އޭޝިއާ ކަޕް ސްކޮޑުގައި އިންޑިއާ އިން ބުމްރާ ހިމަނައިފި

Aug 20, 2025, 12:51 AM
އޭޝިއާ ކަޕް ސްކޮޑުގައި އިންޑިއާ އިން ބުމްރާ ހިމަނައިފި

މުމްބާއި (އޮގަސްޓް 20) - އިންޑިއާގެ ކްރިކެޓް ތަރި، ޖަސްޕްރީތު ބުމްރާ އަށް ކުރިއަށް އޮތް އޭޝިއާ ކަޕަށް ނެގި އިންޑިއާގެ 15 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ދީފި އެވެ.

އިންޑިއާ އިން ދާދި ފަހުން، އިންގްލެންޑާ ދެކޮޅަށް އެ ގައުމުގައި ކުޅެ ނިންމާލި، ޓެސްޓް ސީރީސްގެ ފަސް މެޗުގެ ތެރެއިން، ބާރު އުކުންތެރިޔާ، ބުމްރާ، 31، އަށް ކުޅެވުނީ ދެ މެޗުގަ އެވެ. އެންމެ ފަހު ޓެސްޓް މެޗުގައި، ބުމްރާ އަށް ނުކުޅެވުނީ، ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އޭޝިއާ ކަޕްގައި ކުޅޭ އިންޑިއާގެ ސްކޮޑު އިއުލާނުކުރިއިރު، ބުމްރާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

އިންޑިއާ އިން އެންމެ ފަހުން ބޭއްވި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި, ބުމްރާގެ ބުރަކަަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރެފައި، އެނބުރި އައީ މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި މުމްބައި އިންޑިއަންސް އަށް ކުޅުމަށެެވެ.

އައިސީސީ ޗެމްޕިއަންސް ޓްރޮފީގައި ބުމްރާ އަށް ނުކުޅެވުނު ކަމުގައި ވިޔަސް އޭޝިއާ ކަޕަށް ބުމްރާ ފިޓްވާނެ ކަމަށް އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ސްކޮޑުން ބޯލަރު ކުލްދީޕް ޔާދަވް އަށް ފުރުސަތު ދިންއިރު، ޒުވާން ބެޓްސްމަން ޔަޝަޝްވީ ޖޭސްވާލް އާއި ހުނަރުވެރި ކުޅުންތެރިޔާ، ޝްރޭޔަސް އައްޔަރު ވަނީ ބާކީވެފަ އެވެ. ޓީމުގެ ކެޕްޓަނަކީ، ސޫރްޔަކުމާރު ޔާދަވް އެވެ. އަދި، ވައިސް ކެޕްޓަން އަކީ ޝުބްމަން ގިލް އެވެ.

އޭޝިއާގެ ގަދަ އަށް ގައުމުގެ މެދުގައި، ޓީ20 ފޯމެޓަށް ކުޅޭ އޭޝިއާ ކަޕްގައި އިންޑިއާ ހިމެނެނީ، އޮމާނާއި ޕާކިސްތާންގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޔޫއޭއީއާ އެއް ގްރޫޕެއްގަ އެވެ. އަނެއް ގްރޫޕްގައި ހިމެނެނީ، އަފްގާނިސްތާން، ބަންގްލަދޭޝް، ހޮންް ކޮންގް އަދި ސްރީ ލަންކާ އެވެ.

އެންމެ ފަހުން، 2023 ވަނަ އަހަރުގެ އޭޝިއާ ކަޕް އިންޑިއާ އިން ކާމިޔާބުކުރީ، ފައިނަލުގައި، 10 ވިކެޓުން ސްރީ ލަންކާ ބަލިކޮށްފަ އެވެ. މިއީ، އިންޑިއާ އިން އޭޝިއާ ކަޕް ތަށި އުފުލާލި އަށް ވަނަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox