ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވައްކަން ކުރަން: އަމްރު

ހުސައިން އަމްރު އަދި ރައީސް މުއިއްޒު

ހުސައިން އަމްރު އަދި ރައީސް މުއިއްޒު

ބޭސް އެތެރެކުރުމުގެ މަގުސަދުގައި ރައީސް މުހައްމަދު މުއިއްޒު ހާއްސަ ކުންފުންޏެއް އުފެއްދެވީ ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ތުހުމަތު ކުރައްވައިފި އެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި އިއްޔެ އުފެއްދި ކުންފުނީގެ މަގުސަދަކީ ޑޮކްޓަރީ ބޭހުގެ އިތުރުން މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އެތެރެކުރަން ހާއްސަ ކުންފުންޏެއް ހަދަންޖެހޭ ހަމައެކަނި ސަބަބަކީ ވައްކަން ކުރުން ކަމަށެވެ.

"ވައްކަން ކުރަމުން ކުރަމުން ކުރަމުން ގޮސް ބަލި މީހާގެ ބޭސް ކޮތަޅުން ވައްކަން ކުރަން ފަށަނީ. ކުންފުންޏެއް ހަދަންޖެހޭ އެއްވެސް އެހެން ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އާ ކުންފުންޏެއް މި އުފެއްދީ ރާއްޖެއިން ލިބުން ދަތި ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ހޯދުމަށް އިންޑިއާ ސަރުކާރުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެސްޓީއޯއިން މި އަހަރު މެއި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

އެ އެއްބަސްވުމުގެ ދަށުން ބޭސް ފޯރުކޮށްދޭނީ އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ސްކީމުގެ ދަށުންނެވެ. އެސްޓީއޯއިން ބުނީ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް އިންޑިއާއިން މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް މަގުފަހިވާނެ ކަމަށެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އުފެއްދުމާއެކު ބޭސް އެތެރެކުރުމަށް އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އާ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި މުއިއްޒު ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ އަމިއްލަ ފަރާތްތަކުން ބޭހަށް ދަތިކުރުމެވެ.

ރާއްޖޭގައި މެޑިކަލް މާފިޔާ ހިންގަމުންދާ ބަޔަކީ ކޮބައިކަން މުއިއްޒު ވިދާޅެއް ނުވެ އެވެ. އެކަން ހުއްޓުވަން ތަހުގީގެއް ވެސް ނުކުރެ އެވެ.

ރާއްޖެއަށް ޔޫރަޕްގެ ބޭސް އެތެރެކުރުމަކީ މުއިއްޒުގެ ވައުދަކަށް ވިޔަސް، އެކަމެއް ކާމިޔާބެއް ނުވި އެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ބޭނުންކުރާ ބައެއް ސާމާނާއި ލެބޯޓްރީތަކުގައި ބޭނުންކުރާ މެޝިންތަކާއި ސާމާނާއި، ޑައިލަސިސް މެޝިންތަކާއި ހާއްސަ އެހެން އުފެއްދުންތަކަކީ އަމިއްލަ ކުންފުނިތަކުގެ ސޯލް ޑިސްޓްރިބިއުޓަރުކަން އޮތް އުފެއްދުންތަކެވެ. އަދި މިހާރު ގިނަ ބޭސްވެސް އެތެރެކުރަމުން ދަނީ އަމިއްލަ ކުންފުނިތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox