ކިންގްސް ކަޕް: އާރްއާރްސީ އަކީ އަބަދުވެސް ތަށްޓަށް ނުކުންނަ ޓީމެއް

Sep 9, 2025, 1:36 AM
ކިންގްސް ކަޕް މެޗެއްގެ ތެރެއިން އާރްއާރްސީގެ ކޯޗު އިއްސެ (މ).--- ފޮޓޯ: ރޯޑް ރެކްރިއޭޝަން ކްލަބް

ކިންގްސް ކަޕް މެޗެއްގެ ތެރެއިން އާރްއާރްސީގެ ކޯޗު އިއްސެ (މ).--- ފޮޓޯ: ރޯޑް ރެކްރިއޭޝަން ކްލަބް

ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕް ފައިނަލަށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ނުކުތީ މެޗުން މެޗަށް ކުރިއެރުން ހޯދައިގެން ދިއުމަށް ކަމަށާއި ފައިނަލުގައި ސީސީ ސްޕޯޓްްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، އާރްއާރްސީ އަކީ ކޮންމެ މުބާރާތެއްގައި ވެސް ތަށްޓަށް ކުޅޭ ޓީމެއް ކަމަށް އާރްއާރްސީގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) ބުނެފި އެވެ.

ކިންގްސް ކަޕްގައި އާރްއާރްސީން ކުޅުނު ފުރަތަމަ މެޗުގައި 6-3 އިން ޖޯލި މޯލްޑިވްސް އަތުން ބަލިވި އެވެ. އޭގެ ފަހުން، ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި، 6-2 އިން ކުޅިވަރު ވުޒާރާ ކްލަބް ބަލިކުރިއިރު، ނަތީޖާ ނެރެންޖެހޭ މެޗަކަށް ގްރޫޕްގެ ފަހު މެޗުގައި ނުކުމެ، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯއާ 1-1 އިން އެއްވަރުކޮށް ސެމީ ފައިނަލަށް ދަތުރުކުރި އެވެ.

ސެމީ ފައިނަލުގައި، 4-2 އިން ޓީމު ނައިވާދޫ އަތުން މޮޅުވި މެޗަށް ފަހު، އިއްސެ ބުނީ، ކިންގްސް ކަޕްގައި މި ކުޅެނީ ޕްރީ ސީޒަން ތެރޭގައި ކަމަށްވާއިރު، އެކި ޓާގެޓްތަކެއް ހުންނާނެ ކަމަށެވެ.

"މިއީ އަނެއްހެން މަސައްކަތަށް ބަލާއިރު ޕްރީ ސީޒަން ތެރޭގައި މި އުޅެނީ، ފުދޭ ވަރަކަށް ފިޓްނަސްއާ ހުރިހާ އެއްޗެއް މެނޭޖްކޮށްގެން، ވަރަށް ބޮޑަށް އެކަހަލަ ކަންތައްތަކަށް ބަލައިގެން މި ހިސާބަށް މި އާދެވުނީ އަޅުގަނޑުމެންނަށް، ދެން، ހުރިހާ، ޕްލޭޔަރުން، ވީ ވަަރަކަށް ރޮޓޭޓްކޮށްގެން ބެލެންސް ކޮށްގެން، އެ ގޮތަށް ބަލާއިރު މަސައްކަތް މިއީ ހަމަ،" އިއްސެ ބުންޏެވެ.

އިއްސެ ބުނީ، ކަންކަން ރަނގަޅު ކުރަން ބަލާއިރު، އާރްއާރްސީން ދިޔައީ މެޗަކަށް ފަހު މެޗެއް ކުރިއަށް ކަމަށެވެ. އެއީ، ފައިނަލަށް ނުކުންނައިރު ހިތްހަމަޖެހުމެއްކަން އިއްސެ ފާހަަގަކުރި އެވެ.

"މެޗުން މެޗަށް އަޅުގަނޑުމެން ކުރިއަރަމުން މި ދަނީ ވެސް. އަޅުގަނޑުމެން ވިސްނައިގެން ވެސް ތިބީ އެ ގޮތަށް ދާން ހަަމަ. ޕްރީ ސީޒަން ފަށައިގެން އެ މެޗުތަކުން އެހެން ދަމުން ދަމުން ގޮސް ފަހަރަކު ސްޓޭޖެއް ގިރާކުރަމުން ގޮސް ދާން،" އިއްސެ ބުންޏެވެ.

"ތަށި ވަރަށް މުހިންމު، ރޯޑަކީ (ރޯޑް ރެކްރިއޭޝަން ކްލަބަކީ) އަބަދުވެސް ތަށްޓަށް ނުކުންނަ ޓީމެއް ކްލަބް މޯލްޑިވްސްގަ ވެސް އެ ގޮތަށް މި ދަނީ، އެހެންވީމަ މި މުބާރާތުގައި ވެސް އެ މުހިންމުކަން ކުޑައެއް ނުވާނެ. ހަމަ ތަށްޓަށް އަޅުގަނޑުމެން ނުކުންނާނީ. ޓީމުގެ ގޯލަކީ ތަށްޓަށް ނުކުންނާނީ،"

މި ފަހަރުގެ ކިންގްސް ކަޕްގައި، އާރްއާރްސީގެ ކެޕްޓަން، އިބްރާހިމް އަސްވަދު (ގަބޭ) އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސެމީ ފައިނަލުގައި ނައިވާދޫ އަތުން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަބޭ ބުނީ، މުބާރާތުގެ ފެށުން އާރްއާރްސީ އަށް ދަށްކޮށް ދިޔަސް، މިހާރު އެ ޓީމުގެ ލެވަލް ރަނގަޅުވަމުން އަންނަ ކަމަށެެވެ.

"އަލްހަމްދުލިއްލާހި އެންމެ ފުރަތަމަ މި މެޗު ދެން މަަސައްކަތުން މި މޮޅުވީ، ދެން، އަސްލު މުބާރާތް ފައްޓަައިގެން އެންމެ ފުރަަތަމަ މެޗު ދިޔައީ ވަރަށް ދަށްކޮށް، ވަރަށް މަދު ޕްރެކްޓިސްތަކަކާ އެކީގައި މީހުންތައް ތަންކޮޅެއް ހަމަނުވާތީވެ، އުނދަގޫކޮށް ދިޔައީ ޕްރެކްޓިސްތައް އެކަމަކު ވެސް އިރާދަކުރެއްވިއްޔާ އެއް މެޗަށް ފަހު އަނެއް މެޗު ރަނގަޅުކުރަމުން މިހާރު، އިރާދަކުރެއްވިއްޔާ މި ހުރީ މި ހިސާބަށް (ފައިނަލަށް) އައިސް،" ގަބޭ ބުންޏެވެ.

ގަބޭ ބުނީ، އާރްއާރްސީ ކުރިއަށްދިއުމަކީ، ޓީމު ހުރިހާ އެންމެންގެ މަސައްކަތް ކަމަށާއި އޭގެ ތެރޭގައި މެނޭޖްމަންޓާއި ސަޕޯޓަރުން ވެސް ހިމެނޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރެޑީ ވެވެން އޮތް އެންމެ ރަނގަޅަކަށް ރެޑީވާނަން. ކުޅެން ޖެހޭ ވަކި ބަޔަކަށް ނުބަލައި، އިންޝާﷲ މީތި (ކިންގްސް ކަޕް) ނަގަން ނުކުންނާނީ،" ގަބޭ ބުންޏެވެ.

އާރްއާރްސީ އާއި ސީސީ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox