ކުނި މެނޭޖުކުރުމުގެ ބަދަލެއްގެ ގޮތުން ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވެމްކޯއަށް ބިން ހޯދަނީ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު  މުޖުތަބާ ޖަލީލް: ކުނި މެނޭޖުކުރުމުގެ ބަދަލުގެ ގޮތުގައި ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވެމްކޯއަށް ބިން ދޭން ދަނީ މަޝްވަރާކުރަމުން --- ފޮޓޯ: ވެމްކޯ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް: ކުނި މެނޭޖުކުރުމުގެ ބަދަލުގެ ގޮތުގައި ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވެމްކޯއަށް ބިން ދޭން ދަނީ މަޝްވަރާކުރަމުން --- ފޮޓޯ: ވެމްކޯ

ރަށުގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލެއްގެ ގޮތުން އެ ރަށްރަށުގައި ގެސްޓްހައުސް ހިންގަން ބިން ދިނުމާމެދު ކައުންސިލްތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.

މި ނޫހަށް ކަށަވަރު ވެފައިވާ ގޮތުގައި ވެމްކޯއިން ދަނީ މި ހުށަހެޅުން ހިމަނައިގެން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ކައުންސިލްތަކަށް އެގްރީމެންޓު ފޮނުވަމުންނެވެ. ސަރުކާރު ކުންފުންޏެއް ކަމުން ބިންތައް ހިލޭ ދިނުމަށް އެދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ގެސްޓްހައުސް އެޅުމަށް ބިން ހޯދުމުގެ މަޝްވަރާތައް ކުރަމުންދާ އެއް ރަށަކީ މާލެ ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރީގައި މަޝްހޫރު ތުލުސްދޫ އެވެ. އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާކަން އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވަނީ އަދަދު ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

އޭނާ ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ކުރަނީ ކުނި މެނޭޖުކުރުމަކީ ހަރަދު ހިނގާ ކަމަކަށް ވެފައި ދެމެހެއްޓެނިވި ގޮތެެއްގައި އެކަން ކުރަން، މަސައްކަތް ކުރާ ބަޔަކަށް އާމްދަނީ ބޭނުންވާނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް، އެގޮތަށް ހުށަހެޅީ ވެމްކޯއިން ކަމަށް ބުނުމަށް އޭނާ އިންކާރުކޮށް އެކަން ދޮގުކުރި އެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި އެކަންތައް [ކުނި މެނޭޖުކުރުމުގެ މަސައްކަތް] ކުރިއަށް ގެންދިއުމަކީ ހަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީވެ އެކަން ކުރެވޭނެ ގޮތަކާމެދު މަޝްވަރާކުރަމުން ދަނީ،" އަސްލަމް ވިދާޅުވި އެވެ.

މިކަން ކުރުމަށް ހަރަދުތަކެއް ދާނެ ކަން ފާހަގަކޮށް އޭނާ ވަނީ ގޭގެއިން ކުނި ނެގުމާއި ރަށުން ކުނި ބޭރުކުރުމަށް މުވައްޒަފުން ނަގައިގެން ވެމްކޯއަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ހުރިހާ ކަމެއް ކުރާއިރު އެބޭފުޅުންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތަކަށް ކޮންމެ ވެސް ދިމާލަކުން ކޮންމެ ވެސް ކަމެއް ކުރުމާމެދު މަޝްވަރާ ކުރެވެނީ. އަދި ބިމެއް ދޭކަށް އެއްބަހެއް ނުވަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވެމްކޯއިން ކުނި މެނޭޖުކުރާ ރަށްރަށުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ އާމްދަނީ ހޯދުމަށް ކޮންމެ ގޭބިސީއަކުން އަދި ހިދުމަތް ހޯދާ ވިޔަފާރިތަކުން ކުލި ނަގަ އެވެ. ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް ވަދެ އިތުރު އާމްދަނީ ހޯދަން ޖެހޭ ސަބަބު ސާފުކުރުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ތުލުސްދޫގެ އިތުރުން ވެސް މި ޝަރުތާއެކު އެކި ރަށްރަށް ވެމްކޯއިން އެއްބަސްވުން ފޮނުވާ، މަޝްވަރާތައް ކުރަމުންދާ ކަމުގެ މައުލޫމާތު މި ނޫހަށް ލިބިފައިވެ އެވެ. މިފަދަ އެއްބަސްވުމަކަށް އެއްވެސް ރަށަކުން ދިޔަކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ތުލުސްދޫގެ ކުނި މެނޭޖުކުރުމަށް ވެމްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. އެކި ރަށްރަށަށް މުއިއްޒު ވަޑައިގަތުމާ ގުޅުވާ ސަރުކާރުން ދަނީ ސަރުކާރުގެ ކުންފުނިތަކާއެކު އެކި އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ.

ވެމްކޯ އަކީ މި ފަހުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަން ނިންމި ސަރުކާރުގެ ދެވަނަ ކުންފުންޏެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން ނިންމާ އެ ރަށުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެކަމާ ގުޅިގެން އާންމުންނާއި އިދިކޮޅު ސިޔާސީންގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުން އަދި ފިނޭންސް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މިނިސްޓަރުންގެ ނުރުހުނަސް، އެ މަޝްރޫއު އިއުލާނުކޮށް ކުރިއަށް ގެންދަނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox