ލަންކާ ފުޓްބޯޅަ ބަދަލުވެއްޖެ، ރާއްޖޭގެ ފުޓްބޯޅައިގެ "އިމޭޖް" ރަނގަޅު ކުރަންޖެހޭ: މޯހަން

Sep 4, 2025, 2:31 AM
ލަންކާ ފުޓްބޯޅަ ބަދަލުވެއްޖެ، ރާއްޖޭގެ ފުޓްބޯޅައިގެ "އިމޭޖް" ރަނގަޅު ކުރަންޖެހޭ: މޯހަން

ސްރީ ލަންކާގެ ފުޓްްބޯޅަ ކުޅޭ ސްޓައިލް ވަރަށް ބޮޑަށް ބަދަލުވެފައިިވާ ކަމަށާއި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ނަތީޖާތަށް ރަނގަޅުކޮށް، "ފުޓްބޯޅައިގެ އިމޭޖް" ރަނގަޅު ކުރަން ޖެހޭ ކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ގައުމީ ޓީމަށް މި އަހަރު އޮތް މެޗުތަކަށް ކޯޗަކަށް ހަމަޖެއްސި މޯހަން އެންމެ ފުރަތަމަ ނުކުންނާނީ މި މަހު، 6 އާއި 9 ވަނަ ދުވަހު ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ ދެ މެޗަށެެވެ.

އެ މެޗުތަކަށް މިއަދު ގައުމީ ޓީމުން ސްރީ ލަންކާ އަށް ދާނެ އެވެ. އަދި، މެޗުތަކުގެ ކުރިން އިއްޔެ، ރާއްޖޭގައި ބޭއްވި އެންމެ ފަހު ޕްރެކްޓިހުގެ ކުރިން މޯހަން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މީޑިއާގެ ސުވާލުތަކަށް ޖަވާބުދީފަ އެވެ.

މޯހަން ބުނީ، އެންމެ މުހިންމު އެއް ކަމަކަށް ބަލާއިރު، ކުރިން ރާއްޖެ އަށް ފެނުނު ސްރީ ލަންކާ އާއި މިހާރު އެ ގައުމުގައި އޮތް ޓީމުން ކުޅޭ ފުޓްބޯޅަ ވަރަށް ތަފާތު ކަމަށެވެ. އަދި، ކުރިން އެ ކުޅޭ ދިގު ބޯޅަތައް ޖެހުމުގެ ބަދަލުގައި، ޓެކްނިކަލީ މޮޅެތި ކުޅުންތެރިންނާ އެކު، ޕާސްކޮށްގެން ކުޅޭ ފުޓްބޯޅަ ލަންކާ އިން ކުޅޭ ކަމަށް މޯހަން ފާހަގަކުރި އެވެ.

"އެއީ ހަގީގަތުގައި ލަންކާއ އިން ބޭރުގައި ކުޅޭ ކުޅުންތެރިން، ނެޗުރަލައިޒް ކުޅުންތެރިން އައިސް ކުޅޭ އަނެއްކާ މި ފަހަރު ވެސް އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އިތުރު ދޭއް ނޫނީ ތިން ކުޅުންތެރިން އަލަށް ލަންކާ ޓީމާ އެބަގުޅޭ. މި ހުރިހާ ކަމަކީ ވެސް ލަންކާ ފުޓްބޯޅަ، އޭގެ ސަަބަބުން ކުރިއަރައިގެންދާ ކަންތައް މި ފެންނަނީ، އެއީ އަޅުގަނޑުމެންނަށް އިންނާނެ ވަރަށް ބޮޑު ޗެލެންޖެއް، އެއީ ލަންކާ އަކީ، މި ސަރަހައްދުގެ އެންމެ ރަނގަޅު ޓީމުތަކުގެ ތެރެއިން ކިޔަންޖެހޭނެ ޓީމެކޭ ދަންނަވަންޖެހޭނީ، އެ ވަރުގެ ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބަތިބި ރަށުންބޭރުން ގަވާއިދުން ކުޅޭ ކުުޅުންތެރިން މިހާރު ލަންކާ ޓީމުގައި ކުޅޭ،" ލަންކާ ޓީމާ ބެހޭގޮތުން އެއްކޮށްފައިވާ މައުލޫމާތު މޯހަން ކިޔައިދިނެެވެ.

މޯހަން ބުނީ، ގައުމީ ޓީމަށް މި އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ ތިން މެޗެއް ކުރިއަށް އޮތް ކަމުގައި ވިޔަސް އެ މެޗުތަކާ މެދު އަދި ނުވިސްނައި، މި ވަގުތު ފޯކަސް ބަހައްޓަނީ، ލަންކާއާ އެކު ކުޅެން އޮތް ދެ މެޗަށް ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު މި ވިސްނަނީ، މި ދެ މެޗަށް، އެއީ މި ދެ މެޗުގެ ފަހުން އަޅުގަނޑުމެންގެ ލީގު ފެށިފައި ކޮންމެ ކްލަބެއް ވެސް ތިން ހަތަރު މެޗު ކުޅޭ ފަހުން، އަޅުގަނޑުމެންގެ ކޮލިފައިން މެޗެއް މީނީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ލީގު ފެށުމަކީ، ކުޅުންތެރިން ތިން ހަަތަރު މެޗެއް ކުޅެލާއިރު ފިޓްނަސް އެ އަށް ވުރެ ރަނގަޅުވެފައި ހުންނާނީ މިހާރަށް ވުރެ ރަނގަޅުވެފައި،" 2008 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު، މޯހަން ބުންޏެވެ.

"މި ވަގުތު އަޅުގަނޑު ހަމަ ހުރިހާ ވިސްނުމެއް ވެސް ހުރީ މި ދެ މެޗަށް، މި ދެ މެޗުން އަޅުގަނޑުމެން ރަނގަޅު ނަތީޖާއެއް ނެރެގެން ނޫނީ މިހާރު ފުޓްބޯޅަ މި އިން ހާލަތުން ކުރިއެރުމުގެ ޕަބްލިކްގެ އެ އިމޭޖް އަޅުގަނޑުމެން ރަނގަޅުކުރަން މި މަސައްކަތް ކުރަން ޖެހެނީ، އެކަމަށް މި މެޗަކީ ވަރަށް މުހިންމު ދެ މެޗު،"

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ސްރީ ލަންކާގެ ކޯޗަކަށް ހުރީ މީގެ ކުރިން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ފައިނަލަށް ގެންގޮސްދިން ކޯޗު، ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ އެވެ. އޭނާ ދާދި ފަހުން ލަންކާ މީޑިއާގައި ބުނެފައިވަނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ޗެލެންޖެއް ކަމަށާއި އިންޑިއާ ނަަގާފައި މި ސަރަހައްދުގެ އެންމެ ރަނގަޅު ޓީމަކީ ރާއްޖެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މޯހަން ބުނީ ލަންކާ ކޯޗު މުތައިރީގެ މި ވާހަކަތަކަކީ ސާފް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުގައި ރާއްޖޭން މީގެ ކުރިން ނެރެފައިވާ ނަތީޖާތަކުގެ މައްޗަށް ބަލައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެދާނެ ކަމަށެވެ.

"އިންޑިއާ ނަގާފައި އަޅުގަނޑުމެން ރޭންކިން އަށް ބަލާފައި ދެ ވަނަ ގޮތުގައި އޮންނާނީ، އެހެންނަމަވެސް މި ވޭތުވެދިޔަ ތިން ހަތަރު އަހަރެއް، ހަގީގަތަކީ އަޅުގަނޑުމެން ފުޓްބޯޅަ މި އިން ހާލަތު ކުޑަކުޑަކޮށް ދަށްކޮށް ގޮސްފައި، އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅަށޭ މި ދިޔައީ މިދިޔަ ދެތިން އަހަރު. އެއީ ވަރަށް ބޮޑު ބަދަލެއް. ފަހަރެއްގައި ލަންކާ ކޯޗަށް އެކަން ނޭނގި އިނދެދާނެ، އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ހާލަތު މިދިޔަ ދެތިން އަހަރެއްގައި ކިހިނެއްތޯ ދިޔައީ ރާއްޖޭގައި،،" މޯހަން ބުންޏެވެ.

އޭނާ ބުނީ، ލަންކާގެ ފަރާތުން މިހާރު ވެސް ރާއްޖެ އަށް އެ އިހުތިރާމް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ހަމަ އެ ގޮތަށް ރާއްޖޭން ވެސް ލަންކާ ޓީމަށް އިހުތިރާމްކުރާ ކަމަށާއި މިހާރު ލަންކާ އިން ކުޅޭ ޕާސިންގޭމްގެ ފުޓްބޯޅައާ މެދު ރާއްޖޭން ވެސް ވަރަށް އުންމީދުތަކެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

މޯހަން ބުނީ، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު، ކުރެވުނު ޕްރެކްޓިސް މަދުކަމުގައި ވިޔަސް ކުޅުންތެރިންގެ ހިތްވަރާ އެކު، ލަންކާ އަތުން ދެ މެޗުން ވެސް މޮޅުވުމުގެ އުންމީދު އެބައޮތް ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox