ރައީސުލްޖުމްހޫރިއްޔާގެ ސިއްހީ ހާލަތު ހާމަކުރަންޖެހެނީ ކީއްވެ؟

މިއީ އޭއައި އިން އުފައްދާފައިވާ ފޮޓޯއެއް.

މިއީ އޭއައި އިން އުފައްދާފައިވާ ފޮޓޯއެއް.

އެމެރިކާގެ 22 ވަނަ ރައީސް، ގްރޯވަރ ކްލީވްލޭންޑް 1893 ވަނަ އަހަރު އަނގައިގެ އެޕިތިލިއޯމާގެ ބައްޔަކަށް ފަރުވާ ހޯދީ ސިއްރިއްޔާތުގަ އެވެ. --- އަޅުގަނޑު ސުވާލުކުރި ޑޮކްޓަރުން ކިޔައިދިން ގޮތުގައި، އެޕިތިލިއޯމާއަކީ ހަށިގަނޑުގެ ހަމާއި، ގުނަވަންތަކުގެ ބޭރު ފަށަލައިގައި ހުންނަ ޓިޝޫ ފަށަލަ ދުޅަވުމުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. މިއީ އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ކެންސަރުގެ ބައްޔަށް ހުށަހެޅިގެންދާ ހާލަތެކެވެ. -- ދުވަސްވަރަކީ އެމެރިކާގެ އިގްތިސާދު އެންމެ އަޑިއަޅާލައި ދިޔަ، ގްރޭޓް ޑިޕްރެޝަންގެ ދުވަސްވަރެވެ. އެ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ހިންގުމަށް ހުންގާނުގައި ހުރީ ގްރޯވަރ އެވެ. އޭނާ ދުށީ އޭނާއަށް މި ކުރިމަތިވި ސިއްހީ ހާލަތުގެ ވާހަކަ ހާމަކުރުމަކީ ރައްޔިތުން އިތުރަށް މާޔޫސްވެދާނޭ ކަމެއް ކަމުގަ އެވެ.

މި ބަލީގެ ތަކުލީފާ ކުރިމަތިލާން ޖެހުނު އިރު، ކޮންގްރެސްގައި ތަގުރީރު ކުރަންޖެހޭ ދުވަސް ކައިރިވެއްޖެ އެވެ. އޭގެ ކުރިން ސަރޖަރީ ހަދައި ބަލި ފަސޭހަވާންޖެހެ އެވެ. ސަރޖަރީ ހަދަން ޖެހެނީ ސިއްރުންނެވެ. އެހެންވެ، ގްރޯވަރގެ ގާތް މީހެއްގެ ޔޮޓެއްގައި ޗުއްޓީ ހޭދަކުރަނީކަމަށް ދައްކައިގެން މި ސަރޖަރީ ހެދީ މި ޔޮޓުގަ އެވެ. އޮނެއިޑާ ނަމަކަށް ކިޔާ އެ ޔޮޓުގައި ގްރޯވަރގެ ސަރޖަރީ ހެދި ޑޮކްޓަރަކީ ޑރ.ޖޯސެފް ބްރަޔަޓް އެވެ. ސަރޖަރީ ހެދުމަށްޓަކައި ރައީސް ހޭނައްތަން ޖެހެ އެވެ. މިއީ ރައީސްކަމުގެ ޒިންމާ އަދާނުކުރެވޭނޭ ވަގުތީ ހާލަތަކަށް ދިއުމެވެ. އެ ސަރޖަރީ ކާމިޔާބުވެ ގްރޯވަރގެ ބަލި ފަސޭހަވި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޮތް ކޮންގްރެސްގައި ތަގުރީރު ވެސް ކުރި އެވެ. އެހެންނަމަވެސް ގްރޯވަރގެ ކުރިން ހުރި ހަކަތައެއް ނެތެވެ.

ސަރޖަރީއަށް ފަހު ގްރޯވަރގެ ހާލު ރަނގަޅުވިނަމަވެސް، ސަރޖަރީގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުގެ އަސަރު އޭނާގެ ދިރިއުޅުމަށް ކުރި އެވެ. މި ހުރިހައި މައުލޫމާތެއް އޮތީ ދައުލަތުގެ ބޮޑު ސިއްރެއްގެ ގޮތުގައި ސިއްރުކުރެވިފަ އެވެ. ގްރޯވަރއަށް ކުރިމަތިވި ހާލަތާއި، އޭނާގެ ސަރޖަރީ ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހާމަވީ އޭނާ މަރުވިތާ ނުވަ އަހަރު ފަހުން 1917 ވަނަ އަހަރު އެވެ.

އޭގެ ފަހުން، ރައީސް ކަމަށް ކުރިމަތިލާ މީހުންގެ ސިއްހީ ހާލަތު ރަނގަޅުތޯ ބެލުމަށް އާންމުންނާއި މީޑިއާތަކުން ހާއްސަ ސަމާލުކަމެއް ދޭން ފެށި އެވެ. އެންމެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބާ ހަމައަށް އައިއިރު ކެންޑިޑޭޓުންގެ ސިއްހީ ހާލަތަކީ އެ ކެމްޕޭނުގެ ބޮޑު ބަހުސަކަށްވި އެވެ. ރިޔާސީ ރޭހުގައި ވާދަކުރަން ފުރަތަމަ ނިންމެވި ނަމަވެސް ބައިޑަން އެ ރޭހުން ވަކިވާންޖެހުނީ އޭނާގެ ސިއްހީ ހާލަތާ ގުޅުވައި އުފެއްދި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ. ކަމަލާ ވަނީ އިންތިހާބުގައި ވާދަކުރުމުގެ ކުރިން އޭނާގެ މެޑިކަލް ރެކޯޑުތައް ހާމަކޮށް، ޖިސްމާނީ ގޮތުން ފިޓުކަން ސާބިތުކޮށްދީފަ އެވެ. ޓްރަމްޕްގެ ކެމްޕޭނު ތެރޭގައި އޭނާގެ ޑޮކްޓަރުން މެދުވެރިކޮށް އޭނާގެ ސިއްހީ ހާލަތު ހާމަކުރި އެވެ. އެހެންނަމަވެސް އެވާހަކަތަކާ ގުޅޭ ލިޔެކިޔުންތައް ހާމައެއް ނުކުރި އެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. އެއްވެސް މީހެއްގެ ސިއްހަތާ ގުޅުވައި ހަމަ ކޮންމެކޮންމެ މީހަކު ސުވާލުކުރުމާއި ސުވާލު އުފެއްދުމަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އެދޭނޭ ކަމެއް ނޫނެވެ. އަމުދުން މާކުރިން ދިމާވެފައި އޮތް ހާދިސާއަކާ ގުޅުވައިގެން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ސިއްހީ ފަރުވާއަކާ ގުޅިގެން ސުވާލުކުރީމާ މީހުންގެ ސިކުނޑިއަށް ވާނޭ އުނދަގުލާއި ޖަޒުބާތަށް ކުރާނޭ އަސަރު އަޅުގަނޑަށް ވަރަށް ރަނގަޅަށް އިހުސާސު ކުރެވެ އެވެ. އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ ސިއްހަތުގެ ވާހަކައަކީ ދޭދޭ މީހުންގެ ކޮފީ މޭޒުގެ ސައްލާއަށް ވުމަކަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކު ވެސް ނޭދޭނެ އެވެ. މީހުންގެ ސިއްހަތާ ގުޅުވައި ސުވާލު ކުރުމާއި، ސުވާލު އުފެއްދުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ނޫން ކަމަކަށް ވަނީ އަޅުގަނޑުމެން މި ހަމަ ގަބޫލުކުރާތީ އެވެ.

އެހެންނަމަވެސް، މިކަމުގައި ވެސް އިސްތިސްނާތަކެއް އެބަހުއްޓެވެ. މިސާލަކަށް މުވައްޒަފެއްގެ ގޮތުގައި މީހަކު އައްޔަނު ކުރާއިރު އޭނާގެ ޖިސްމާނީ ހާލަތާއި ނަފްސާނީ ހާލަތު ވަޒަންކޮށް އެކަމާމެދު ސުވާލުކުރުމުގެ އިހުތިޔާރު ވަޒީފާ ދޭ މީހާއަށް އޮންނަންވާނެ އެވެ. އެހެނީ އެ މުވައްޒަފަކު ހަވާލުވާން އެއުޅެނީ ވަޒީފާ ދޭ މީހާގެ މުޅި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވާ ކަމަކާ އެވެ. އޭނާ އަޅާ ކޮންމެ ކަތި ފިޔަވަޅެއްގެ އަސަރު ވަޒީފާ ދޭ މީހާއަށް ކުރާނެ އެވެ. އެހެންކަމުން އެ ވަޒީފާ އަދާކުރުމަށް ހަވާލުވާން ވާނީ ސިއްހީ ހާލަތު ފުރިހަމައަށް ހާމަކުރުމާއެކުގަ އެވެ. އެ މުވައްޒަފެއްގެ ސިއްހީ ހާލަތަށް ބަލައި ހާއްސަ އިންތިޒާމެއް ހަމަޖައްސަންޖެހޭނަމަ އެކަމެއް ވެސް ކުރެވޭނީ އެ މައުލޫމާތު ހާމަކޮށްގެންނެވެ.

ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސިއްހީ ހާލަތު ހާމަކުރުމުގެ މައްޗަށް ވެސް ހިނގާނީ މި ހަމަ އެވެ. އޭނާ ހަވާލުވެގެން އެ ހުރީ އަޅުގަނޑުމެން ހަވާލުކުރި މަސައްކަތަކާ އެވެ. އެ މަސައްކަތުގެ ޒިންމާ އަދާކުރުމުގެ ފުރިހަމަ ގާބިލުކަން ހުރިކަން 'އޭނާގެ ސާހިބުން ކަމުގައިވާ ރައްޔިތުންނަށް' ހާމަކޮށްދިނުމަކީ އޭނާގެ އަހުލާގީ ވާޖިބެކެވެ.

ޑިމޮކްރެސީއާއި، އެ ދާއިރާއިން ތަހުޒީބުގެ ހަމަތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީން މިސާލަކަށް ނަގަނީ އެމެރިކާ އެވެ. އެ ގައުމުގައިވެސް މިކަން އޮތީ މިހެނެވެ. އެމެރިކާގައި ރައީސްއަކަށް ހުންނަ މީހާގެ ސިއްހީ ހާލަތު ހާމަކޮށް، ސާބިތުކޮށްދިނުމަކީ އޭނާގެ މައްޗަށް އޮންނަ ގާނޫނީ ވާޖިބެއް ނޫނެވެ. އެކަން ލާޒިމުކުރާ ގާނޫނެއް ވެސް ނެތެވެ. އެހެންނަމަވެސް، އެއީ ކޮންމެ ވެރިއެއްގެ ވެސް އަހުލާގީ ވާޖިބެއްކަމަށް ދެކެވިގެން އެކަން އެގޮތަށް ކުރަމުން ގެންދާތާ ކިތަންމެ ޒަމާނެކެވެ. ކުރިމަތިވެފައިވާ ސިއްހީ ހާލަތެއްގެ ސަބަބުން މަގާމުގެ ޒިންމާ އަދާކުރުމަށް ދަތި އުނދަގުލެއް ނެތްކަން ސާބިތުކޮށްދިނުމަށް އެކަމަށް ބޭނުންވާ ހެކި ހުށަހަޅަމުން ގެންދިއުމަކީ އެމެރިކާއާއި، އެނޫނަސް ޑިމޮކްރެޓިކް ގައުމުތަކުގައި ޑިމޮކްރެޓިކް ވެރިން ގެންގުޅުއްވާ އުރުފެކެވެ.

ފެބުރުއަރީ 23، 2022 ގައި އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތައިރޮއިޑްގެ ބައްޔަށް ސިންގަޕޫރުން ފަރުވާ ހޯއްދެވި އެވެ. އެ ސަރޖަރީ ކުރުމަށް ހޭނައްތަން ޖެހޭތީ ވެރިކަމުގެ ޒިންމާތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލުކުރައްވާ ވާހަކަ އިއުލާނުކުރީ ރައީސްގެ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ. ސަރޖަރީގައި ހޭދަވި ތިންގަޑިއިރާއި ތިރީސް މިނެޓުގެ ވަގުތުކޮޅަށް ވެރިކަމުގެ ބާރުތަކާ ހަވާލުވީ އޭރުގެ ނާއިބު ރައީސެވެ. މިހުރިހައި މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށް، ކަމާގުޅޭ އިދާރާތަކަށް ލިޔެކިޔުން ބަދަލުކޮށް ގާނޫނީ އިޖުރާއަތު ފުރިހަމަކުރި އެވެ. އެކަމަކު މިއީ ސިއްރުން ކުރަން އުޅުނީމާ ސިއްރުވެސް ކުރެވޭނޭ ކަމެކެވެ.

ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސިއްހީ ހާލަތާ ގުޅުވައި ދެކެވޭ ވާހަކަތަކުގެ ތެދުގޮދު ބެލުމަށް ނޫސްވެރިން ސުވާލުކުރުމަކީ އެހެން ގައުމުތަކުގައި ނަމަ ވަރަށް އާދައިގެ ކަމެކެވެ. ޑިމޮކްރެސީއޭ ކިޔައިގެން ވެރިކަން ހިންގާ ގައުމުތަކުގައި އެއީ މައްސަލައެއް ކަމަކަށް ނުވެސް ދެކެ އެވެ. ރައީސްގެ ސިއްހީ ހާލަތާ ގުޅުވައި ސުވާލުކުރުމަކީ 'ނޫސްވެރިންގެ ޕްރޮފެޝަނަލް މިންގަނޑުން ބޭރުވުން' ކަމަކަށް ވެސް އެ ގައުމުތަކުގައި ނުދެކެ އެވެ. އެ ސުވާލުކުރީމާ އެކަމުގެ ހަގީގަތް އޮޅުން ފިލުވައިދޭނީ އެވެ. އެއީ ދޮގެއް ނަމަ އެކަން ދޮގުކުރާނީ އެވެ.

ރައްޔިތުންގެ ރައީސް ހުންނެވީ ދުޅަހެޔޮ ހާލުގައިކަން ކަށަވަރުވުމަކީ ރައްޔިތުންނަށް ލިބޭނޭ ހިތްހަމަޖެހުމެކެވެ. އެމީހުންގެ ދިރިއުޅުމަށް އަސަރުކުރާނޭ ނިންމުންތައް ނިންމާން ހުރި މީހާއަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލާއިރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވުމަކީ ހަމަ ހުރިހައި ރައްޔިތުން ވެސް އެދޭނޭ ގޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox