ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ ތެރެއިން 40 ޕަސެންޓު މީހުންނަކީ ބިދޭސީން

Aug 18, 2025, 8:22 AM
ރާއްޖޭގެ ރަށެއްގައި މަސައްކަތް ކުރަމުންދާ ޒުވާން ބިދޭސީންތަކެއް --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ރަށެއްގައި މަސައްކަތް ކުރަމުންދާ ޒުވާން ބިދޭސީންތަކެއް --- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގެ ދިރިއުޅޭ ޒުވާނުންގެ އާބާދީގެ ތެރެއިން 40 ޕަސެންޓު މީހުންނަކީ ބިދޭސީން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަ ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅެނީ 198،295 ޒުވާނުންނެވެ. ޒުވާނުން ކަމަށް ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.

ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އުޅޭ ޒުވާނުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 117،076 އެވެ. ޒުވާނުންގެ ތެރެއިން ބިދޭސީންގެ އަދަދަކީ 81،219 އެވެ. އެހެންކަމުން، ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ ތެރެއިން 40.9 ޕަސެންޓު މީހުންނަކީ ބިދޭސީންނެވެ.

ދިވެހި ޒުވާނުންގެ ތެރެއިން ބޮޑީ ފިރިހެނުންގެ އާބާދީ އެވެ. ޒުވާނުންގެ ތެރެއިން 60،025 މީހުންނަކީ ފިރިހެނުންނެވެ. ޒުވާނުންގެ ތެރެއިން އަންހެނުންގެ އާބާދީއަކީ 57،051 އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހި ޒުވާނުންގެ ތެރެއިން 46 ޕަސެންޓު މީހުން ދިރިއުޅެނީ ވެރި ރަށް މާލޭގަ އެވެ. އެއީ 54،141 މީހުންނެވެ. މާލެ ފިޔަވައި ދެން އެންމެ ގިނައިން ދިވެހި ޒުވާނުން ދިރިއުޅެނީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 8679 ޒުވާނުން އުޅެ އެވެ.

ދެ ވަނައަށް އެންމެ ގިނައިން ޒުވާނުން ދިރިއުޅެނީ ރ. އަތޮޅުގަ އެވެ. އެއީ 5206 މީހުންނެވެ. އައްޑޫ އަތޮޅުގައި 5007 ޒުވާނުން ދިރިއުޅޭއިރު، ހދ. އަތޮޅުގައި ދިރިއުޅެނީ 5180 ޒުވާނުންނެވެ. އެންމެ މަދު ޒުވާނުން ދިރިއުޅެނީ ވ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ދިރިއުޅެނީ އެންމެ 421 ޒުވާނުންނެވެ.

ހިސާބުތަކަށް ބަލާއިރު، ދިވެހި ޒުވާނުންގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ ވަޒީފާއެއް އަދާ ކުރާ މީހުންނެވެ. ޒުވާނުންގެ ތެރެއިން 70 ޕަސެންޓު މީހުން އުޅެނީ ވަޒީފާއެއްގަ އެވެ. ވަޒީފާއެއްގައި ނުއުޅެނީ އެންމެ ފަސް ޕަސެންޓު ޒުވާނުންނެވެ. އަދި ބާކީ 25 ޕަސެންޓު ޒުވާނުންނަކީ ލޭބާ ފޯހުން ބޭރުގައި، މަތީ ތައުލީމު ހާސިލު ކުރާ ނުވަތަ އެ ނޫން ވެސް ކަމެއް ކުރާ މީހުންނެވެ.

ޒުވާނުން ވަޒީފާ އަދާ ކުރާ ދާއިރާތަކަށް ބަލާއިރު، އެންމެ ގިނަ ޒުވާނުން އުޅެނީ އެކޮމޮޑޭޝަން އަދި ފުޑް ސާވިސް ދާއިރާގަ އެވެ. އެ ދާއިރާގައި 19 ޕަސެންޓު ޒުވާނުން މަސައްކަތް ކުރާއިރު، 16 ޕަސެންޓު ޒުވާނުން ޕަބްލިކް އެންޑިމިނިސްޓްރޭޝަން އަދި ޑިފެންސްގެ ދާއިރާގައި މަސައްކަތް ކުރެ އެވެ. ޒުވާނުން އެންމެ މަދުން އުޅެނީ ހިއުމަން ހެލްތު އެންޑް ސޯޝަލް ވޯކުގެ ދާއިރާގަ އެވެ. އެ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ ހަތް ޕަސެންޓު ޒުވާނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox