ވިކްޓަރީގެ ބޯޑު މެމްބަރުންތައް އިސްތިއުފާދީފި

Aug 20, 2025, 4:43 AM
ވިކްޓަރީގެ ބޯޑު މެމްބަރުންތައް އިސްތިއުފާދީފި

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރު، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބޯޑު މެމްބަރުންތައް އިސްތިއުފާދީފި އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، މީގެ ދުވަސްކޮޅެއް ކުރިން ވިކްޓަރީގެ ރައީސް، ހުސެއިން އާދަމް (އާދަމްބެ) ފިޔަވައި ދެން ތިބި ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން އިސްތިއުފާދީފައިވާ ކަމަށެވެ.

އިސްތިއުފާ ދިން ވިކްޓަރީގެ ބޯޑު މެމްބަރަކު މައުލޫމާތު ދިން ގޮތުގައި، އެ ކްލަބް ހިންގުމަށްޓަކައި، ލީޑަޝިޕް ބަދަލުވުމަށް، މިހާރުގެ ސަރުކާރުގެ ފަރާތުން ވެސް ޕްރެޝަރު އަންނަ ކަމަށާއި އެހެންވެ، ބޯޑު މެމްބަރުން ނިންމީ ކްލަބް ކުރިއަށްގެންދިއުމަށްޓަކައި، މަގާމުން އެއްކައިރި ވުމަށެވެ.

ވިކްޓަރީގެ އާ ބޯޑެއް އިންތިހާބު ކުރުމުގެ މަސައްކަތްތައް ހިނގަމުން އަންނައިރު، އެ ކްލަބްގެ ހިންގާ ކޮމިޓީ އަށް ވެސް މި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސް ވެރިން އައުމުގެ ފުރުސަތު އެބައޮތް ކަމަށް މި ކަމުގެ މައުލޫމާތު ހުރި ފަރާތަކުން ވަނީ ބުނެފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އިންތިހާބުވި، އާ ހިންގާ ބޯޑުގައި ވެސް މި ސަރުކާރުގެ ގިނަ ވެރިން ހިމެނެ އެވެ. ނިއުގެ ޗެއާމަނަކަށް އިންތިހާބުވިއިރު، މުބީން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މުބީން އަކީ، އެފްއޭއެމް އިން އިއުލާނުކުރި ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ވައިސް ޗެއާމަން ވެސް މެ އެވެ.

ނިއުގެ ބޯޑުގައި ދެން ތިބި އިސް މަގާުމުތަކަށް ބަލާއިރު، ސީނިއާ ވައިސް ޗެއާމަނަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު އަދި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް، މުހައްމަދު އިބްރާހިމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އަދި، ބޯޑު މެމްބަރުންގެ ތެރޭގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ހިމެނޭއިރު، ދާދި ފަހުން ވަނީ، ކްލަބްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އައްޔަނުކޮށްފަ އެވެ.

ވިކްޓަރީގެ އެންމެ ފަހުން އޮތް ލީޑަޝިޕްގެ ރައީސް އާދަމްބެ (ކ) އާއި ނައިބު ރައީސް ލަތީފް.

ވިކްޓަރީގެ ކުރީގެ ހިންގާ ބޯޑުގެ މަސައްކަތް؛ ސަސްޕެންޝަނުން އެނބުރި ފުރަތަމަ ޑިވިޝަނަށް

މިދިޔަ ސަަރުކާރުގައި މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި، އާދަމްބެ، ވިކްޓަރީގެ ރައީސް ކަމަށް އިންތިހާބުވީ 2022 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ނައިބު ރައީސަކަށް އިންތިހާބުވީ އިސްމާއިލް ލަތީފް އެވެ.

އެ ފަހަރު، އަލަށް އިންތިހާބުވި ވިކްޓްރީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން، ފާތިމަތު ޝެރިން، ވިކްޓްރީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު، މުހައްމަދު ޝައްފާޒު (ސައްޕޭ)، އިބްރާހިމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހިމް އިޒްހާން، އިސްމާއިލް ޝަރީފް، އަހުމަދު އަރީސް (ޕަޓޭ)ގެ އިތުރުން ވިކްޓަރީ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) އެވެ.

އާ ބޯޑު އިންތިހާބުވިއިރު، ވިކްޓަރީން ގުނަމުންދިޔައީ ސަސްޕެންޝަނުގެ ތިން ވަނަ އަހަރެވެ.

ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެ ކްލަބް ސަސްޕެންޑްކުރީ 2019 އަހަރު ޑިސެމްބަރު މަހު އެވެ.

އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑްކުރިއިރު، އެ ކްލަބުން ތުހުމަތުކުރީ އެ އަދަބަކީ އެ ޓީމާއި ނިއު އިން އިސްވެ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރާތީ ކުރި ކަމެއް ކަމަށެވެ.

ސަސްޕެންޝަނުން ސަލާމަތްވުމަށް، އާދަމްބެގެ ލީޑަޝިޕުން ވަނީ، ފީފާ އަށް ދައްކަން ޖެހޭ ފައިސާ އާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދައްކައިފަ އެވެ. ވިކްޓަރީ، ސަސްޕެންޝަނުން ސަލާމަތްވީ، 2022 ވަނަ އަހަރު ޖޫން މަހު އެވެ. އޭގެ ފަހުން، ދެ ފަހަރު، ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް، މިހާރު ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެއީ، އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox