އެއިޓީން ތާޓީ: ހަތަރު ވަނަ ތަށި ހޯދައި ސިފައިން އިން އިމިގްރޭޝަންގެ ރެކޯޑާ ހަމަކޮށްފި

Sep 27, 2025, 3:48 AM
އެއިޓީން ތާޓީ: ހަތަރު ވަނަ ތަށި ހޯދައި ސިފައިން އިން އިމިގްރޭޝަންގެ ރެކޯޑާ ހަމަކޮށްފި

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދައި، ދިވެހި ސިފައިންގެ ކްލަބުން ކްލަބް އިމިގްރޭޝަން އިން ހަދާފައި އޮތް ރެކޯޑާ ހަަމަކޮށްފި އެވެ.

ޖުމްލަ ހަތަރު ޓީމު ކުޅުނު މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ރޭ ސިފައިން ވަނީ 4-2 އިން އެމްޕީއެލް ބަލިކޮށްފަ އެވެ. ސިފައިން އެންމެ ފަހުން، 2022 ވަނަ އަހަރު މި މުބާރާތުގެ ތަށި ހޯދީ ވެސް އެމްޕީއެލް ބަލިކޮށްފަ އެވެ. އޭގެ ކުރިން ސިފައިން މި މުބާރާތުގެ ތަށި ހޯދީ 2013 އާއި 2014 ވަނަ އަހަރު އެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ކުރިން އޮތް އިމިގްރޭޝަނުން ތަށި ގެނެސްފައިވަނީ، 2010، 2011، 2015 އަދި 2016 ގަ އެވެ.

ރެެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި، އެމްޕީއެލް ކޮޅަށް ސިފައިންގެ ލަނޑުތައް ޖެހީ، މަރިޔަމް ރިފާ ދެ ގޯލާއި ޒަހްރާ ގޮލިޒާދޭ ދެ ގޯލެވެ. އެމްޕީއެލްގެ ލަނޑުތައް ޖެހީ، ފާތިމަތު ޖޫޒާން ޒަރީރު އަދި ފަރާ އަހުމަދު އެވެ.

މުބާރާތުގެ ކުއީން އޮފް ފުޓްސަލްގެ މަގާމު ލިބުނީ، ސިފައިންގެ މައީޝާ އަބްދުލް ހަންނާން އަށެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ސިފައިންގެ މައީޝާ، ރިފާ އަދި ޒަހްރާގެ އިތުރުން، އެމްޕީއެލްގެ ފަރާ އަދި ފާތިމަތު އިނާޝާ އެވެ. އެންމެ މޮޅު ކޯޗަށް ދޭ މާސްޓާ އޮފް އެއިޓީން ތާޓީ ލިބުނީ ސިފައިންގެ ކޯޗު، އަލީ އިބްރާހިމް އަށެވެ. ފެއާ ޕްލޭ ޓީމަކަށް އެމްޕީއެލް ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކީ އެ ޓީމުގެ ޖޫޒާން އެވެ. ފަސް ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސިފައިންގެ ޓީމުގެ ރިފާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox