވުން

އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން މާލޭގައި ބާއްވާ ބޮޑު މުޒާހަރާއަށް ކުޑަތަންވުމުން ވިޔަފާރިވެރިންގެ ބިލުތަކަށް ފައިސާ ދޫކުރުން ރައީސް މުހައްމަދު މުއިއްޒު ރޭ އެއްބަސްވެވަޑައިގެންފި އެވެ.

މިއީ މިކަމަށް ވައުދުވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.

މިދިޔަ ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާ ދޫކޮށް ނިންމުމަށް ވެސް މުއިއްޒު ޖެނުއަރީ، 2025، ގައި ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. އަދި ނޮވެމްބަރު، 2024، ގެ ކުރިން ފައިސާ ދޫކުރަން ވެސް މުއިއްޒު ކުރިން ވައުދުވެވަޑައިގެންފައިވެ އެވެ.

Advertisement

މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތައް މެދުވެރިކޮށް ސަރުކާރުން ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ ހުރިހާ ފައިސާ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ނިންމާނެ ކަމަށެވެ.

"ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާ ބޯމަތިވެފައި އޮއްވައި، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ވެސް މުއިއްޒު ވަނީ ނިންމައިފަ އެވެ. އަދި މަސްވެރިންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާއަށް ދިޔުމުގެ ފުރުސަތު ހަނި ކުރުމަށްޓަކައި ސަރުކާރު އޮފީސްތަކުން ދަނީ މާދަމާ އެކި ހަރަކާތްތައް ރާވަމުންނެވެ. އޭގެ ތެރޭގައި އެޗްޑީސީ އާއި ކަސްޓަމްސް ހިމެނެ އެވެ.

މާދަމާގެ އެއްވުމުގެ ކުރިން ފުލުހުންނާއި ސިފައިންގެ އިސް ވެރިންގެ ހާއްސަ ބައްދަލުވުމެއް ވެސް މިއަދު ވަނީ ބާއްވައިފަ އެވެ. އަދި ފުލުހުންގެ ހާއްސަ ތަމުރީނުތަކެއް ވެސް މި ހަފުތާގައި މާލޭގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އެއްވުމުގައި އެމްޑީޕީ އިން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ސާބިތު ނުހިފޭ ބަޔާނެއް ވެސް ނެރެފަ އެވެ. މާލެ ތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އިން ބަޔާން ނެރުނުއިރު، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަކަށް ފުލުހުން ނުބުނެ އެވެ.

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީ އިން މާދަމާ ބާއްވާ މުޒާހަރާގައި އަދާލަތު ޕާޓީ އިން ބައިވެރިވުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ އެއްވުން އޮންނާނީ މިރޭ 8:30 ގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox