އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން އެބަ މަސައްކަތް ކުރަން: އޭސީސީ

އޭސީސީގެ ރައީސް ޝާމިލް: އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123.73 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެންގި ކަމަށް ކޮމިޝަނުން ބުނޭ -- ފޮޓޯ: އަދަދު

އޭސީސީގެ ރައީސް ޝާމިލް: އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123.73 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެންގި ކަމަށް ކޮމިޝަނުން ބުނޭ -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123.73 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 37 މައްސަލަ މިވަގުތު އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށާއި 161 މައްސަލަ ތަހުގީގުކޮށް ނިންމައި ގޮތް ނިންމުމުގެ މަރުހަލާގައި އޮތް ކަމަށް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

އޭގެއިތުރުން 15 މައްސަލައެއްގައި ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަން ކުރިއަށްދާ ކަމަށް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 281 މީހެއްގެ ލިސްޓެއް މަޖިލީހުން އާންމުކުރި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އެ މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އޭނާގެ އަދަބު ލުއިކޮށް ކުރީގެ ސަރުކާރުން ވަނީ އަދީބު މިނިވަންކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ ފަހަރަކު ޖިނާއީ ހުކުމެއް އިއްވި އެވެ. އެއީ ފަސް އަހަރުގެ ހުކުމަކާއި 11 އަހަރުގެ ހުކުމެކެވެ. ނަމަވެސް އެ ދެ ހުކުމް ވެސް މަތީ ކޯޓުތަކުން ވަނީ ބާތިލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތައް ބަލައި ފައިސާތައް ހޯދާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއިރު އެމަނިކުފާނުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން އަމަލުކުރަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި އެ ކޮމިޝަންގެ ގާނޫނާއި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި ހަމަތަކުގެ މަތިން ކަމަށެވެ.

ކޮމިޝަންގެ ފަންނީ އަދި އެހެނިހެން ގާބުލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަހުގީގުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންދާ ކަމުގެ ޔަގީންކަން އޭސީސީން ދިނެވެ.

ނަމަވެސް އޭސީސީގައި ކޮރަޕްޝަނުގެ ގިނަ މައްސަލަތައް ފުނި ޖެހިފައިވާއިރު އެ ކޮމިޝަނުން މަޑު ދުވެލީގައި މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox