ހުލާސާކޮށް އިއްޔެ: އިގުތިސާދީ، މާލީ ބަހުސްގެ ދައުވަތު ޒަމީރު އާއި ސައީދުއަށް

Aug 8, 2025, 1:49 AM
ހުލާސާކޮށް އިއްޔެ: އިގުތިސާދީ، މާލީ ބަހުސްގެ ދައުވަތު ޒަމީރު އާއި ސައީދުއަށް

ދައުލަތުގެ ދަރަނީގެ ބަހުސްކުރަން އިކޮނޮމިކް މިނިސްޓަރު މުހަައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް ދެއްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި ފައްޔާޒު ވިދާޅުވީ އޭނާ އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ އެކު ދަރަނީގެ ވާހަކައަށް ބަހުސްކުރަން ކެރިވަޑައިގަންނަވާނަމައެ ބަހުސަށް ރައްޔިތުންގެ ކުރިމައްޗަށް އައުމަށް ދައުވަތު ދޭ ކަމަށެވެ.

"އަޅުގަނޑު މި ގަސްތުކުރީ އަޅުގަނޑު މިއަދުގެ އިކޮނޮމިކް މިނިސްޓަރަށް މި ގޮވާލަނީ އަދި މިއަދުގެ މާލީ ވަޒީރަށް މި ގޮވާލަނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ކުރިމައްޗަށް ވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންގެ ކުރީގެ ފައިނޭންސް މިނިސްޓަރާއި އެއްކޮށް ދަރަނީގެ ވާހަކަ ރަނގަޅަށް ދައްކާލަން ވަޑައިގަންނަވާށޭ. ކެރިވަޑައިގަންނަވަންޏާ ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ސައީދާއި ޒަމީރު ބޭނުންވާ ދުވަހަކު، ބޭނުންވާ ގަޑިއަކު އަދި ބޭނުންވާ އެޑްވައިޒަރުންނަކާ އެކު ދަރަންޏާއި ކޮރަޕްޝަނާއި ބެހޭ ގޮތުން އެ ބަހުސް ބޭއްވުމުގެ އިންތިޒާމު އެމްޑީޕީން ހަމަޖައްސަން ކުރިއަށް އޮތް ދުވަސްތަކުގައި ދައުވަތު އަރުވާނެ ކަމަށެވެ.

މީގެއިތުރުން ކޮންމެ ފަހަރަކު މި ސަރުކާރުގެ ދަރަންޏާއި ކޮރަޕްޝަންގެ ވާހަކަތައް ފެންމަތިވެ ރައްޔިތުންގެ ފަރާތުން ޕްރެޝަރު އަންނަ ދަނޑިވަޅެއްގައި އޮޅުވާލުމުގެ ގޮތުން ކުރީ ސަރުކާރުގެ ބޮލަށް އެކަންކަން ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބޭފުޅުންނަށް ރައްޔިތުންގެ ޕްރެޝާ އަންނަ ކޮންމެ ފަހަރަކު ކުރީ ސަރުކާރުގެ ބޮލަށް ޖެހުމުގެ ގޮތުން މި ވާހަކަތައް ދައްކަމުން އެދަނީ. ކޮރަޕްޝަންގެ ވާހަކަ ވެސް ހަމަ އެހެން. އަޅުގަނޑުމެން އެތައް ފަހަރަކު މި ވާހަކަތައް އެބަ ސާފުކޮށްދެން،" ފައްޔާޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް ދެ މަހެއްވަރު ފަހުން އަނެއްކާ ވެސް މި ބޭފުޅުން އަރާ މި ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް އެބަ ކުރޭ."

ދަރަނިތައް ދެއްކުމުގައި ދަތިނުވާ ގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރުއެއްގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

---

އަޕްޑޭޓުތަކާއި ބްރޭކިން ނިއުސްތަކަށް އަދަދު ނޫހުގެ ޓެލެގްރާމް އެކައުންޓު ފޮލޯކުރާށެވެ.

---

މިއަދުގެ މޫސުން

  • ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރި ނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ.
  • ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް.
  • އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ
  • ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 5 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:47
  • އިރުއަރާ 06:02
  • މެންދުރު 12:16
  • އަޞްރު 15:32
  • މަޣްރިބް 18:22
  • ޢިޝާ 19:36

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox