އެމްޑީޕީގެ ޕީޖީ ގްރޫޕުން ފިނޭންސަށް ވަންނަން ޖެހުނީ ގަދަކަމުން، ބައްދަލުކުރާނެ މީހަކު ވެސް ނުވި

އެމްޑީޕީން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ: ފިނޭންސް މިނިސްޓްރީއަށް ވަންނަން މަސައްކަތް ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ: ފިނޭންސް މިނިސްޓްރީއަށް ވަންނަން މަސައްކަތް ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމަންޓްރީ ގްރޫޕުން ފިނޭންސް މިނިސްޓްރީއަށް ގަދަ ކަމަށް ވަނުމުން ބައްދަލުކުރާނެ މީހަކު ވެސް ނުވި އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރަން މިނިސްޓްރީއަށް ދިޔުމުން ބައްދަލުކުރާނެ މީހަކު ނުވި ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި މަސައްކަތްކުރީ މިނިސްޓްރީގެ ބޭފުޅަކާ ބައްދަލުކުރަން. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން ވަޒީރުގެ އެންގެވުމަށް މިތަނަށް އަޅުގަނޑުމެންނަށް ވެސް ނުވަދެވޭ ގޮތަށް ހަމަޖައްސާފައި އޮތީ. އެހެންނަމަވެސް މިތަނަށް މިހާރު އަޅުގަނޑުމެންނަށް ވަދެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގަައި ފިނޭންސް މިނިސްޓަރު ޒަމީރު މި ވަގުތު ރާއްޖޭގައި ނޫޅުއްވަ އެވެ. ނަމަވެސް އޭނާ ހުންނެވީ ކޮން ގައުމެއްގައި ކަމެއް ކަށަވަރެއް ނުވި އެވެ.

ފިނޭންސް ކުރިމަތީގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވެ ވަޑައިގެންނެވި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓަރާއި ސުވާލުކުރަން އެމްޑީޕީން 16 ސުވާލު ހުށަހަޅާފައިވާއިރު، މިހާތަނަށް ބައެއް ސުވާލުތަކަށް ޖަވާބުވެސް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތަހަންމަލުކުރާ ދަތި އުނދަގޫ ހާލަތު ގުޅިފައިވަނީ އިގްތިސާދާއި ފައިސާއާ ކަމަށްވުމުން ވާން އުޅޭ ގޮތާ ގޮތާ ގުޅޭގޮތުން ސުވާލުތައް މިނިސްޓަރާ އަމާޒުކުރަން ބޭނުންވާ ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހްމަދު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާއި ސަރުކާރުން ބަޖެޓު ހަރަދުކުރަމުންދާ ގޮތާއި އެއްވެސް ގޮތަކަށް ދިމާނުވާ ކަމަށެވެ.

"މިކަހަލަ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި މާލިއްޔަތު ކޮމިޓީ މިއޮތީ ހަދާފައި. މާލިއްޔަތު ކޮމިޓީއަށް އަދި މިއަދާ ހަމައަށް ބަޖެޓު ފާސްކުރި ފަހުން ވަޒީރެއް ހާޒިރެއް ނުވޭ. ވަޒީރު ހާޒިރުނުވާތީ އަޅުގަނޑުމެން އިސްނަގައިގެން އަޅުގަނޑުމެން މަޖިލިސް މެދުވެރިކޮށް ވަޒީރު މަޖިލީހަށް ހާޒިރު ކުރުމަށް އެތައް ސުވާލެއް ފޮނުވައިފިން. މީގެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންގެ އިތުރުން އާންމު މެންބަރުން މިއަދު ހެނދުން ފެށިގެން ފިނޭންސް މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރި އެވެ.

އިހުތިޖާޖުގެ ބައިވެރިން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ދައުލަތުގެ ހަޒާނާ އެއްކޮށް ލޫޓުވާލާފައިވާ ކަމަށާއި ގައުމަށް ވަންނަ ޑޮލަރު ވެސް ލޫޓުވާފައިވާ ކަމަށެވެ.

މީގެއިތުރުން އަމިއްލަ ވިޔަފާރިތައް ފުނޑާނުލައި ސަރުކާރުން އެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާތައް ވީހާވެސް އަވަހަށް ދޫކުރުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.

ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox