އުރީދޫގެ އެމްފައިސާ އާއި ފަތުރުވެރިން ޓްރެވަލް އެޖެންސީގެ ޕާޓްނާޝިފާއެކު ކަސްޓަމަރުންނަށް އެމްފައިސާ ޓްރެވަލް އިންޝުއަރަންސް ނެގުމަށް އިތުރަށް ފަސޭހަވެއްޖެ އެވެ.
އުރީދޫއިން ބުނީ އެ އެމްފައިސާ ޓްރެވަލް އިންޝުއަރެންސްގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ޑިޖިޓަލްކޮށް އިންޝުއަރެންސް ހެއްދޭނެ ކަމަށެވެ.
އެގޮތުން އެ ޕެކޭޖުގެ އުރީދޫ ސުޕައެޕުގެ އެމްފައިސާ ވޮލެޓުން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ނެގޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އެ އިންޝުއަރެންސްގެ ދަށުން ދަތުރުމަތީގައި ހުންނަ މީހާއަށް 771،000ރ. އާ ހަމައަށް އެކި ހާދިސާތަކާ ގުޅިގެން ރައްކާތެރިކަން ލިބޭއިރު، 1،542،000ރ. އާ ހަމައަށް މެޑިކަލް އެމަޖެންސީއަށް ކަވަރޭޖް ލިބެ އެވެ.
އޭގެއިތުރުން ފްލައިޓް ކެންސަލްވެ، ޕާސްޕޯޓު ގެއްލި، ޗެކިން ބެގެޖް ގެއްލުމުގެ އިތުރުން ފްލައިޓް ކެޓުމާއި، ކަނެކްޝަން ފްލައިޓް ކެޓުމުން އަދި 12 ގަޑިއިރަށްވުރެ އިތުރަށް ފްލައިޓް ޑިލޭވުމުން ވެސް އެބައިވެސް ކަވަރުކޮށްދެ އެވެ.










