އައިޓީއެފް މޯލްޑިވްސް ޖޫނިއާ ދެ ވަނަ މުބާރާތުން ވެސް އާރާ އަށް ރަން މެޑަލް

Aug 30, 2025, 3:44 AM
އާރާ އާއި ޓެރީޓާގެ ޕެއާ އިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް/ ޖަވިޔަނި

އާރާ އާއި ޓެރީޓާގެ ޕެއާ އިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް/ ޖަވިޔަނި

ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ރުހުންދީފައިވާ ޓެނިސް މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޖޫނިއާ އޯޕަންގެ ދެ ވަނަ ހަފްތާގެ މުބާރާތުން ވެސް އަންހެން ޑަބަލްސް ކެޓަގަރީން ރާއްޖޭގެ އާރާ އާސަލް އާޒިމް އާއި ތައިލޭންޑްގެ ޓެރީޓާ ހޮން ޔޮންގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.

ފުރަތަމަ ހަފްތާގެ މުބާރާތުގައި، އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުން ރާއްޖޭގެ އާރާ އާއި ތައިލޭންޑްގެ ޓެރީޓާގެ ޕެއާ އިން ވާދަކުރީ ދެކުނު ކޮރެއާގެ ސެއުން އާއި ޗައިނާގެ ޔިޝާންގެ ޕެއާއާ އެވެ. ގަޑިއިރަކަށް ދިގުދެމިގެންދިޔަ މި މެޗުން، އާރާ އާއި ޓެރީޓާ މޮޅުވީ، 6-2، 6-1 އިންނެވެ. ދެ ވަނަ މުބާރާތުގައި ވެސް އާރާ އާއި ޓެރީޓާ ނުކުތީ ސެއުން އާއި ޔިޝާންގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވީ، 6-1، 6-3 އިންނެވެ.

އެހެންކަމުން، އާރާ މި ވަނީ، މިދިޔަ އަހަރުގެ އޭޓީޕީ މުބާރާތުގައި ހޯދި ފަދަ ކާމިޔާބެއް މި ފަހަރުގެ އައިޓީއެފް މުބާރާތުގައި ވެސް ހާސިލްކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގައި ވެސް ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ ތާރީހުން ޖާގަ ހޯދި އެވެ. މި ފަހަރު އޭނާ ކާމިޔާބީގެ ހަރުފަތް މަތިކުރީ ދުނިޔޭގެ މުބާރާތުގަ އެވެ.

ސިންގަލްސް އަށް ބަލާއިރު، އައިޓީއެފް މުބާރާތުގައި ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނަބާ ނިޝާން އެވެ. ދެ މުބާރާތުގައި ވެސް ނަބާ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ފުރަތަމަ މުބާރާތުގެ ސެމީގައި، ދެކުނު ކޮރެއާގެ ސިއުންޔަންއާ ދެކޮޅަށް ހަތަރު ގަޑިއިރަށް ވުރެން ދިގުދެމިގެންދިޔަ މެޗުން ނަބާ ބަލިވީ، 6-2، 6(4)-7(7) އަދި 7-5 އިންނެވެ. ދެ ވަނަ މުބާރާތުގެ ސެމީގައި ޓެރީޓާއާ ކުޅެގެން ނަބާ ބަލިވީ، 7-6، 6-0 އިންނެވެ. މި މެޗުގެ ދިގު މިނަކީ، ދެ ގަޑިއިރާއި 10 މިިނިޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox