ވިކްޓަރީގެ ރައީސަކަށް ކެލާ ދާއިރާގެ މެމްބަރު ޝަރީފް

Oct 1, 2025, 5:21 PM
ވިކްޓަރީގެ އާ ރައީސް ކެލާ ދާއިރާގެ މެމްބަރު ޝަރީފް.--- ފޮޓޯ: ވިކްޓަރީ

ވިކްޓަރީގެ އާ ރައީސް ކެލާ ދާއިރާގެ މެމްބަރު ޝަރީފް.--- ފޮޓޯ: ވިކްޓަރީ

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު، އަބްދުﷲ ޝަރީފް އިންތިހާބުކޮށް، ސަރުކާރުގެ އިސްވެރިން ހިމެނޭ ބޯޑެއް މިރޭ މީޑިއާ އަށް ތައާރަފުވެއްޖެ އެވެ.

ވިކްޓަރީގެ ރައީސް، ހުސެއިން އާދަމް (އާދަމްބެ) ފިޔަވައި ދެން ތިބި ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން އިސްތިއުފާދިނުމުން، އެ ކްލަބްގެ އާ ހިންގާ ބޯޑެއް އިންތިހާބު ކުރަން ޖެހުނީ އެވެ. އެ ގޮތުން، އާ ބޯޑުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ހިމެނެ އެވެ.

އެ ގޮތުން، ވިކްޓްރީގެ ނައިބު ރައީސުންގެ ތެރޭގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް ހިމެނޭއިރު، މީގެ ކުރިން އޭނާ ވަނީ އެ ކްލަބްގެ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންގެ މަގާމު ފުރައިފަ އެވެ. ދެން، މި ފަހަރު އިންތިހާބުވި ނައިބު ރައީސުންނަކީ، ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އަދި އަބްދުﷲ ވަހީދު އެވެ.

ވިކްޓަރީން މިރޭ ބޭއްވި އިވެންޓްގައި ބައިވެރިވި އެ ކްލަބްގެ ބޯޑު މެމްބަރުން.--- ފޮޓޯ: ވިކްޓަރީ

ބޯޑު މެމްބަރުންގެ ތެރޭގައި، އެމްއޭސީއެލްގެ ޑީއެމްޑީ މުޖުތަބާ ލަތީފް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް، އިބްރާހިމް ޝިއުރީ އަދި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަދި މިހާރު ރައީސް އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ، ހުސެއިން ފަހުމީ ހިމެނެ އެވެ.

ދެން، ބޯޑުގައި ތިބީ، ވިކްޓަރީގެ ދެ ހިދުމަތްތެރިން ކަމަށްވާ، އަހުމަދު ރިޔާޒު (ގާނާ)، އަހުމަދު އަރީޝް (ޕަޓޭ) އަދި އައިޝަތު ރައިހާނާ އެވެ.

މީގެ އިތުރުން، ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަކީ ހުޒާމް ހުސެއިން ދީދީ އެވެ. އަދި، ހަޒާންދާރަކީ މުހައްމަދު މުޖާހު މުނީރު އެެވެ.

ސަރުކާރުގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް މިދިޔަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ވަނީ އާ ބޯޑެއް އިންތިހާބުވެފަ އެވެ. ނިއުގެ ޗެއާމަނަކަށް އިންތިހާބުވިއިރު، އަހުމަދު މުބީން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ ނިއުގެ ބޯޑުގައި ދެން ތިބި އިސް މަގާުމުތަކަށް ބަލާއިރު، ސީނިއާ ވައިސް ޗެއާމަނަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު އަދި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް، މުހައްމަދު އިބްރާހިމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) އެވެ.

އަދި، ނިއުގެ ބޯޑު މެމްބަރުންގެ ތެރޭގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ހިމެނޭއިރު، ފަހުން ވަނީ، ކްލަބްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އައްޔަނުކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ހަތަރު ޓީމެއް، ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުން ވަނީ ސްޕޮންސަކޮށްފަ އެވެ. އެ ކްލަބްތަކުގައި ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ، ދިމްޔާތު ކުންފުނީގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox