ހައިކޯޓަށް އައްޔަން ކުރަން ނިންމި ޝަހީދުއަކީ އަދިވެސް ޕީއެންސީގެ މެންބަރެއް، ޕާޓީގެ ދަފުތަރުގައި ނަން އެބަ އޮތް

ހައިކޯޓަށް އައްޔަން ކުރަން ނިންމި ޝަހީދުއަކީ އަދިވެސް ޕީއެންސީގެ މެންބަރެއް، ޕާޓީގެ ދަފުތަރުގައި ނަން އެބަ އޮތް

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެކްޓިވިސްޓު އަދި މިފަހާޖެހެންދެން ޑެޕިއުޓީ މިނިސްޓަރަކަށް ހުރި ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމިއިރު، އޭނާގެ ނަން އަދިވެސް ޕީއެންސީގެ ދަފުތަރުގައި އެބަ އޮތެވެ.

ޕީއެންސީގެ ވެބްސައިޓުން ޗެކްކުރާއިރު، ޝަހީދު އަކީ އެ ޕާޓީގެ މެންބަރެއް ކަމަށް ދައްކަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ ހުރުން ލާޒިމު ސިފަތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ކަމެއްގައި ހަރަކާތްތެރިވާ މީހަކުކަމުގައި ނުވުން ހިމެނެ އެވެ. އަދި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން ވެސް ލާޒިމު ކުރެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމާ ހަމައަށް އޭނާ އަކީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދިނީ ނިމިގެން ދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ފަސް އަހަރު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

ޝަހީދުއަކީ ފަނޑިޔާރު ކަމުގެ މަގާމަށް ޝަރުތު ފުރިހަމަ ނުވާ މީހެއްކަން ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ސިޔާސީ މަގާމެއްގައި ހުރެފައި، އިސްތިއުފާ ދިނުމަށް ފަހު މަގާމަށް ހުށަހަޅާފައިވާތީ އެވެ.

ޝަހީދުގެ މައްސަލަ ހުށަހެޅީ ހައި ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ސ. މީދޫ، ހުދުވިލާގޭ، އަހުމަދު ނައުޝާދެވެ.

"ހައި ކޯޓަށް އައްޔަންކުރުމަށް ނިންމެވި މުހައްމަދު ޝަހީދަކީ މިހާތަނަށް ސިޔާސީ މަގާމެއްގައި ހުރި މީހެއްކަން އެ ނިންމުމަށް ބެލުމުން އެނގޭ. އެހެންކަމުން، ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރަކީ މަގާމަށް އެކަށީގެންވާ ސުލޫކާއި އަހުލާގު ހުރި ފަރާތެއް ނޫންކަން، އޭނާ ޕަބްލިކް މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވޭ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ނައުޝާދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތުގެ މައްސަލަ ކޯޓަށް ހުށަހަޅަން އޭނާ ގަސްދު ކުރައްވާތީ، ވަގުތީ އަމުރު ނުނެރެދީފި ނަމަ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.

ޝަހީދަކީ މިހާރު އުވާލާފައިވާ ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާ މީހެކެވެ. އަދި ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އުޅުނެވެ. ރައީސް މުހައްމަދު މުއިއްޒާއެކު ވެސް އޭނާ ވަނީ ބައެއް ކެމްޕެއިން ހަރަކާތްތަކުގައި ކުރިން ބައިވެރިވެފަ އެވެ.

ފަނޑިޔާރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން ލާޒިމު ކުރަނީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ މަސައްކަތްކުރާ ބަޔަކަށް ފަނޑިޔާރުން ހެދުމުގެ ބޭނުމުގައި ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ މަގާމުތަކަށް އައްޔަން ކުރުމުންނެވެ.

މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox