މާލީ ބަޔާން ހުށަނާޅާ ހަބަރު ޖެހުމާ ގުޅިގެން ކޯފާވެ، މީޑިއާ ބިލު އަވަސްކުރަން މެންބަރު ނިޒާރު ގޮވާލައިފި

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު: މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު: މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މީޑިއާ ބިލު ފާސްކުރަން އޭނާ މިއަދު ގޮވާލައްވައިފި އެވެ.

ނިޒާރު މާލީ ބަޔާން ހުށަނާޅާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރީ، ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރިއިރު އޭނާގެ ބަޔާން ފެންނަން ނެތުމުންނެވެ.

މެންބަރުންގެ މާލީ ބަޔާންތަކުގެ ބައެއް ހަބަރުތައް ޖެހި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އާންމުކުރީ މިހާތަނަށް މާލީ ބަޔާން ހުށައެޅި 88 މެންބަރުންގެ ކަމަށެވެ. މިހެންކަމުން ނިޒާރަކީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރެއިން އެކަކެވެ.

Advertisement

މިކަމާ ހިތްހަމަޖެހިވަޑައިނުގެން ނިޒާރުގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވަމުން މައްސަލައަކަށް ނެންގެވީ މީޑިއާތަކުން މީގެ ކުރިން ނުދޭ ސަމާލުކަމެއް ދީގެން މެންބަރުންގެ މާލީ ބަޔާންތަކުގެ ވާހަކަތައް ރިޕޯޓުކުރުމެވެ.

"ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރެއް ނޫން. ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލުއުފެދޭ،" ނިޒާރު ލިޔުއްވާފައި ވެ އެވެ.

ނިޒާރު މި ގޮތަށް ތުހުމަތުކުރެއްވި ނަމަވެސް، މެންބަރުންނާއި ވަޒީރުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށި ފަހުން މީޑިއާތަކުން އަބަދު ވެސް ހަބަރުތައް ގެނެސްދެ އެވެ. އަދި މާލީ ބަޔާން ހާމަނުކުރާ މެންބަރުންނާއި ވަޒީރުންގެ ހަބަރުތައް މީގެ ކުރިން ވެސް ގިނަ މީޑިއާތަކުގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.

އެހެން މައްސަލައަކަށް ނިޒާރު ނެންގެވީ އޭނާ މާލީ ބަޔާން ހުށަނާޅައިގެން މަޖިލީހުން ފިޔަވަޅެއް ނާޅަނީސް މީޑިއާތަކުން އަމިއްލަ ލިސްޓެއް ހަދައިގެން ހަބަރުތައް ގެނެސްދިނުމެވެ. އޭނާ ވަނީ މިއީ ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ގެނެސްދީފައިވާ ހަބަރުތަކެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފަ އެވެ.

"މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު އަވަސްކުރަން [އަޅުގަނޑު] ގޮވާލަން. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މި ބިލް އަވަހަށް ފާސްކުރަން [އަޅުގަނޑު] ގޮވާލަން،" ނިޒާރު ލިޔުއްވާފައި ވެ އެވެ.

މިނިވަން މީޑިއާތައް ނައްތާލާ ބިލުގެ ގޮތުގައި ލޭބަލްވެފައިވާ މި ބިލުގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޕީއެންސީގެ ނިޒާރު ގޮވާލެއްވިއިރު، އެ ޕާޓީގެ މެންބަރުންނާއި މިނިސްޓަރުންނާއި އެކްޓިވިސްޓުން ހިމެނޭހެން އަންނަނީ މި ބިލު ފާސްކުރަން ގޮވާލަމުންނެވެ.

އެކަމަކު މިއީ ނުރައްކާތެރި ބިލެއް ކަމަށް ބުނެ މި ބިލު ބޭރުކޮށްލަން ރާއްޖޭގައި މަސައްކަތްކުރާ ގިނަ ނޫސްވެރިންނާއި ނޫސްތަކާއި މޯލްޑިވްސް މީޑީއާ ކައުންސިލުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ. އަދި ރާއްޖެ އާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ މި ބިލުގެ މަސައްކަތް ހުއްޓާލަން މަޖިލީހާއި ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox