މާލީ ސިޔާސަތު ހިންގީ ވެރިކަމާ ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބައެއް ކަމަށް ބަލައިގެން ނޫން: އަމީރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވާހަކަ ދައްކަވަނީ: އަމީރު ވަނީ މާލީ ކަންކަން މެނޭޖުކުރި ގޮތާ މެދު ހަދާ ދޮގުތަކަށް ރައްދު ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވާހަކަ ދައްކަވަނީ: އަމީރު ވަނީ މާލީ ކަންކަން މެނޭޖުކުރި ގޮތާ މެދު ހަދާ ދޮގުތަކަށް ރައްދު ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދެވަނަ ވެރިކަމުގައި މާލީ އަދި އިގުތިސޯދީ ސިޔާސަތު ހިންގީ ވެރިކަން ބަދަލުވެގެން ދެން ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބައެއް ކަމަށް ބަލައިގެން ނޫން ކަމަށް އެ ސަރުކާރުގައި މާލީ ވަޒީރަކަށް ހުންނެވި އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ދެ އަހަރު ހަމަވާންދާއިރު ވެސް އެއްވެސް ކަމެއް ހައްލު ކުރެވިފައި ނުވާ ކަމަށާއި އަދި ހޯދުނު ކުރިއެރުމެއް ވެސް ނެތް ކަމަށް ޕީއެންސީގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަމީރު އެކްސްގައި ލިޔުއްވި އެވެ. އެ ސަރުކާރުގައި ދިމާވި ކޮވިޑުން އަރައިގަނެވުނީ ހަރުދަނާ ސިޔާސަތުތަކެއް އޮތުމުން ކަމަށް އޭނާ ލިޔުއްވި އެވެ.

"ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުން. އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ވާނި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖު ކުރެވިފައި،" އަމީރު ލިޔުއްވި އެވެ.

އެ ދަތިތަކާއެކު ވެސް ރާއްޖޭގެ ތާރީހުގައި ސަރުކާރުން ނުކުރާ މަސައްކަތްތައް ރާއްޖޭގެ ރަށްރަށުގައި ހިންގާފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ، މަގު ހެދުން، އެއާޕޯޓު އެޅުން، ބަނދަރު އެޅުން، ބިން ހިއްކުން، ހައުސިން ޔުނިޓުތައް އެޅުން ފަދަ މަޝްރޫއުތައް އަމީރު ފާހަގަކުރެއްވި އެވެ.

ކޮވިޑުގެ ދުވަސްވަރު ދަރަނި ނަގަން ޖެހުނީ އާމްދަނީ ދަށަށް ދިޔުމުން ކަމަށާއި އެމްޑީޕީގެ ދެވަނަ ސަރުކާރުން ނެގި 56 ބިލިއަނުގެ ތެރެއިން 19 ބިލިއަނުގެ ދަރަންޏަކީ ކޮވިޑާއެކު އިތުރުވި ދަރަނި ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގައި މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރައްވާ އަމީރު ވިދާޅުވި އެވެ.

"އެ ވަރު ތި ބޭފުޅުންގެ ސަރުކާރުގެ 2 އަހަރު ނުވަނީސް މިހާރު އިތުރު ވެއްޖެ. ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ގައުމަކު ނެތް. އަޅުގަނޑުމެންނާއި ކުރިމަތިލާން ޖެހުނު ދަތިތަކުން، އަޅުގަނޑުމެން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން. އެއާއެކު ދެން ގެންނަންޖެހޭނެ ރިފޯމްތައް ދަނެގެން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ މަޖިލީހަށް ހާޒިރުވެ އެމްޑީޕީގެ ސަރުކާރުގެ މާލީ އަދި އިގުތިސާދީ ސިޔާސަތުތަކާ ގުޅޭގޮތުން ކުރިމަތިކުރަމުންދާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތަކަށް ވެސް އެދިވަޑައިގެންފަ އެވެ.

މޮޅު ވާހަކަ ނުދައްކާ މަޖްލިސް އަށް ގެންދަން ވީ ނު، މުޅި މަޖްލިސް ކޮމިޓީއަކަށް. ތި ބޭފުޅުންގެ 87 މެމްބަރުންނާއި، ވަޒީރުންނާއި އަދިވެސް ގެންދަން ބޭނުން އެންމެން ގެންދާނީ،" އަމީރު ވިދާޅުވި އެވެ.

ކާރިސާ ތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުން ގޮތާއި، ތި ކިޔާ ފައިސާ ޗާޕްކުރުމާއި، ހުރިހާ ވާހަކަތަކެއް "ރަނގަޅަށް ދައްކާލަން" ފުރުސަތު ދިނުމަށް އޭނާ އެދިވަޑައިގަތެވެ. އެއީ ދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox