ލަންކާ މެޗަށް މި ވަގުތަށް ބަލާއިރު ޓީމު ރަނގަޅަށް ތައްޔާރު

Sep 6, 2025, 6:40 AM
ލަންކާ މެޗަށް މި ވަގުތަށް ބަލާއިރު ޓީމު ރަނގަޅަށް ތައްޔާރު

ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗުގައި ވާދަކުރަން މި ވަގުތަށް ބަލާއިރު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އޮތީ ތައްޔާރަށް ކަމަށް ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ.

މި މަހު ލަންކާގައި ސުޕަ ކަޕް ކުޅެން ރޭވީ ހަތަރު ގައުމުގެ މެދުގަ އެވެ. އެކަމަކު، ބޫޓާނާއި ބަންގްލަދޭޝް ބައިވެރިނުވުމުން، ލަންކާ އާއި ރާއްޖޭގެ ދެ މެޗަށް މި މުބާރާތް ބަދަލުކުރީ އެވެ. އެ ގޮތުން، ފުރަތަމަ މެޗު ކުޅޭނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:30 ގަ އެވެ.

މެޗުގެ ކުރިން ބޭއްވި މީޑިއާ އިވެންޓްގައި ވާހަކަ ދައްކަމުން ގައުމީ ކެޕްޓަން، ސަމުއްޓެ ބުނީ މި ވަގުތަށް ޓީމު އޮތީ އެންމެ ރަނގަޅަށް ތައްޔާރަށް ކަމަށެވެ. އޭނާ އެ ފާހަގަކުރީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފަށައި ދިގުލައި ގޮސްފައި އޮތް މުއްދަތުގެ ތެރޭގައި ކުޅުންތެރިން ކުރި މަަސައްކަތްތަކަށް އަލި އަޅުވާލައި، ޖުމްލަ ހާލަތެވެ.

"ވަރަށް ރަނގަޅަށް މި މެޗަށް ތައްޔާރުވެވިފައި ކަމަށް ގަބޫލުކުރަނީ. ޓީމު ވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ތައްޔާރުވެފައި ކަމަށް ފެންނަނީ މި މެޗުން މޮޅުވާން، އިންޝާﷲ،" ސަމުއްޓެ ބުންޏެވެ.

ގައުމީ ޓީމުގައި އާ ކުޅުންތެރިން ތިބި ކަމަށް، ޓީމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ފާހަގަކޮށްފަ އެވެ. އެ ކުޅުންތެރިންނާ ބެހޭގޮތުން، ސަމުއްޓެއާ އަމާޒުވި ސުވާލަށް ދިން ޖަވާބުގައި އޭނާ ވަނީ 16 އަހަރުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާންގެ ނަން ފާހަގަކޮށްފަ އެވެ.

"ޒުވާން އާ ކުޅުންތެރިން ވެސް އެބަތިބި ސްކޮޑުގައި. އެއީ، ލޯކަލް ލީގުގައި ކުޅޭ ކުޅުންތެރިން. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އިލާން،" ސަމުއްޓެ ބުންޏެވެ.

އޭގެ ފަހުން، ލަންކާ މީޑިއާ އަށް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ މައުލޫމާތު ހިއްސާ ކުރަމުން، ކޯޗު މޯހަން ވަނީ އިލާން އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، އަހުޒަމް ރަޝީދު (އަހު)ގެ ނަން ފާހަގަކޮށްފަ އެވެ.

އެންމެ ފަހުން ސްރީ ލަންކާގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނީ، 2021 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕުގަ އެވެ. އެ ގޮތުން، އެ އަހަރުގެ ނޮވެމްބަރު މަހުގައި ކުޅުނު މެޗުން ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި، ލަންކާ އިން ވަނީ ފަހަތުން އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. އޭގެ އެއް މަސް ކުރިން، މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން 1-0 އިން ލަންކާ ބަލިކުރި އެވެ.

އެކި ގައުމުތަކުގައި ކުޅޭ ލަންކާގެ ރައްޔިތުކަން ދެވޭ ކުުޅުންތެރިން ގެނެސް ގައުމީ ޓީމުގައި ހިމަަނައިގެން، ލަންކާ ޓީމު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަދި، ކުރިއަށް ވުރެ ލަންކާ ޓީމުގެ ނަތީޖާތައް ވެސް މި ބަދަލުތަކާ އެކު ވަނީ ރަނގަޅުވެފަ އެވެ. އެންމެ ފަހުން ރާއްޖެ އާއި ލަންކާ ކުޅުނީ، 2022 ވަނަ އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ފަހު މެޗުގަ އެވެ. އެ މެޗުގައި، ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން ރާއްޖޭން 1-0 ލަންކާ ބަލިކުރި އެވެ.

ލަންކާގެ ކެޕްޓަން އަދި ރާއްޖޭގައި ގިނަ އަހަރުތަކެއް ކުޅުނު ގޯލްކީޕަރު، ސުޖަން ޕެރޭރާ ބުނީ، ޓީމުތަކުގައި ކުޅުންތެރިން ފަރިތަކުރަމުން އައީ ޕްރީ ސީޒަން ކަމަށާއި އެކަންކަން ނިމިގެން އައިސް ގައުމީ ޓީމާ އެކު ޓްރެއިނިން ބާއްވަން ލިބުނީ ކުޑަ ވަގުތެއް ކަމަށެވެ.

"ރާއްޖެ އާއި ސްރީ ލަންކާގެ ކޮންމެ މެޗެއް ވެސް ވަރަށް ހޫނުކޮށް ދަނީ، މި މެޗު ވެސް ވަރަށް ރަނގަޅުވާނެ ސަޕޯޓަރުންނަށް، ދެން، މި ތަނުގައި އުޅޭ އެންމެނަށް، އަހަންނަށް ހީވަނީ ވަރަށް ރަނގަޅުވާނެހެން،" ސުޖަން ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު 22 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖޭން ނުވަ މެޗުން މޮޅުވި އެވެ. ލަންކާ އިން އެންމެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox