އެމްއެޗްއޭ އިން މި އޮގަސްޓް މަހު އިންސްޓަންޓް ނޫޑުލްސް ގަންނަ މީހުންނަށް ތަފާތު އޮފާތަކެއް ތައާރަފްކޮށްފި އެވެ.
އޮގަސްޓް 1، އިން ފެށިގެން އޮގަސްޓް 31، ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ފަސޭހައިން ކާލެވޭ ތިން ވައްތަރެއްގެ ނޫޑުލްސްއަކުން ވަނީ އޮފާތަކެއް ތައާރަފްކޮށްފަ އެވެ.
ޕްރޮމޯޝަންތައް:
- މެގީ - ކަރީ ފްލޭވާގެ 79 ގްރާމްގެ އެކަތި ގަތުމުން، 77 ގްރާމްގެ ޗިކަން ފްލޭވާގެ އެކަތި ހިލޭ ލިބޭނެ ނުވަތަ ކަރީ ފްލޭވާ އަދި ޗިކަން ފްލޭވާ އެއްކޮށް ހެޔޮ އަގެއްގައި ލިބޭނެ.
- އޮޓޯގީ ރަމެން ސްޕައިސީ ބައުލް - 110 ގްރާމްގެ ދެ ބައުލް ގަތުމުން އެކަތި ހިލޭ ލިބޭނެ.
- އޮޓޯގީ ކިމްޗީ ރަމެން - 120 ގްރާމްގެ ދެ ބައުލް ގަތުމުން އެކަތި ހިލޭ ލިބޭނެ.
އެމްއެޗްއޭ އިން ބުނީ އެ އޮފާ އެ ކުންފުނީގެ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށްދާނެ ކަމަށާއި ސްޓޮކް ހުސްވަންދެން ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.
ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.
މިގޮތުން އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހުޅުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅު މަގުގަ އެވެ.
ވައިބާ ކޮމިއުނިޓީ: ލިންކް
ފިހާރަ ލޮކޭޝަންތައް: ލިންކް










