އުރީދޫ މޯލްޑިވްސްއަށް އިއްޔެ 20 އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް އަމާޒުކޮށް ހާއްސަ އޮފާތަކެއް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ 20 އަހަރު ފާހަގަކުރުމަށް އެ ކުންފުނިން ޖުމްލަ ހަތަރު އޮފާއެއް ވަނީ ފަށައިފަ އެވެ.
ލިވް އަންލިމިޓެޑް ކެމްޕެއިން
މިދިޔަ އެޕްރީލް މަހު ފެށި ލިވް އަންލިމިޓަޑް ކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250ރ. ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނަގާނެ އެވެ.
ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
20 ޕަސެންޓް ބޯނަސް ޑޭޓާ
އޮގަސްޓް 1، އިން ފެށިގެން އޮގަސްޓް 7، ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ އެވެ. އެ ބޯނަސް ޑޭޓާ ހަތަރު ހަފުތާއަށް ބޭނުންކުރެވޭނެ އެވެ.
ސްޕިން ދަ ވީލް އެންޑް ވިން
އޮގަސްޓް 3، ގައި ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ އެވެ.
އެމް-ފައިސާ އޮފާ
މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި އެމް-ފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.











