ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށްޓަަކައި ލަންކާ މެޗުގައި ނަތީޖާ ނެރެން ބޭނުން

Sep 4, 2025, 2:44 AM
ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށްޓަަކައި ލަންކާ މެޗުގައި ނަތީޖާ ނެރެން ބޭނުން

ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށްޓަކައި ވެސް ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) ބުނެފި އެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި، މި މަހު ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭން ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗުގައި ކުޅޭނެ އެވެ. މި މެޗުތަކަށް ނުކުންނައިރު، ރާއްޖޭގެ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ދިވެހި ފުޓްބޯޅައާ މެދު ނާއުންމީދުވުމުގެ މަންޒަރު އޮތީ ފެންނަން ފަށައިފަ އެވެ.

"ކުޅުންތެރިން އިރާދަކުރެއްވިއްޔާ މި ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން، އަހަރެމެން ހުރިހާ ޕްލޭޔަރުންގެ ވެސް ފޯކަސް މި ހުރީ މި ދެ މެޗު، ހަމަ ނަގާލަދީގެން ޕަބްލިކަށް ރަނގަޅު ނަތީޖާއެއް ނެރެދިނުން،" ގައުމީ ޓީމުގެ އެންމެ ފަހުގެ ނަތީޖާތަށް ދިޔަ ގޮތުން އަރައިގަތުމަށް އަމާޒުކޮށް، ގައުމީ ޓީމުގެ މިޑްފީލްޑަރު، ނިހާން ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އެންމެ ފަހުން ސްރީ ލަންކާގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނީ، 2021 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕުގަ އެވެ. އެ ގޮތުން، އެ އަހަރުގެ ނޮވެމްބަރު މަހުގައި ކުޅުނު މެޗުން ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި، ލަންކާ އިން ވަނީ ފަހަތުން އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. އޭގެ އެއް މަސް ކުރިން، މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން 1-0 އިން ލަންކާ ބަލިކުރި އެވެ.

އެކި ގައުމުތަކުގައި ކުޅޭ ލަންކާގެ ރައްޔިތުކަން ދެވޭ ކުުޅުންތެރިން ގެނެސް ގައުމީ ޓީމުގައި ހިމަަނައިގެން، ލަންކާ ޓީމު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަދި، ކުރިއަށް ވުރެ ލަންކާ ޓީމުގެ ނަތީޖާތައް ވެސް މި ބަދަލުތަކާ އެކު ވަނީ ރަނގަޅުވެފަ އެވެ.

ނިހާން ބުނީ، ލަންކާ ޓީމު ކުރިއަށް ވުރެ ބަދަލުވެފައި، އަދި ރަނގަޅުވެފައި އޮތްކަން އެނގޭ ކަމަށާއި އެކަންކަމަށް ތައްޔާރުވެގެން މެޗުގައި ނަތީޖާ ނެރެން ކުޅުންތެރިން އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.

އެންމެ ފަހުން ރާއްޖެ އާއި ލަންކާ ކުޅުނީ، 2022 ވަނަ އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ފަހު މެޗުގަ އެވެ. އެ މެޗުގައި، ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން ރާއްޖޭން 1-0 ލަންކާ ބަލިކުރި އެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު 22 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖޭން ނުވަ މެޗުން މޮޅުވި އެވެ.

ގައުމީ ސްކޮޑަށް އާ ކުޅުންތެރިން އައުމުން އަަބަދުވެސް ސީނިއާކޮށް ތިބޭ ކުޅުންތެރިން، އާ ކުޅުންތެރިންނާ އެކުގައި މަސައްކަތްކޮށް، އެ ހުންނަ ކޯޗެއްގެ އިރުޝާދުގެ ދަށުން ރަނގަޅަށް މަސައްކަތްކުރާ ކަމަށް ނިހާން ވަނީ ބުނެފަ އެވެ.

ލަންކާ މެޗުތައް ކުޅެން މިއަދު ގައުމީ ޓީމު އެ ގައުމަށް ދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox