ސޯޝަލް މީޑިއާގައި ދޮގު ހަބަރު ލިޔާ މީހުންނަށް ބިލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ފަލާހު ވިދާޅުވެއްޖެ

Sep 17, 2025, 4:04 AM
މެންބަރު ފަލާހު: ވިދާޅުވީ އާންމުން ސޯޝަލް މީޑިއާގައި ދޮގު ހަދައިފި ނަމަ ބިލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް -- ފޮޓޯ: މަޖިލިސް

މެންބަރު ފަލާހު: ވިދާޅުވީ އާންމުން ސޯޝަލް މީޑިއާގައި ދޮގު ހަދައިފި ނަމަ ބިލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް -- ފޮޓޯ: މަޖިލިސް

ނޫސްވެރިންނާއި އާންމުންގެ ދެކޮޅު ހެދުންތަކަށް ނުބަލައި އިއްޔެ ފާސް ކުރި މިނިވަން ހިޔާލުގައި ތަޅު އަޅުވާ ބިލުގެ ދަށުން ސޯޝަލް މީޑިއާގައި ލިޔާ ލިޔުންތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެ ބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ސޯޝަލް މީޑިއާގައި އޭނާ ދޮގު ހަބަރެއް ލިޔުނަސް ބިލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

"މި ބިލަކުންނެއް ވަކި މީހަކު އިސްތިސްނާއެއް ނުވޭ އިއްޒަތްތެރި ރައީސް. އަޅުގަނޑެއް ވެސް އިސްތިސްނާއެއް ނުވޭ. އަޅުގަނޑު ވެސް ސޯޝަލް މީޑިއާގައި މީހަކާ ބެހޭ ގޮތުން ދޮގު ހަބަރެއް ޖަހައިފިއްޔާ ހުދު އަޅުގަނޑާ ދޭތެރޭގައި ވެސް އިއްޒަތްތެރި ރައީސް އާ ދޭތެރޭގައި ވެސް ފިޔަވަޅު އެޅިގެންދާނެ،" ފަލާހު ވިދާޅުވި އެވެ.

Advertisement

އެކަމަކު މީގެ ކުރިން ފަލާހު އަދި ސަރުކާރުން ބުނަމުންދިޔައީ ސޯޝަލް މީޑިއާގައި އާންމުން ފާޅު ކުރާ ހިޔާލުތަކަށް ބިލުގެ ދަށުން އަދަބެއް ނުދެވޭނެ ކަމަށެވެ. ސޯޝަލް މީޑިއާގައި ފާޅު ކުރާ ހިޔާލުތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ބުނަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް ކަމަށް ވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ކުރިން ބުނެފައިވެ އެވެ.

އިއްޔެ ފާސް ކުރި ބިލުގެ 61 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބިލުގައި ނޫސްތަކާ ގުޅޭ ގޮތުން ބަޔާންކޮށްފައި ހުރި އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް ހިނގާނެ ކަމަށެވެ. އެ ބިލުގެ 84 ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ އިލެކްޓްރޯނިކް މީޑިއާއަކީ އިންޓަނެޓް ހިމެނޭ ގޮތަށް ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތައް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާއެކު ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. މިނިވަން ހިޔާލާއި ނޫސްވެރިކަމުގެ ހައްގު ފުރިހަމައަށް ދިނުމަށް އެމެރިކާގެ އެމްބަސީއިން ވެސް ރާއްޖެއަށް ގޮވައިލި އެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެކްސްގައި ކުރި ޕޯސްޓެއްގައި އެމެރިކާއިން ބުނެފައިވެ އެވެ.

މިނިވަން ހިޔާލާއި ފިކުރުގައި ތަޅު އަޅުވާ ބިލު ފާސް ކުރީ ނޫސްވެރިންނާއި އާންމުންގެ ވަރަސް ގިނަ ބަޔަކު މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ މުޒާހަރާގެ ތެރެއިން އަދަދު ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ހައްޔަރު ކުރި އެވެ. ލީވާން ދޫކޮށްލީ އޭނާ ހައްޔަރުކޮށްފައި ހުރި ތަނެއް ނުބުނެ ގަޑިއިރުތަކެއް ފާއިތުވި ފަހުންނެވެ.

އިއްޔެގެ މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ އެކަށީގެންނުވާ އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް އެތަނަށް ދިޔަ ނޫސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން ފުލުހުން އިއްޔެ އެންމެ ގިނައިން ކުރި ކަމަކީ ހަށިގަނޑުގެ އެކި ތަންތަނުގައި ވިކުން ކަމަށް ނޫސްވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox