އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމަށް ބުނެ ބައެއް މެންބަރުންގެ ޝަކުވާ

Aug 11, 2025, 8:20 AM
އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. މުސާރައިން ދެކޮޅު ނުޖެހޭ ފަދަ މޭރުމަކުން މެންބަރުން ވާހަކަ ދެއްކެވި --- ފޮޓޯ: މަޖިލިސް އިދާރާ

އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. މުސާރައިން ދެކޮޅު ނުޖެހޭ ފަދަ މޭރުމަކުން މެންބަރުން ވާހަކަ ދެއްކެވި --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިވަގުތު ލިބެމުންދަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެން ނުވާ މުސާރައެއްގެ ގޮތުގައި މިއަދު ބޭއްވި އެ މަޖިލީހުގެ އާންމު ކޮމިޓީގައި ބައްދަލުވުމުގައި ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.

އެ ކޮމިޓީ ބައްދަލުވުން ފަށަމުން މުގައްރިރުކަން ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މެންބަރުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން އެ ކަންކަމާ މެދު މަޝްވަރާ ކުރަން ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއް ކޮމިޓީއާ ހިއްސާ ކުރައްވާފަ އެވެ.

"އާންމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ. ހަގީގަތަކީ އަޅުގަނޑުމެންގެ މުސާރައަކީ 42،500 ރުފިޔާ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ. އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެކަން ފާހަގަކޮށްލަން،" އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ކޮމިޓީގައި ވިދާޅުވި އެވެ.

އާންމުންނަށް އެނގިފައި އޮންނަނީ މަޖިލީހުގެ މެންބަރުންނަށް ލިބެނީ ވަރަށް ބޮޑު މުސާރައެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ވެސް ވިދާޅުވި އެވެ. ނަމަވެސް، މަސް ނިމޭއިރު ކޮންމެ މެންބަރަކު ވެސް ތިބެނީ "ނުތަނަވަސް" ހިސާބެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އެރީއާގައި ދިރިއުޅެން މި ޖެހެނީ. ލިބޭ އެލަވަންސަކަށް މި ލިބެނީ 20،000 ރުފިޔާ. އަޅުގަނޑުމެން މަޖިލިސް މެންބަރަކަށް ވީމައި އަދި އޭގެ ކުރިން ވެސް އުޅެން މި ޖެހެނީ އެންމެ ކުޑަމިނުން ތިން ރޫމް އެޕާޓްމަންޓެއްގައި. އެއި މިހާރު 24،000 ރުފިޔާ. މާނައަކީ 20،000 ރުފިޔާގެ އިތުރުން، އަތުން މިލަނީ 4،000 ރުފިޔާ،" ރިޔާޒް ވިދާޅުވި އެވެ.

އާންމު ރައްޔިތުން ގަބޫލުކުރަނީ މެންބަރުން މަޖިލީހަށް ހާޒިރު ނުވި ނަމަވެސް ބަރާބަރަށް މުސާރަ ލިބޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ރިޔާޒް ވެސް ވިދާޅުވި އެވެ.

އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައިގެން ހޮވިފައި ތިބީ "ކަނޑަށް ނުކުތުމުން ރާޅު ޖަހާނެ" ކަން ގަބޫލުކޮށްގެން ކަމަށާއި ނަމަވެސް ނިންމާ ކަންކަމުގެ ހަގީގަތް މީޑިއާތަކުން އޮޅުވާލާ ކަމަށެވެ.

"މިފަދަ ކަންކަމަކީ ޕަބްލިކްގެ ޕްރެޝަރު ވަރަށް ބޮޑަށް އައިސްދާނެ ކަންކަމަށްވާތީ މަޖިލީހުން ވެސް އެބަޖެހޭ އަޅުގަނޑުމެން ދައްކާ ވާހަކަ ޒިންމާދާރު ގޮތެއްގައި އަންގަދޭން ނުވަތަ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތަފްސީލީ ގޮތަކަށް ހާމަވެގެންދާނެ ގޮތަކަށް އަމަލުކުރަން، ޝަފީއު ވިދާޅުވި އެވެ.

ގަވާއިދަށް ބަދަލުތައް ގެންނައިރު މަޖިލީހުގައި ކުރާ މަސައްކަތްތަކާއި ދައްކާ ވާހަކަތައް ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ޝަފީއު އެދިވަޑައިގަތެވެ.

"މަޖިލިސް މެންބަރުންގެ މުސާރަ އާންމު ރައްޔިތުންނަށް މީގެ ކުރީގައި ވެސް އަދި މިއަދު ވެސް ގަބޫލު ކުރެވެނީ އެއީ ވަރަށް ބޮޑު މުސާރައެއްގެ ގޮތުގައި، 80،000 ނުވަތަ 90،000 ރުފިޔާ ކަމަށް. ހަގީގަތުގައި މުސާރައަކީ 42،500 ރުފިޔާ. އޭގެ ޒާތުގައި ވަޒީރަކަށް ވުރެ ވެސް ބޭސިކް ސެލަރީ ކުޑައޭ،" ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެކަމުގައި ކުރިއަށްދާނެ ގޮތެއް ކޮމިޓީން ނިންމުމަށެވެ. އެ ހުށަހެޅުމަށް އެހެން މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލީ ދެން އަންނަ ކޮމިޓީއެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox