ދިވެހިރާއްޖޭގެ ގުޅުމުން ދިވެހިރާއްޖެ ގުޅާލަދިނުމުގައި އިތުބާރާއެކު 37 އަހަރު

ދިވެހިރާއްޖޭގެ ގުޅުމުން ދިވެހިރާއްޖެ ގުޅާލަދިނުމުގައި އިތުބާރާއެކު 37 އަހަރު

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)، 1988 ގައި އުފެދުނުއިރު ހިދުމަތް ފޯރުކޮށްދެމުން އައީ ހަމައެކަނި ރާއްޖޭގެ ދެ އަތޮޅެއްގެ ދެ ރަށަކަށެވެ. އޭރު މާލޭގައި ބެހެއްޓިފައި ހުރީ އެންމެ 3،000 މީހުންނަށް ހިދުމަތް ފޯރުވައިދޭވަރުގެ އެކްސްޗޭންޖެކެވެ.

ދިރާގުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން މުއާސަލާތީ ހިދުމަތް ދިނުމުގައި ރާއްޖޭގައި އެންމެ ކުރީގައި އޮތް ކުންފުނިކަން ސާބިތުކޮށްދިނީ ހޯދާފައިވާ ކުރިއެރުމުންނެވެ. އެ ކުންފުނިން މިއަދު މުއާސަލާތީ ގޮތުން ރާއްޖެއަށް ބޭނުންވާ ހުރިހާ ހިދުމަތެއް ހުރިހާ ރަށަކާ ހިސާބަށް ވަނީ ފޯރުކޮށްދީފައެވެ.

ދިރާގުން ފާއިތުވެދިޔަ 37 އަހަރުގައި ހޯދާފައިވާ ކުރިއެރުން:

  • 1997 - ފޯނުން މުއާމަލާތް ކުރެވޭނެ ހިދުމަތް ދޭން ފެށި.
  • 1999 - ރާއްޖޭގެ ހުރިހާ ރަށަކަށް ފޯނުން މުއާމަލާތް ކުރެވޭ ގޮތް ހެދި.
  • 2001 - ޕްރިޕެއިޑް އަދި އެސްއެމްއެސް ހިދުމަތް ދޭން ފެށި.
  • 2002 - ބްރޯޑްބޭންޑް އޭޑީއެސްއެލް އިންޓަނެޓް ހިދުމަތް ދޭން ފެށި.
  • 2011 - ޑޮމެސްޓިކް ސަބްސީ ކޭބަލް ނެޓްވޯކްގެ މަސައްކަތް ފެށި.
  • 2012 - ޑޮމެސްޓިކް ސަބްމެރިން ކޭބަލް ނެޓްވޯކް ގާއިމުކުރި.
  • 2014 - 4G އެލްޓީއީ ހިދުމަތް ތައާރަފްކުރި.
  • 2015 - +4G އެލްޓީއީ-އޭ ގެ ހިދުމަތް ދެކުނު އޭޝިއާއަށް ފުރަތަމަ ފަހަރަށް ތައާރަފްކުރުމުގެ ގޮތުން މާލެއަށް ދޭން ފެށި.
  • 2023 - ޑޮމެސްޓިކް ސަބްމެރިން ކޭބަލް ނެޓްވޯކްގެ ހަތަރު އައު ސެގްމަންޓް ގާއިމުކުރި.
  • 2024 - ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅި ރާއްޖެއަށް ދޭން ފެށި.

ދިރާގުން ވަނީ މި އަހަރު ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބާ ބްރޯޑް ބޭންޑްގެ ހިދުމަތް ދޭން ފަށާފަ އެވެ. ދުނިޔޭގައި ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް މުޅި ގައުމަށް އެ ހިދުމަތެއް ނުދެވެ އެވެ. ދިރާގަކީ މުޅި ރާއްޖެއަށް އެ ހިދުމަތް ދޭ ހަމައެކަނި ކުންފުންޏެވެ.

Advertisement

ދިރާގުން ކަސްޓަމަރުންނާ ގާތް ގުޅުމެއް ބާއްވައި، އަގުހުރި އިނާމުތައް ދަނީ ދެމުން

ދިރާގަކީ ކަސްޓަމަރުންނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ކުންފުންޏެކެވެ. އެގޮތުން ކަސްޓަމަރުން ޝައުގުވެރިވާ ތަފާތު ޕްރޮމޯޝަންތައް ބާއްވައި އަގުހުރި އެތައް އިނާމުތަކެއް ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ ދީފަ އެވެ.

ދިރާގުން މިދިޔަ އަހަރު "ވިން އަ ޓެސްލާ" ނަމުގައި ޓެސްލާއެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ޓެސްލާ ކާރު ލިބޭ ނަސީބުވެރިޔާއަށް ޓެސްލާ ކާރު ހަވާލުކުރިއިރު އެއީ ޕްރޮމޯޝަނެއްގެ ދަށުން ދިރާގުން އަދި އެހެން އެއްވެސް ކުންފުންޏަކުން ދިން އެންމެ އަގުބޮޑު އިނާމެވެ.

އެ ޕްރޮމޯޝަނުން ލިބުނު ތަޖުރިބާގެ އަލީގައި ދިރާގުން ވަނީ މިދިޔަ އަހަރު "ވިން އަ ސްޕީޑް ބޯޓް" ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ދަށުން މެޖެލަން 32 ބޯޓަކާ އެކު ޔަމަހާ އައުޓްބޯޑް 175 ހޯސްޕަވަރުގެ ދެ އިންޖީނު ނަސީބުވެރިޔާއަށް ދިނެވެ.

އޭގެއިތުރުން ދިރާގުން މި އަހަރު އިއުލާންކޮށްފައި ވަނީ "އެންރޯލް އެންޑް ވިން 2 ސްޕީޑް ބޯޓު" ޕްރޮމޯޝަނެވެ. އެ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރިޔަކަށް އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑް ބޯޓެއް ލިބެ އެވެ. އެ ސްޕީޑް ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނު ވެސް ހުރެ އެވެ.

އަންނަ އަހަރުގެ މާޗު 31، ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ދިރާގުގެ ކަސްޓަމަރުންނަށް އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.

ދިރާގުން ދަނީ އެކި ޕްރޮމޯޝަންތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ އިތުރުން ރާއްޖޭގައި ހިންގާ އިޖްތިމާއީ މުހިންމު ހަރަކާތްތަކަށާއި، ޒުވާނުންގެ ހަރަކާތްތަކަށާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ހަރަކާތްތަކަށް ވެސް އަބަދުވެސް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެ އެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ ދިރާގުން ކުރިއަށްގެންދާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި ޖަމިއްޔާތަކަށް ވެދޭ އެހީތެރިކަމެވެ. އެ ދުވުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މިގޮތުން ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި އަހަރު އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ ދެ ލައްކަ ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް ރާއްޖޭގެ އާބާދީގެ 70 ޕަސަންޓަށް ފުޅާކޮށް، ރާއްޖޭގެ 100 ޕަސަންޓް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox