ފުޓްބޯޅަ ކުރިއަރުވަން ވަރަށް އިސްކަންދެން: ރައީސް

Oct 3, 2025, 12:37 AM
ލެމަން ގްރާސް ސިޓްރޯންގައި އިއްޔެ ގައުމީ ފުޓްބޯޅަ ޓީމާ އެކު، ރައީސް، މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް

ލެމަން ގްރާސް ސިޓްރޯންގައި އިއްޔެ ގައުމީ ފުޓްބޯޅަ ޓީމާ އެކު، ރައީސް، މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީީސް، މުއިއްޒު މި ގޮތަށް ވިދާޅުވީ، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ އެކު، ލެމަން ގްރާސް ސިޓްރޮންގައި ހާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ޓީމާ މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު އެވެ. އެ ގޮތުން، މުއިއްޒު ވިދާޅުވީ، ފުޓްބޯޅަ ކުޅުންތެރިންނަށް ބޭނުންވާ އެކި ކަންކަމުގައި، އަދި، ކުރިއަށްދިއުމުގައި އެހީތެރިކަން ދިނުމުގައި ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ފުޓްބޯޅަ އަށް ދެއްވާ ކަމަށެވެ.

"ހައި ޕްރައިޔޯރިޓީއެއް ދެން ފުޓްބޯޅަ އަށް. އިނގޭތޯ، އެހެން ކުޅިވަރުތަކަށް ވެސް ދެން، ހަމަ، ވަރަށް ބޮޑަށް އިސްކަންދެން ފުޓްބޯޅަ ކުރިއަރުވަން. އަޅުގަނޑު ވަރަށް އުފާކުރަން، ތަޖިކިސްތާނަށް ދާ ދިއުމުގައި ވެސް ވީހާވެސް ރަނގަޅަކަށް އެފްއޭއެމުން ކުރިއަށްގެންދާއިރުގައި ސަރުކާރުގެ ސައިޑުން ކޮށްދޭން އޮތް ކަމެއް ވިއްޔާ، ފުރިހަމަ އަށް ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގައުމީ ޓީމާ އެކު، އިއްޔެގެ އެ ވަގުުތުކޮޅު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކާމިޔާބު ހޯދުމަށް ވަރަށް ހިތްވަރު ދޭ ކަމަށެވެ. އަދި، ދާދި ފަހުން، ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީއާ ގުޅިގެން، ގައުމީ ޓީމަށް އިނާމެއް ދޭނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށިި ހިފައިގެން ރައީސް މުއިއްޒު (ވ) އާއި ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު.--- ފޮޓޯ: ރައީސް އޮފީސް

"ވަރަށް އުފާކުރަން، އަދިވެސް އެއް ފަހަރު މަރުހަބާ ދަންނަވަން ފަހުން މި، (ސްރީ ލަންކާގައި) ކުޅެވުނު މުބާރާތުން ވެސް ހޯދި މަތީ ވަނަ އަށް ވެސް ވަރަށް ބޮޑަށް އުފާކުރަން. ދެން، ސަރުކާރުން އިންސެންޓިވްއެއް ވެސް ލިބޭނެ، އިނާމްތައް ވެސް ދޭނަން، ހިތްވަރު ވެސް ލިބޭނެ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތާގައި ވަރުގަދަ ވެސް ކޮށްދޭނަން، އިރާދަކުރެއްވިއްޔާ ވަރުގަދަ ވެސް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ދެ އަހަރެެއްހާ ދުވަސް ފަހުން، ފެށިގެން މިހާރު ކުރިއަށްދާއިރު، ސަރުކާރުގެ ފަރާތުން ކޮށްދޭން ޖެހޭ ކަންކަން ބަރާބަރަށް އަދާކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ. އަދި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އަށް ފުޓްބޯޅައިގެ ކަންކަމުގައި ދޭން ޖެހޭ ހުރިހާ ކަމެއް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަޔަގީނުން ވެސް ސަރުކާރުގެ ފަރާތުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ފުޓްބޯޅަ ކުރިއަރުވަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެން މިނިސްޓަރަށް ވެސް ހުރިހާ ކަމެއް ފަހިކޮށްދޭން ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އެއީ އިންފްރާސްޓްރަކްޗާ ގޮތުން ކަމުގައި ވިޔަސް އަދި އެެހެން ގޮތްގޮތުން ފެސިލިޓޭޓް ކޮށްދޭން ޖެހޭ ކަންކަން ވެސް ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

"ފުޓްބޯޅަ ކުޅުންތެރިން ތިކުދިން، ގައުމީ ޓީމުގަޔާއި ޖުމްލަކޮށް ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި ހަމަ، ކުރިއަށްދާންވީ ހަަމަ، އަޅުގަނޑު ހަމަ، ފުލް ސަޕޯޓް ސަރުކާރުން ދޭނަން. ސަރުކާރުން މިހާރު ވަރަށް ގިނަ ރަށްތަކުގައި ދަނޑުތައް ހަދަން އެބަ. ފަށަން ފަށައިފިން، އަދިވެސް އެބަހުރި ވަރަށް ގިނަ ރަށްރަށު ފަށަން ވެސް. އެހެންވީމަ، މިހާރު މި ގާނޫނުގެ ދަށުން އެ އަންނަ ސްޓްރަކްޗާގެ ތެރެއިން ވެސް ސަރަހައްދުތަކުގައި ފުޓްބޯޅަ ދަނޑުތައް ހެދި މި ގޮތަށް މި ދަނީ،"

ގަލޮޅު ރަސްމީ ބޯޅަ ދަނޑު މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ ރަނގަޅު ފެންވަރުގެ ދަނޑެއް ހަގީގަތުގައި ރާއްޖޭގައި ނެތް ކަމަށެވެ. އަދި، އެ އަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ، "އިންޓަނޭޝަނަލް ފެންވަރު ރަނގަޅު ނެޝަނަލް ފުޓްބޯޅަ ސްޓޭޑިއަމެއް ހެދުމުގެ މަސައްކަތަށް ވަރަށް މަަސައްކަތް އެބަކުރާ" ކަމަށެވެ.

އަދި، އާ ސްޓޭޑިއަމެއްގެ މަސައްކަތް ކުރެވެންދެން، ގަލޮޅު ދަނޑުގެ ކަންކަމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ދަނޑުތަކުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox