އަބްދުއްރަހީމަށް ހަދިޔާގެ ގޮތުގައި އަހަރެއްގެ ތެރޭ ނުވަ ލައްކަ ރުފިޔާ، ރެހެންދި ފްލެޓު ވެސް ލިބުނީ ހިލޭ

Sep 3, 2025, 5:32 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް: މުސާރައަށް ވުރެ ގިނައިން ފައިސާ ލިބުނީ އެކި ފަރާތްތަކުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް: މުސާރައަށް ވުރެ ގިނައިން ފައިސާ ލިބުނީ އެކި ފަރާތްތަކުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި އަހަރުގެ ތެރޭގައި ހަދިޔާގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

އަބްދުއްރަހީމް މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައި ވަނީ ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓު ކާޑުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އޭނާއަށް 958،982ރ. މި އަހަރު ލިބުނު ކަމަށެވެ.

ހެޔޮ އެދޭ އެކި ފަރާތްތަކުން އަބްދުއްރަހީމަށް ލިބުނު ފައިސާގެ އަދަދު އޭނާއަށް މަޖިލީހުން ލިބުނު މުސާރައަށް ވުރެ ވެސް ބޮޑެވެ. އޭނާއަށް މުސާރައިގެ ގޮތުގައި ލިބުނީ އެންމެ 658،894ރ. އެވެ. އެއީ އެވްރެޖުކޮށް މެންބަރުންނަށް ނުވަ ލައްކަ ރުފިޔާއަށް ވުރެ ތިން ލައްކައެއްހާ ރުފިޔާ މަދު އަދަދެކެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އަބްދުއްރަހީމުގެ ބޭންކު އެކައުންޓުގައި ހުރީ އެންމެ 101،698ރ. އެވެ. އެއީ ޖުލައި 2، 2025، އާ ހަމައަށް ހުރި ފައިސާގެ އަދަދެވެ.

އަބްދުއްރަހީމުގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރު ރެހެންދި ފްލެޓު އޭނާ ގަތީ 4.5 މިލިއަން ރުފިޔާ އެވެ. އެ ފްލެޓު ގަތީ އަމިއްލައަށް އެއްކުރި ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުން ދިން އެހީތެރިކަމާއެކު ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާގެ އަތުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދެއް އޮވެ އެވެ. އަދި 67،000ރ. ގެ ސައިކަލެއް ވެސް އޭނާގެ ނަމުގައި އޮތްކަން ބަޔާނުން އެނގެ އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މިހާތަނަށް ހުރިހާ މެންބަރުންގެ ބަޔާންތަކެއް ވެބްސައިޓަކަށް ނުލަ އެވެ.

މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާންތައް ފަރުމާކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ފެނެ އެވެ. ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އޭގެ އިތުރުން، އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.

މިހާތަނަށް އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު އާދަޔާ ހިލާފު މުއްސަނދިކަމެއް ލިބިފައިވާ އެއްވެސް މެންބަރަކު ފާހަގައެއް ނުވެ އެވެ. އެއާ ހިލާފަށް، ގިނަ އަދަދެއްގެ މެންބަރުންގެ ބޭންކު އެކައުންޓުގައި ހުރީ ނިސްބަތުން މަދު ފައިސާއެއްކަން އެނގެ އެވެ. އަދި ގިނަ މެންބަރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާކަން ފާހަގަ ކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަމުން އަންނައިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާނެއް މިހާތަނަށް ވެސް އާންމެއް ނުކުރެ އެވެ. ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނަކުން ލާޒިމު ނުކުރި ނަމަވެސް މިދިޔަ ސަރުކާރުގައި ވެރިންގެ މާލީ ބަޔާންތައް ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox