އެމްޑީޕީގެ ޕީޖީ ގްރޫޕާ ހައުސިން މިނިސްޓަރު ބައްދަލު ނުކުރުމުން މުޒާހަރާ ކޮށްފި

ހައުސިން މިނިސްޓްރީ ދޮށުގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ހުސެއިން ހަސަން

ހައުސިން މިނިސްޓްރީ ދޮށުގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ހުސެއިން ހަސަން

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުހިނގާ ހުއްޓިފައި އޮތް މައްސަލައިގައި ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބުއާ ބައްދަލު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕް މެންބަރުން ދަރުބާރުގެއަށް ދިޔުމުން ވެސް އެތަނުގެ ވެރިން އެމީހުންނާ ބައްދަލުނުކުރި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުންނާއި އާންމު މެންބަރުން މިއަދު ހައުސިން މިނިސްޓްރީ ދޮށަށް ދިޔައީ ހެނދުނު 10:30 ގަ އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން އެތަނަށް ދިޔައީ ހައުސިން މިނިސްޓަރާ ބައްދަލު ކުރުމަށެވެ.

ހައުސިން މިނިސްޓްރީ ދޮށަށް ދިޔަ ސަބަބު ކިޔައިދެއްވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގަން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ނުދާ މައްސަލައިގައި ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަން އެދުނުތާ ވެސް އެތައް މަހެއް ފާއިތުވެގެން ގޮސްފައިވާއިރު ވެސް އޭނާ މަޖިލީހަށް ހާޒިރުވެފައި ނުވާ ކަމަށެވެ.

އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން ހައުސިން މިނިސްޓަރާ ބައްދަލު ކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް ބައްދަލު ކުރައްވާފައި ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ހާއްސަކޮށް ރާއްޖޭގެ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާއި ފްލެޓުތަކާއި ގޯތި ދިނުމާއި ބިން ހިއްކުމާއި މިހެން ގުޅުންހުރި ގިނަ މައްސަލަތަކެއް އަދި އަޅުގަނޑުމެންގެ ދާއިރާތަކުގައި ވެސް ނުހިނގާ ހުއްޓިފައި ހުރި މައްސަލަތަކާއި މަޝްރޫއުތަކާ ބެހޭ ގޮތުން ބައްދަލު ކޮށްލުމަށް، އެހެންނަމަވެސް މިއަދާ ހަމައަށް ތިން މަސްދުވަސް ވެގެންދިޔައިރު ވެސް ބައްދަލުވުމެއް އަޅުގަނޑުމެންނަށް ލިބިފައި ނުވާތީ އަޅުގަނޑުމެން މިއަދު މިއައީ އަޅުގަނޑުމެންގެ ސަޕޯޓަރުންނާއެކު ވަޒީރުއާ ބައްދަލު ކުރެވޭނެ ކަމުގެ އުއްމީދުގައި،" މައުރޫފް ވިދާޅުވި އެވެ.

ނަމަވެސް އެތަނަށް ގޮސް އެތައް އިރެއްވީއިރު ވެސް މުއްތަލިބު އެމީހުންނާ ބައްދަލު ނުކުރި ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެމްޑީޕީ މެންބަރުން ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ ބައްދަލުވުމަކަށް އެދުމުން ވެސް ބައްދަލު ނުކުރި ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ ހައުސިން މިނިސްޓްރީގައި 50 އެއްހައި ސިޔާސީ މުވައްޒަފުން ތިއްބަވާއިރު، އޭގެތެރެއިން އެއްވެސް ބޭފުޅަކު އޮފީހަށް ވަޑައިގެން ނޫޅުއްވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިން ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން ވަޒީރު ނެތިއްޔާމުން ނައިބު، މުޅި މިނިސްޓްރީ އައިބުވާއިރު ނައިބުން އެބަތިބި، 30 އަކަށް 40 އަކަށް ނައިބުން އެބަތިބި، އެކަމަކު މިއަށް ޖަވާބު ދޭނެ މީހަކު، އެއްވެސް މީހަކު މިނިސްޓްރީއަކު ނެތް،" ފިއްޓެ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕާ ހައުސިން މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ބައްދަލު ނުކުރުމުން އެ ޕާޓީގެ އާންމު މެންބަރުން ވަނީ އެ މިނިސްޓްރީ ދޮށުގައި އަޑު އުފުލައި މުޒާހަރާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox