ދެ ފައިނަލެއްގައި ކުޑަ އައްޔަ ބަލިކުރުން އާމިން އަށް ހާއްސަ

ލަބެރާގެ ފައިނަލް ހީޓަށްފަހު އާމިން އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ލަބެރާގެ ފައިނަލް ހީޓަށްފަހު އާމިން އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ މުބާރާތް ވެސް ދިޔައީ ބޭނުންވި ގޮތައް ކަމަށާއި، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށް ދެ ފައިނަލް ކާމިޔާބުކުރެވުމުން ހިތްހަމަ ޖެހޭ ކަމަށް ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ބުނެފި އެވެ.

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ ފައިނަލުގައި ވެސް ވާދަކުރީ ކުޑަ އައްޔަ އާއި އާމިން އެވެ. އެ ފައިނަލް އާމިން ކާމިޔާބުކުރިިއިރު، އިއްޔެ ނިމުނު ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ފައިނަލުގައި ވެސް އާމިން ކުރިހޯދީ ކުޑަ އައްޔަގެ މައްޗަށެވެ. މިއީ، ފައިނަލެއްގައި ވިދިވިދިގެން ކުޑަ އައްޔަ ބަލިވި ފުރަތަމަ ފަހަރެވެ.

ފައިނަލަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އާމިން ބުނީ ދެ މުބާރާތްވެސް ދިޔައީ އެންމެ ބޭނުންވި ގޮތައް ކަމަށެވެ. އަދި ދެ މުބާރާތުގެ ފައިނަލުގައި ވެސް ކުޑަ އައްޔައާ ދެކޮޅަށް ނުކުންނަން ލިބުން އެއީ ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ދެ ފައިނަލުގެ ހީޓުތައް ވެސް ދިޔައީ ރަނގަޅަށް ކަމަށް އާމިން ބުންޏެވެ.

Advertisement

"ހަމަ ދެ ފައިނަލް ވެސް ދިޔައީ އާމިން އެންމެ ބޭނުންވި ގޮތައް. އާމިން އަބަދުވެސް ބުނާ ވާހަކަ އެއް އެއީ ފައިނަލުން ނުކުންނަން ބޭނުންވަނީ އައްޔައާ. ވަރަށް ރަނގަޅު ދެ ހީޓު ދެ ފައިނަލް ވެސް. އާމިން އުންމީދުކުރަނީ ދެން އަންނަ މުބާރާތުގައި ވެސް ހަމަ އައްޔައާ ޖެހި ރަނގަޅު ފައިނަލެއް ހަމަ ދާނެ ކަމަށް" އާމިން ބުންޏެވެ.

އާމިން ބުނީ ލީގުގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކުރެވުމުން މިހާރު ވިސްނުން ހުރީ ގައުމީ މުބާރާތަށް ކަމަށެވެ. އަދި ގައުމީ މުބާރާތަކީ ލީގުގައި އެންމެ ގިނަ ޕޮއިންޓް ލިބޭ މުބާރާތަށް ވުމާއެކު އެ މުބާރާތައް މިހާރަށްވުރެ ބޮޑަށް ތައްޔާރުވާނެ ކަން އާމިން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox