ސިރާޖު ދެއްކި ތަފާތާ އެކު އިންޑިއާ އިން ސީރީސް ނިންމާލީ މޮޅަކުން

Aug 5, 2025, 7:59 AM
ސިރާޖު ދެއްކި ތަފާތާ އެކު އިންޑިއާ އިން ސީރީސް ނިންމާލީ މޮޅަކުން

ލަންޑަން (އޮގަސްޓް 5) - އިންޑިއާ އާއި އިންގްލެންޑްގެ މެދުގައި ކުޅެވޭ ފަސް ޓެސްޓް މެޗުގެ ތެރެއިން ފަހު މެޗުގައި، ކުޅަދާނަ އުކުންތެރިޔާ، މުހައްމަދު ސިރާޖު ދެއްކި ތަފާތާ އެކު އިންޑިއާ އިން މޮޅުވެއްޖެ އެވެ.

އިންޑިއާ އާއި އިންގްލެންޑްގެ މެދުގައި ކުޅޭ ފަސް ޓެސްޓް މެޗުގެ ތެރެއިން އިންގްލެންޑުން ދެ މެޗުން މޮޅުވެފައިވާއިރު، އިންޑިއާ އިން އެއް މެޗު ކާމިޔާބުކުރި އެވެ. އަދި، އެންމެ ފަހުން، މެންޗެސްޓާގައި ކުޅުނު ހަތަރު ވަނަ ޓެސްޓް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހެޑިންގްލީގައި ކުޅުނު ފުރަތަމަ ޓެސްޓް މެޗުން، އިން އިންގްލެންޑް މޮޅުވީ ފަސް ވިކެޓުންނެވެ. ދެ ވަނަ ޓެސްޓް، އެޑްގްބަސްޓަންގައި ކުޅެގެން އިންޑިއާ ކުރިހޯދީ 336 ލަނޑުންނެވެ. ތިން ވަނަ މެޗު، ލޯޑްސްގައި ކުޅެގެން 22 ލަނޑުން އިންގްލެންޑް މޮޅުވިއިރު، އެމިރޭޓްސް އޯލްޑް ޓްރެފޯޑްގައި ކުޅުނު ހަތަރު ވަނަ މެޗު އެއްވަރުވީ އެވެ.

އޯވަލްގައި ކުޅުނު ފަހު ޓެސްޓްގައި، އެންމެ މުހިންމު ވަގުތުގައި އިންޑިއާގެ ތަފާތަކަށްވީ، ފަސް ވިކެޓް ނެގި ސިރާޖު އެވެ. އިންޑިއާ އިން ހަ ލަނޑުގެ ހަނި ފަރަގަކުން މި މެޗު މޮޅުވުމުގައި، ތަފާތު ދެއްކީ ސިރާޖުގެ ވިސްނުންތޫނު އުކުންތަކުންނެވެ. އިންގްލެންޑުން 85.1 އޯވަރަށް 367 ލަނޑު ހެދިއިރު ހުރިހާ ކުޅުންތެރިން ނުބައިވި އެވެ.

އިންޑިއާގެ ކެޕްޓަން ޝުބްމަން ގިލްގެ ލީޑަޝިޕުގައި ނިންމާލި ފުރަތަމަ ޓެސްޓް ސީރީސްގައި، އޭނާގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔަ އެވެ. މުޅި ސީރީސް އަށް ބަލާއިރު، އެންމެ ގިނަ ލަނޑު ހެދީ ގިލް އެވެ. އެއީ، 754 ލަނޑެވެ. އޭގެ ތެރޭގައި، ހަތަރު ސައްތަ ހިމެނެ އެވެ.

ގޯތަމް ގަމްބީރުގެ ކޯޗުކަމުގައި ކުޅުނު އިންޑިއާ އަށް މި ސީރީސްގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ރަނގަޅު ފޯމެއްގައި ހުރި ރިޝަބް ޕާންޓް އަށް އަނިޔާވުމާއި، ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާ އަށް ހުރިހާ ޓެސްޓް މެޗެއްގައި ނުކުޅެވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox