ފަހަތުން އަރައި ވެސްޓް ހޭމް އަތުން ޗެލްސީ އަށް ބޮޑު މޮޅެއް

Aug 23, 2025, 12:06 AM
ފަހަތުން އަރައި ވެސްޓް ހޭމް އަތުން ޗެލްސީ އަށް ބޮޑު މޮޅެއް

ލަންޑަން (އޮގަސްޓް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 5-1 އިން ޗެލްސީން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށިއިރު، ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ވަނީ އެއްވަރުވެފަ އެވެ. ރޭގެ މެޗުގައި ވެސް ޗެލްސީ އަށް މޮޅުވެވުނީ އުނދަގޫ ކަންތައްތަކަކާ ކުރިމަތިލައިފަ އެވެ.

އެ ގޮތުން، ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ވޯމްއަޕްގައި ޗެލްސީގެ ތަރި، ކޯލް ޕާމާ އަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. އަދި، މެޗު ފަށައިގެން، ހަ ވަނަ މިނިޓްގައި ވެސްޓް ހޭމުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައަކުން ލޫކަސް ޕަކޭޓާ އެެވެ.

Advertisement

ޗެލްސީން މެޗުގެ 15 ވަނަ މިނިޓްގައި ކޯނަރެއްގައި މާކް ކުކުރޭއާ ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. އޭގެ ފަހުން، ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކްރޫގް ވަނީ ޗެލްސީއާ ކުރިން ހަވާލުވެރި، ގްރަހަމް ޕޮޓާ ކޯޗުކޮށްދޭ ވެސްޓް ހޭމަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ނިންމީ އޮފްސައިޑް ކަމަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޗެލްސީން ވަނީ ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، ޖޮއާއޯ ޕެޑްރޯ ނަގައިދިން ބޯޅައަކުން ޕެޑްރޯ ނެޓޯ ގޯލެއް ޖަހައި، ލީޑުނަގައިދިންއިރު، ކޯލް ޕާމާގެ ބަދަލުގައި، ފުރަތަމަ އެގާރަ އަށް އެރުވި، 18 އަހަރުގެ ބްރެޒިލްގެ އެސްޓެވާއޯ ދިން ބޯޅައަކުން އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ޗެލްސީ އަށް ދެ ވަނަ ހާފުގައި ގިނަ ގޯލުތަކެއް ޖަހަން ފުރުސަތު ލިބުނެވެ. އެ ޓީމުން ދެ ވަނަ ހާފުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ކޯނަރުތަކުންނެވެ. އެ ގޮތުން، މި ދެ ގޯލުގައި ވެސް ވެސްޓް ހޭމްގެ ކީޕަރު، މެޑްސް ހާމަންސަން ވަނީ ގޯސް ހަދައިފަ އެވެ. އޭނާ ބޯޅައަށް އަރައި، ސަލާމަތްނުކުރެވިގެން ލިބުނު ފުރުސަތުތަކުގައި ޗެލްސީގެ ލަނޑުތައް ޖެހީ، މޮއިސަސް ކައެސޭޑޯ އާއި ޓްރެވާ ޗަލޯބާ އެވެ.

އާ ސީޒަނުގައި ވެސްޓް ހޭމުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox