ޕީއެންސީގެ ސިޔާސީ ސްޕިން ޑޮކްޓަރަކަށް އޮޑިޓާ ޖެނެރަލް ވެގެން ނުވާނެ

އޮޑިޓާ ޖެނެރަލް ނިޔާޒީ

އޮޑިޓާ ޖެނެރަލް ނިޔާޒީ

އޮޑިޓާ ޖެނެރަލަކީ ސްޕިން ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ ކެމްޕޭން މެނޭޖަރެއް ފަދައިން މަސައްކަތް ކުރަންޖެހޭ މީހެއް ވެސް ނޫނެވެ. އޮޑިޓަ ޖެނެރަލަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މުދަލާއި ފައިސާ އަށް ފާރަވެރިވެ، އެތަކެތި ބޭނުންކުރަނީ ރައްޔިތުން ލިޔެފައި ދިން ގޮތަށް، އެ ރައްޔިތުންގެ ފައިދާ އާއި މަންފާއަށްތޯ ބަލައި، އެއާ ހިލާފަށް ދާނަމަ ހުއްޓުވަން މަސައްކަތް ކުރުމުގެ ގާނޫނީ ބާރު ހުރި މީހެކެވެ.

އޭނާއަކީ އެއްވެސް ސަރުކާރަކަށް، އެއްވެސް ޕާޓީއަކަށް، އަދި އެއްވެސް ލީޑަރަކަށް "އީމާންވާންޖެހޭ" މީހެއް ނޫނެވެ. އިހުލާސްތެރިވާން ޖެހެނީ ރައްޔިތުންނަށެވެ. އެމްޑީޕީ ވިޔަސް، ޕީއެންސީ ވިޔަސް، ދައުލަތް ހިންގުމާ ހަވާލުވާ ކޮންމެ ބަޔަކު ވެސް ހިޔާނާތް ހިންގާނަމަ އެ ވާހަކައެއް އިސްވެ ހާމަކުރަން ޖެހެނީ ރައްޔިތުންގެ ހައްގުގަ އެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުމަށް، ގާނޫނުގައި ހިމެނޭ ސުލޫކީ މިންގަނޑުގައިވެ އެވެ. ދަންވަރު ނުނިދާ ހޭލާ ހުންނަވައިގެން ފެނަކަ ކޯޕަރޭޝަންގެ ރިޕޯޓު ނެރުމަކީ އޮޑިޓަ ޖެނެރަލްގެ މިބުނި މިންގަނޑު ކައްސައިލި އަމަލެކެވެ. ކުރިން ހިނގާފައި އޮތް ކަމެއްގެ މައްޗަށް، އޮފީހުގެ ރަސްމީ ވަގުތުން ބޭރުގައި، އެއީ ވެސް ހަފުތާ ބަންދެއްގެ ދަންވަރު ވަގުތެއްގައި ރިޕޯޓެއް ނެރެންޖެހޭ ފަދަ ޒަރޫރަތެއް ކުއްލިއަކަށް އުފަންވެފައި ނެތެވެ.

Advertisement

އޮޑިޓަ ޖެނެރަލް އޮފީހުގެ އެކްސް އެކައުންޓު ބެލިއިރު، އެ އޮފީހުން ހުކުރު ދުވަހެއްގައި ރިޕޯޓެއް އާންމުކުރިކަން ފާހަގައެއް ނުކުރެވެ އެވެ. ނަަމަވެސް ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓް އާންމުކުރީ ދަންވަރު އެވެ. އެ ޕޯސްޓު ޑިލީޓުކުރުމަށް ފަހު، ހުކުރު ދުވަހު މެންދުރު 1:53 ގައި އާ ޕޯސްޓެއް، އެކްސްގައި ކުރި އެވެ.

ދަންވަރު އެ ރިޕޯޓު ނެރުނުތާ ގިނައިރުތަކެއް ނުވެ، މުއިއްޒުގެ ޕްރޮޕަގަންޑާ ހިންގާ މައި ޗެނަލް، އެމްއެމްޓީވީން އެ ހަބަރުތައް ގެނެސްދޭން ފެށި އެވެ. ސަރުކާރު ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާ ނޫސްތަކުން ތިބީ ސަރުކާރު ބޭނުންވާ ނެރޭޓިވް ހިންގުމަށް ސުރުހީ އަޅައި ތައްޔާރުވެގެންނެވެ.

އެއަށް ފަހު ދެން ފެނިގެން ދިޔައީ ލޫޓުވީ އެމްޑީޕީން ކަމަށް ބުނެ، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ފެށިތަނެވެ. މީޑިއާ ކޮންޓްރޯލް ކުރުމާ ދެކޮޅު މީޑިއާތަކުން އެ ހަބަރު ނުގެނެސްދޭނެ ކަމަށް ބުނެ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް ފުރައްސާރަ ކުރުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ ސިޔާސީ މުވައްޒަފުން ތިބީ ތައްޔާރުވެގެންނެވެ.

"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބާއްވާ އެއްވުން އިސްތިހާރުކުރަން މާލެ، ހުޅުމާލޭގައި ދަމާފައިވާ ބެނާތައް ވެސް މާލޭ ސިޓީ ކައުންސިލް އަދި އެޗްޑީސީން އިއްޔެ ނެގި އެވެ. އެއަށް ފަހު ރައީސް މުއިއްޒު ވެސް ރޭ ފެނަކަ ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކެވި އެވެ. އަދި ހިޔާނާތުގެ މުދަލާ ފައިސާ ދައުލަތަށް ނެގުމަށް ގާނޫނެއް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ހިނގައި ދިޔައީ، ލޫޓުވައިފި ނަމުގައި އޮކްޓޯބަރު 3 ގައި މާލޭގައި އެމްޑީޕީން ބޮޑު އެއްވުމެއް ބޭއްވުމުގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ. އެ ރޭ ރިޕޯޓު އާންމުކުރުމާއެކު ވަށައިގެން ހިނގައިދިޔަ ހުރިހާ ކަމަކީ ވެސް ރައްޔިތުންގެ ފޯކަސް ގެއްލުވާލުމަށް ރޭވި އިންތިޒާމުވެގެން ހިނގައިދިޔަ ކަންކަމެވެ. އޮޑިޓު އޮފީހަކީ އެ ކަންކަމުގެ ބައިވެރިޔެކެވެ.

އެއީ ޕްރޮޕަގަންޑާއަށް ދީލައިލަން ޖެހޭ ތަނެއް ނޫނެވެ. އެ އޮފީހަކީ ދައުލަތުގެ ބާރުތަކަށް ފާރަވެރިވުމުގެ ނިޒާމުގެ މައި ތަނބަކަށް ވާން ޖެހެ އެވެ. އޮޑިޓު އޮފީހަކީ އޭރެއްގައި އޮންނަ ސިޔާސީ ޕާޓީއެއްގެ ގޮތްޕަކަށް ވުމަކީ ދެރަވަރު ކަމެކެވެ.

އޮޑިޓް ރިޕޯޓްތައް ނެރެނީ ވެރިކަންކުރާ ޕާޓީގެ ޕްރޮޕެގެންޑާއާ އެއްކީލިކޮށްގެން ކަމަށް ވާނަމަ އޮޑިޓަ ޖެނެރަލް އެ ވަނީ ގާނޫނާ ރަނގަޅަށް ހިލާފުވެފަ އެވެ. ސިޔާސީ ޕާޓީއެއްގެ ބޮޑު ޖަލްސާއެއްގެ ބޯމަތީގައި އޮއްވައި، ސްޕިން މެޝިނެއް ފަދައިން މަސައްކަތްކުރާ އޮޑިޓަ ޖަނެރަލްއަކަށް ދުސްތޫރީ ޒިންމާ އަދާކުރެވޭނެ ކަމަށް، އަދި އޮޑިޓަ ޖެނެރަލް އޮފީހުގެ ގަދަރާއި ކަރަމާތް ނުގެއްލި މަސައްކަތް ކުރެވިދާނެ ކަމަށް ނުފެނެ އެވެ.

ގާނޫނު ސާފެވެ. އެއްވެސް ކަމެއްގައި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ކަރާމާތަށް ބުރޫއަރާކަށް ނުޖެހޭނެ އެވެ. އޮޑިޓަ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރެވޭނެ އެވެ.

މި މައްސަލައިގައި އޮޑިޓަ ޖެނެރަލް ޖަވާބުދާރީ ކުރުވަންޖެހެ އެވެ. އަދި އޭނާ ޖަވާބުވެސް ދޭންޖެހެ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީ ރުހޭ ގޮތަށް އަމަލުކުރުމަކީ، މަގާމުގެ ދެމެހެއްޓުމަށް އޮތް ހުއްދައެއް ކަމަށް ނުދެކޭށެވެ. ވެރިކަން ކުރާ ޕާޓީ ރުއްސުމަށް ވުރެ، އޮޑިޓަ ޖެނެރަލްގެ ދުސްތޫރީ ޒިންމާ މާބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox