ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭން އައްބާސް ގޮވާލައިފި

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް. ކައުންސިލް އިންތިހާބުގައި ޕީއެންސީއާ ދެކޮޅަށް ކެމްޕޭން ކުރައްވާނެ ކަމަށް ވިދާޅުވި --

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް. ކައުންސިލް އިންތިހާބުގައި ޕީއެންސީއާ ދެކޮޅަށް ކެމްޕޭން ކުރައްވާނެ ކަމަށް ވިދާޅުވި --

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމުގެ ބޭނުމުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަނީ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތަށް ނެގުމަށް ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެ އިންތިހާބުގައި ވޯޓު ނުދިނުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެ ބިލްގައި ވަނީ ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވެ އެވެ.

އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވި ގޮތުގައި އެއީ ކައުންސިލްތަކުގެ ދައުރު ފުރިހަމަ ކުރަން ހުރަސް އެޅުމެވެ.

"މާލެއަށް ރައްޔިތުން ކުޑަ ސިޓީ ފޮނުވައިގެން މާލެ އެރޭ ގޮތް ހަދަން، މިއީ ވަރަށް ގޯސް ސިޔާސަތެއް. ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ކައުންސިލަރުން، ކައުންސިލްތައް އެއް އަހަރު ދުވަހަށް ޕެރަލައިޒްކޮށްފައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކުން މަހުރޫމް ކުރުމަކީ ރަނގަޅު ގޮތެއް ނޫން. އެއީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" އައްބާސް ވިދާޅުވި އެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް މިފަދަ ބިލެއް ފާސްކޮށްގެން ނުވާނެ ކަމަށާއި ފާސްކޮށްފިނަމަ އެއީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

"ގައުމުގެ ދުލުން އެ ބުނަނީ، ބުނާނީ ނޫނެކޭ އިއްޒަތްތެރި ރައީސް. މިހެން މިކަން ކުރައްވާ ކަމަށް ވާނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އަޅުގަނޑު ގޮވާލަން. ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިއްޔާ އެއީ ދިވެހި ރައްޔިތުން އެ މީހުންގެ އަމިއްލައަށް އެ މީހުންގެ ސަންދޯކު ހެދީ،" އައްބާސް ވިދާޅުވި އެވެ.

ކައުންސިލްތަކުން ދޭ ހިދުމަތްތައް ހުއްޓުމުން އެ ކައުންސިލްތަކުން ނުކުމެ ބަދުނާމު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައްބާސް ވިދާޅުވި އެވެ. ގާނޫނަށް މިފަދަ ބަދަލު ގެނައުމަށް ރައީސަށް ލަފާ އަރުވަނީ ރަށްރަށާއި ރައްޔިތުންގެ ހާލަތު ވަޒަން ކުރަން ނޭނގޭ ފިނި ކޮޓަރީގައި ތިބޭ ބައެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

"ތި ބޭފުޅުން ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މި ބިލަށް ވޯޓު ދެވިދާނެ. އެކަމު ދިވެހި ރައްޔިތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ޖަވާބު ދޭނެ. ޖަވާބު ދޭނެ. އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން ރާއްޖޭގެ ކޮންމެ ހިކިފަސްބިމެއްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނަ ނުދިނުމަށް. އެއީ ގައުމީ މަސައްކަތެއް،" އައްބާސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވާއިރު ކައުންސިލްތަކުގެ ގިނަ މަސައްކަތްތަކެއް ހުއްޓުވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމު ސުންނާފަތިކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox