ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސަން ސިޔާމުގެ އަތުން މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން ހާމަވެއްޖެ

ރައީސް މުއިއްޒު އާއި ސިޔާމް

ރައީސް މުއިއްޒު އާއި ސިޔާމް

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ކުރަމުންދިޔަ ދުވަސްވަރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އަތުން ރައީސް މުހައްމަދު މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން ހާމަވެއްޖެ އެވެ.

އިތުބާރު ހިފޭ ދެ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަވަމުން ބުނީ މުއިއްޒު ލޯނު ނެންގެވި އެގްރިމެންޓެއްގައި ވެސް ސޮއި ކުރެއްވުމަށްފަހު ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކިކަން އެނގިފައެއް ނުވެ އެވެ.

"އަހަރެންނަށް އެ އެއްބަސްވުން ފެނުނު،" އަދަދު ނޫހާ ވާހަކަ ދެއްކެވި އެކަކު ބުންޏެވެ.

އެ މައްސަލައިގައި ކޮމެންޓެއް ހޯދަން މުއިއްޒުގެ ތަރުޖަމާނު ހީނާ ވަލީދަށް މި ނޫހުން ގުޅުމުން ފޯނު ނުނަންގަވާތީ ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި ސިޔާމުގެ ބަހެއް ވެސް މި ލިޔުމަކަށް ނުލިބުނެވެ.

ސިޔާމުގެ އަތުން މުއިއްޒު ލޯނެއް ނެންގެވިކަން ކަށަވަރުވި އިރު، ސިޔާމުގެ ސަން އިންވެސްޓްމަންޓް އަދި ކޮޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތަކެއް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ވަނީ ނިންމައިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ދެ ކުންފުންޏަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ "ވަގަށް ބޭއްވި" ޝަރީއަތުގެ މަޖިލީހެއްގަ އެވެ.

އެ މައްސަލައިގައި ހުކުމް ކުރީ ސެޕްޓެމްބަރު 17، ގަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުމެއް އެ ދުވަހު ބާއްވާ ކަމަށް ކޯޓުން އާންމު ކުރި ޝެޑިއުލުގައި ބުނެފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި ކޮށްފައިވާ ހުކުމް މިހާތަނަށް ވެސް ކޯޓުން އާންމެއް ނުކުރެ އެވެ. އެ މައްސަލަތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިކަން މި ނޫހަށް ވަނީ ދެ މަސްދަރަކުން ކަށަވަރުވެފަ އެވެ.

ސަން ކޮންސްޓްރަކްޝަން އާއި އިންވެސްޓްމެންޓްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ 1.7 މިލިއަން ޑޮލަރު ޔާމީންއަށް ދިނުމުގައި މެދުވެރިއެއްގެ ރޯލު އެ ކުންފުނިން ކުޅެފައިވާތީ އެވެ. އެ ފައިސާ ޔާމީންއަށް ދިނުމުގައި މަނީ ލޯންޑަރިންގެ ކުށަށް ފެތޭ އެތައް ކަމެއް އެ ދެ ކުންފުނިން ކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ދަށު ކޯޓުން ނިންމީ އެ ދެ މައްސަލަ ވެސް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ޝަރީއަތް ނިމުނު ގޮތް ހާމަކޮށްފައިނުވާތީ ދައުވާތައް ސާބިތުނުވި ސަބަބެއް އަދި ނޭނގެ އެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ވެސް އަދި ނޭނގެ އެވެ.

ސަން ސިޔާމުގެ ދެ ކުންފުންޏަކަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއިރު، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ސިޔާމުގެ އަތުން ރައީސް މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މީގެ ކުރިން ވެސް ސިޔާމުގެ އަތުން ރައީސް މުއިއްޒު ވަނީ ފައިސާ ނަންގަވައިފަ އެވެ. އެއީ މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު 2015 ވަނަ އަހަރުގެ ތެރޭގަ އެއް މިލިއަން ރުފިޔާ ނެގި މައްސަލައެކެވެ. އެކަން 2023 ގެ ރިޔާސީ އިންތިހާބުގެ ތެރެއިން ހާމަވުމުން މުއިއްޒުގެ ފަރާތުން ބުނެފައި ވަނީ އެއީ މުއިއްޒަށް ސިޔާމު ދެއްވި އެހީއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox