ލިވަޕޫލް އެއް ވަނަ އަށް، ސިޓީން ޔުނައިޓެޑް ބަލިކޮށްލައިފި

Sep 14, 2025, 5:25 PM
ލިވަޕޫލް އެއް ވަނަ އަށް، ސިޓީން ޔުނައިޓެޑް ބަލިކޮށްލައިފި

މެންޗެސްޓާ (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު ބާންލީ އަތުން 1-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަަނަަ އަށް ޖެހިލިިއިރު، މެންޗެސްޓާ ސިޓީން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިކޮށްލައިފި އެވެ.

ލީގުގެ 20 ޓީމުގެ ތެރެއިން މި ވަގުތު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލް އެވެ. ހަތަރު މެޗުން މޮޅުވެ، ލިވަޕޫލުން 12 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަދި ހަތަރު ވަނައިގައި އޮތް ބޯންމައުތަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.

ބާންލީ ދަނޑުގައި އެ ޓީމުން ލިވަޕޫލް ހުއްޓުވުމުގައި މެޗުގެ ބޮޑުބައި ކާމިޔާބު ހޯދި އެވެ. އެކަމަކު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްތެރޭގައި، ލިވަޕޫލްގެ ޖެރެމީ ފްރިމްޕޮން ނެގި ހުރަހެއް ބްލޮކްކުރަން އުޅުމުގެ ތެރޭގައި، ބާންލީގެ ހަނިބަލް މެޖްބްރީ އަތުން ބޯޅައިގައި ޖެއްސުމުން ދިން ޕެނަލްޓީން ލިވަޕޫލް މޮޅުވި ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ސަލާހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މި މެޗުގެ 84 ވަނަ މިނިޓުން ފެށިގެން ބާންލީން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ ލެސްލީ އުގޮޖުކްވޫ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ސިޓީ ދަނޑުގައި އެ ޓީމުން ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ލީޑުނެގީ ފިލް ފޯޑެން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ލަނޑުތައް ޖެހީ، އާލިން ބްރައުޓް ހާލަންޑް އެވެ. ހާލަންޑް އިތުރު ގޯލުތައް ޖަހަން ފޮނުވާލި ހަމަލާތަކަށް ބަލާއިރު، ޔުނައިޓެޑްގެ ކީޕަރު އަލްޓޭ ބަޔިންޑީރު ކައިރިން ނައްޓާފައި ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ޕީއެސްޖީ ދޫކޮށް ސިޓީ އަށް ބަަދަލުވި އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ އާ ކްލަބާ އެކު ފުރަތަމަ މެޗު ކުޅެފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ބްރަޔާން އެމްބުއޭމޯ ޖެހި ޝޮޓެއް ކީޕަރު، ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ.

ސިޓީ އަތުން ޔުނައިޓެޑް ބަލިިވިއިރު، ޕްރިމިއާ ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބެ އެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ސިޓީން ކުޅުނު ފުރަތަމަ ހަތަރު މެޗުން ދެ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުގެ ތެރެއިން، ދެ މެޗުން ބަލިވިއިރު، އެއް މެޗުން އެއްވަރު އަދި އެއް މެޗުން ވަނީ މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox