ވެރިކަމުގައި މުއައްސަސާތައް ހިނގާ ނުހިނގާ ގޮތް ނުބެލި އޮތުމަކީ ހެދުނު ގޯހެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވެރިކަމުގައި މުއައްސަސާތައް މިނިވަންކަމާއެކީ ހިންގަން ދޫކޮށްލި ކަމަށް ވިދާޅުވި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވެރިކަމުގައި މުއައްސަސާތައް މިނިވަންކަމާއެކީ ހިންގަން ދޫކޮށްލި ކަމަށް ވިދާޅުވި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ވެރިކަމުގެ ފަސް އަހަރު ތެރޭގައި މުއައްސަސާތައް ހިނގާ ނުހިނގާ ގޮތް ނުބެލި އޮތުމަކީ ހެދުނު ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއުތިރާފު ވެވަޑައިގެންފި އެވެ.

ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދުވަހު ހިންގި ގޮތުން ވައްކަމާއި ހިޔާނާތުގެ ތުހުމަތު އިންތިހާ އަށް އޮތެވެ. ފުލުހުންގެ އަނިޔާ ބޮޑުވެ، ހުރިހާ ސިޔާސީ ލީޑަރުންނާއި އިދިކޮޅު އެކްޓިވިސްޓުން ހައްޔަރުކުރި އެވެ. ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އަސާސީ ހައްގުތައް ހަނިކުރި އެވެ.

މިފަދަ ތުހުމަތު އޮތްއިރު، އަދަދު ނޫހުން މިރޭ ގެނެސްދިން އެތެރެފުށް ޕްރޮގްރާމުގައި ވެރިކަމުގެ ޒައާމަތުގައި ރިގްރެޓްވާ އެއްވެސް ކަމެއް ކުރެވުނުތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ދެރަވަނީ އެ އެމަނިކުފާނުގެ ވެރިކަމުގައި މުއައްސަސާތައް މިނިވަންކަމާ އެކީ ދޫކޮށްލުމުން އޭގެ ނާޖާއިޒު ފައިދާ ނެގުން ކަމަށެވެ.

"ދެން ހަގީގަތުގައި ރިގްރެޓްވުމެއް ނޫން. އެކަމަކު އަޅުގަނޑަށް ދެން އަޅުގަނޑުގެ ވެރިކަމުގެ ކުރިން މިސާލަކަށް ރައީސް ނަޝީދު ހުންނެވިއިރުގައި ދެން އޭގެ ފަހުން އިބްރާހިމް މުހައްމަދު ސޯލިހު، މި ސަރުކާރު މިހިނގާ ގޮތަށް ބަލާއިރު އަޅުގަނޑަށް ދޫކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި ނާޖާއިޒް ފައިދާ ނެގި ފަރާތްތައް އުޅޭ. އޭގެ ތެރޭގައި ސުޕްރީމް ކޯޓު ފަނޑިޔާރުން، އޭގެ ތެރޭގައި އިދިކޮޅު ލީޑަރުން، މިކަހަލަ ވަރަށް ގިނަ ބޭފުޅުންނެއް އުޅުއްވާ،" ޔާމީން ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު ބެލީ އަޅުގަނޑު ވެރިކަމުގައި ހުރެގެން ގާނޫނު އަސާސީގައި އެ ބުނާ މުއައްސަސާތަކަށް ގާނޫނު އަސާސީން މަތިކޮށްފައި ހުރި ހުރިހާ ޒިންމާތަކެއް ރައީސުލްޖުމްހޫރިއްޔާ ނޫނީ ސަރުކާރުގެ ފަރާތުން ނުބެހި، ބޭނުން ގޮތަކަށް އެމީހުން އެކަން ގެންދަން ދޫކޮށްލުން. މިއީ ކަންނޭގޭ އަޅުގަނޑަށް ހެދުނު މިސްޓޭކަކީ. ތަންކޮޅެއް ބޮޑަށް އެތަންތަނުގައި ހިނގާ ކަންތައްތައް ބެލުނުނަމަ މިހާ ގޯހެއް ނުވީސް ކަންނޭނގޭ."

ޔާމީން ވިދާޅުވީ ވެރިކަމުގައި ކޮންމެ ކަމެއް ރައީސް އޮފީހުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ގޮތަށް އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވާނެ ކަމަށާއި އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށެވެ.

"މުއައްސަސާތަކުން ކުރަންވާ ކަންތައްތައް މުއައްސަސާތަކަށް ތަންކޮޅެއް މިނިވަންކަމާއެކީ ދޫކޮށްލެވުނީ. ކޮންމެ ކަމެއް ރައީސް އޮފީހުން އިސްވެ ނުބަލައި ކޮންމެ ކަމެއް ރައީސް އޮފީހުން ހުއްދަ ނަގައިގެން ނޫނީ ނުކުރެވޭ ގޮތަށް އެ އިންތިޒާމެއް ހަމައެއް ނުޖައްސަން. ދޫކޮށްލެވުނީމަ މީގަ ވަރަށް ބޮޑެތި ނާޖާއިޒު ފައިދާ ނަގާފައި މިހުރީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް އެ ވެރިކަމުގައި ހިންގި ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ފައިސާ ނުވަދެ ގިނަ ރަށްތަކެއް ދޫކޮށްލިއިރު، އަދި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވިއިރު، އެކަންކަން ވަގުތަށް ބަލާފައެއް ނުވެ އެވެ.

ނަމަވެސް އެ މަނިކުފާނަށް ފާޑުވިދާޅުވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި، ހުދުމުހުތާރު ވެރިކަމަކީ ޔާމީންގެ ވެރިކަމެވެ.

އެ މަނިކުފާނުގެ ވެރިކަމުގައި މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަށް ދޫކޮށްލި ކަމަށް ވިދާޅުވި ނަމަވެސް، އެ މަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުން 2 ފަނޑިޔާރުން ވަކިކޮށް، ބެންޗު ކުޑަކުރި އެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލަން ފެބްރުއަރީ 1، 2018 ގައި ކުރި ހުކުމަށް ބޯނުލަނބައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ހުކުމްކުރި އެވެ. އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް މަގާމުން ވަކިކުރީ ނެރުނު އޮޑިޓު ރިޕޯޓަކާ ގުޅިގެންނެެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުވައިލި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ގޯހުން ކަންކަން ހިނގާއިރުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އިންލެންޑް ރެވެނިއު އޮތޯރިޓީ ފަދަ ތަންތަނުން އެމަނިކުފާނާ ހިސާބަށް އެކަންކަން ނުގެންނަ ކަމަށާއި ވަގުތު އޮއްވައި ގޯހުން ހިނގާ ކަންކަން އެނގުނުނަމަ ހުއްޓުވީސް ކަމަށް ވެސް ވިދާޅުވި އެވެ.

މުއައްސަސާތައް މިނިވަންކަމާއެކީ ދޫކޮށްލާފައި އޮތުމުގެ ނާޖާއިޒް ފައިދާ އިދިކޮޅު ލީޑަރުން ނެންގެވިކަން ތަކުރާރު ކުރައްވައި ޔާމީން ވިދާޅުވީ މުއައްސަސާތަކުގައި އިސްކޮށް ތިބި ފަރާތްތަކާ އެކީ ވަރަށް ވަރުގަދަ ނެޓްވޯކެއް ރަށްތައް ދޫކުރުމުގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބް ހެއްދެވި ކަމަށެވެ.

"އެހެންވީމަ ގަބޫލުކުރެވުނީ މީގަ ނާޖާއިޒް ފައިދާ މި ނެގުނީ ހަމަ އިދިކޮޅު ސިޔާސީ ލީޑަރުންނާއި އަދިވެސް ނުފޫޒުގަދަ ފަރާތްތަކާއި މުއައްސަސާތަކުގައި އިސްކޮށް ތިބި ފަރާތްތަކާއި މި ފަރާތްތަކާއެކީ ހަމަ ވަރަށް ވަރުގަދަ ނެޓްވޯކެއް އޭރު އޮތީ އެމްއެމްޕީއާރްސީގެ ކަންކަމުގައި ނުވަތަ ރަށްތައް ދޫކުރުމުގައި އަދީބުގެ ވަރަށް ބޮޑު ނެޓްވޯކެއް ހެއްދެވިފައި އޮތް ކަމަށް ގަބޫލުކުރެވެނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި މުއައްސަސާތައް މިނިވަންކަމާއެކީ ހިނގަން ދޫކޮށްލެވި ކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ދުރުކޮށް ބައެއް ވެރިން ހައްޔަރުކޮށްފަ އެވެ. .

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox