ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ ކައިޒާންއަށް 7.2 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

މި މައްސަލައިގައި ހިމެނޭ އައިސްޕްލާންޓު ހުންނަ ލ. މާމެންދޫ: މި އައިސްޕްލާންޓު ފެނަކައިން ގަތީ ސައީދު ބޯޑަށް ދޮގު މައުލޫމާތު ދީގެން ކަމަށް އޭސީސީން ބުނޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު

މި މައްސަލައިގައި ހިމެނޭ އައިސްޕްލާންޓު ހުންނަ ލ. މާމެންދޫ: މި އައިސްޕްލާންޓު ފެނަކައިން ގަތީ ސައީދު ބޯޑަށް ދޮގު މައުލޫމާތު ދީގެން ކަމަށް އޭސީސީން ބުނޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހިމެނޭ ކައިޒާން އިންވެސްޓްމަންޓްސްއަށް 7.2 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް އިއްވައިފި އެވެ.

ކައިޒާން އިންވެސްޓްމަންޓަކީ އިސްމާއިލް ޒާހިދު ކިޔާ މީހެއްގެ އަމިއްލަ ވިޔަފާރިއެކެވެ. މި މައްސަލައިގައި ހިމެނޭ އައިސް ޕްލާންޓަކީ އޭނާ ލ. މާމެންދޫގައި ގާއިމުކުރި އައިސްޕްލާންޓެކެވެ. މި އައިސް ޕްލާންޓު ގަންނަން ފެނަކައިން އެއްބަސްވީ 11.3 މިލިއަން ރުފިޔާއަށެވެ.

ޒާހިދު ކޯޓަށް މައްސަލަ ހުށަހެޅީ އައިސްޕްލާންޓަށް ދައްކަން ބުނި ފައިސާގެ ތެރެއިން ނުދައްކައިވާ 7.2 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 580،155.68ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހިމެނޭހެން ޖުމުލަ 7.9 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި އެވެ.

މި ދައުވާއާ ގުޅިގެން ފެނަކައިން ވަނީ އައިސް ޕްލާންޓަށް ނުދައްކައިވާ 7.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެއްބަސްވެ، އަހަރަކަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ ވަރު ދައްކަން ނޫނީ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވާ ގޮތަކަށް ފައިސާ ދައްކަން ފުރުސަތު ދިނުމަށެވެ.

ދައުވާގެ މި ބަޔަށް އެއްބަސްވީ ނަމަވެސް، ފެނަކައިން ވަނީ ގެއްލުމުގެ ބަދަލުގެ ފައިސާ އާއި ޝަރީއަތުގެ ހަރަދުގެ ބައި އިންކާރުކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނީ އެއްބަސްވުމުގައި މި ކަމަށް އެއްބަސްވެވިފައި ނުވާތީ ކަމަށެވެ.

މިކަމަށް ރައްދު ދެމުން ކައިޒާންއިން ބުނީ، ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބި ގެއްލުންވާ ކޮންމެ ދުވަހަކީ، އެ ގެއްލުމަށް ފެނަކައިން ޒިންމާވާން ޖެހޭނެ ދުވަހެއް ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ މި ނުކުތާގައި ފެނަކަ ކޮޅަށް ބުރަވެ، ބަދަލު ނަގައިދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ޝަރީއަތުގެ ހަރަދު ނަަގައިދިނުމާ މެދު ވެސް ކޯޓުން ބުނީ، ނަގައިދޭން އެދިފައިވާ އެއް ލައްކަ ރުފިޔާ ހަރަދު ކުރި ގޮތާއި ހަރަދު ކުރި ކަންކަމުގެ ތަފުސީލުތައް ހުށަހަޅާފައި ނެތުމުން އެ ހަރަދު ވެސް ނަގައިދެވެން ނެތް ކަމަށެވެ.

އައިސް ޕްލާންޓަށް ފައިސާ ދައްކަން އަހަރު ދުވަހުގެ މުއްދަތެއް ދޭން ފެނަކައިން އެދުނަސް، ކައިޒާންއިން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެހެންވެ ކޯޓުން ހުކުމް ކުރީ ކައިޒާންއިން އެދުނު ގޮތަށް ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އައިސް ޕްލާންޓު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) އިން ވަނީ އޭނާ އާއި މި އައިސްޕްލާނުގެ އަގުމަގު ކުރި ފެނަކައިގެ ކުރީގެ އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox