ޗެމްޕިއަން ލިވަޕޫލަށް ބޯންމައުތު އަތުން ފަހު ވަގުތު މޮޅެއް

Aug 15, 2025, 9:25 PM
ޗެމްޕިއަން ލިވަޕޫލަށް ބޯންމައުތު އަތުން ފަހު ވަގުތު މޮޅެއް

ލިވަޕޫލް (އޮގަސްޓް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުން މި ފަހަރުގެ ލީގު ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ފަހު ވަގުތު ބޯންމައުތު އަތުން 4-2 އިން މޮޅުވެއްޖެ އެވެ.

މިއީ ޕްރިމިއާ ލީގުގެ އާ ސީޒަނެއް ފަށަން ފާއިތުވި ހަތަރު އަހަރު ތެރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިިދިނީ، 37 ވަނަ މިނިޓްގައި ހޫގޯ އެކިޓީކޭ އެވެ. ލިވަޕޫލަށް މިދިޔަ ހަފްތާގައި ކޮމިއުނިޓީ ޝީލްޑް މެޗުގައި ވެސް ލީޑުނަގައިދިން އެކިޓީކޭ މި ލަނޑު ޖެހީ އަލެކްސިސް މެކް އަލިސްޓާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ އެކިޓީކޭ ދިން ބޯޅައަކުން، ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައިދީ، ލީޑުފުޅާކޮށްދީފަ އެވެ.

އެކަމަކު، އޭގެ ފަހުން، ބޯންމައުތުން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، ދެ ގޯލު ޖަހައި އެއްވަރުކުރި އެވެ.

ލިވަޕޫލްގެ ފްރާންސް ފޯވާޑް، އެކިޓީކޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ ދާދި ފަހުން މަރުވި ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޖޮޓާގެ ހަނދާން އާ ކޮށްފައި.--- ފޮޓޯ: ގެޓީއިމޭޖަސް

ބޯންމައުތުގެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ، ދާދި ފަހުން، އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރި އަންޓުއާން ސެމޭންޔޯ އެވެ. މެޗުގެ ފުރަތަމަ ހާފުގައި، ސެމެންޔޯއާ ނަސްލީ ގޮތުން ދިމާކޮށްގެން، މެޗު ވަގުތު ކޮޅަކަށް މެދުކަނޑާލި އެވެ.

ބޯންމައުުތުން ލިވަޕޫލާ އެއްވަރުކޮށްގެން މެޗު ނިމެން ދަނިކޮށް، ހުރިހާ ކަމެއް ބަދަލުކޮށްލީ 88 ވަނަ މިނިޓްގައި ފެޑެރީކޯ ކިއޭސާ ޖެހި ގޯލުން ލިވަޕޫލަށް އަނެއްކާ ލީޑުނެގުމުންނެވެ. ބަދަލަކަށް ކުޅެން އެރި ކިއޭސާ މި ޖެހި ގޯލަކީ، ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅުނު ކިއޭސާ އަށް އަނިޔާގެ ސަބަބުން އެންމެ ރަނގަޅު ފޯމުގައި ގިނަ މެޗުތަކެއް ލިވަޕޫލްގައި ނުކުޅެވެ އެވެ.

އިތުރު ވަގުުތުގެ ހަ މިނިޓް ތެރޭ ލިވަޕޫލަށް ހަތަރު ވަނަ ލަނޑު ޖަހައިިދިނީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ސަލާހު އެވެ. މިއީ، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ސަލާހު ޖެހި 10 ވަަނަ ގޯލެވެ. އާ ސީޒަނުގެ ފުރަތަމަ މެޗުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ސަލާހު އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox