ބައިނަލްއަގުވާމީ ކޮފީ ދުވަހާއި ގުޅިގެން އުރީދޫ ހެޑްކުއާޓާސް އާއި އައްޑޫ އެކްސްޕީރިއަންސް ސެންޓަރުން މިއަދު ހިލޭ ކޮފީ ބޮވޭ ގޮތް ހަދައިފި އެވެ.
އުރީދޫއިން ބުނީ ހިލޭ ކޮފީ ބޮވޭނީ މިއަދު ހަވީރު 15:00 އިން އިރުއޮއްސި 18:00 ގެ ނިޔަލަށެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ހިލޭ ކޮފީ ދެނީ ކޮފީ ސްޓޭޓުންނެވެ. އައްޑޫގެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، ހޮޓްޝޮޓް، ގައި ނޮޑީސް ކޮފީންނެވެ.
އުރީދޫއިން ބައިނަލްއަގުވާމީ އެކި ދުވަސްތަކާ ގުޅުވައި އެ ދުވަސްތައް ފާހަގަކުރަން އަބަދުވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.











