ފްލެޓް އަތުލެވޭ ގޮތަށް ނުރައްކާތެރި މާއްދާތައް ހިމަނައި އެއްބަސްވުން ހެދުމުން ފަހި ޔޫނިއަންގެ ކަންބޮޑުވުން

އެފްޑީސީގެ ފްލެޓްތައް: ފްލެޓް އަތުލެވޭ ގޮތަށް ނުރައްކާތެރި މާއްދާތައް ހިމަނައި އެއްބަސްވުން ހެދުމުން ފަހިޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

އެފްޑީސީގެ ފްލެޓްތައް: ފްލެޓް އަތުލެވޭ ގޮތަށް ނުރައްކާތެރި މާއްދާތައް ހިމަނައި އެއްބަސްވުން ހެދުމުން ފަހިޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

މިދިޔަ އެމްޑީޕީ ސަރުކާރުން ޕްލޭން ކޮށްގެން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްގެ އެއްބަސްވުމަށް ބަދަލުތައް ގެނެސް، ފްލެޓްތައް އަތުލެވޭ ގޮތަށް ނުރައްކާތެރި މާއްދާތައް ހިމަނައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެއްބަސްވުން އެކުލަވާލުމުން ފަހި ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަހި ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވީ އެފްޑީސީން މިހާރު އަލަށް އެކުލަވާލި ފްލެޓް އެއްބަސްވުމުގެ ދަށުން އެއްވެސް ހާލަތެއްގައި ކުލި ނުދެއްކިއްޖެނަމަ، އެ ފްލެޓެއް ގެއްލުވާލުމުގެ ބާރު އެފްޑީސީއަށް ލިބިގެންވާ ކަމަށެވެ.

"ކުލި އެއްވެސް ހާލަތަކާ ގުޅިގެން ނުދެއްކިއްޖެ ކަމަށްވާނަމަ މިވާގޮތަކީ ފްލެޓް ގެއްލުވާލުމުގެ ނުވަތަ ފްލެތް އަތުލުމުގެ ބާރު އެބަ އޮތް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް. އެފްޑީސީއަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް އެނގޭތޯ. މީގެ ނުރައްކާތެރިކަން މިހެން ތިބެ ވިސްނާލީމަ ކުއްލިއަކަށް ނޭގޭނެ،" އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ 25 އަހަރު ފަހުން މިލްކުވާ އެ ފްލެޓަށް 24 އަހަރު ބަރާބަރަށް ކުލި ދެއްކުމަށްފަހު ޖެހިގެން އަންނަ ދެ މަހު ކުލި ނުދެއްކޭ ހާލަތެއްގައި ވެސް އެ ފްލެޓެއް އަތުލައި އެއްބަސްވުން ބާތިލު ކުރުމުގެ ބާރު އެފްޑީސީއަށް ލިބިފައި އޮތުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

"ނުރައްކާތެރިކަން އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލަން ޖެހޭނެ. މިސާލަކަށް މީހަކު ކުލީގެ އެއްބަސްވުން ހަދާފައި މިއޮތީ 25 އަހަރަށް. މީހަކު މިސާލަކަށް 24 އަހަރު ވަންދެން ކުލި ދައްކަނީ. 24 އަހަރު ވަންދެން ކުލި ދައްކާފައި ޖެހިގެން އަންނަ ދެ މަހު އޭނާއަށް ކުލި ނުދެއްކުނީ. އެހިސާބުން މިވާ ގޮތަކީ އެއްބަސްވުން މިއޮތް ގޮތުން އޭނާގެ އެއްބަސްވުން ބާތިލުކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ފްލެޓެއް ދިނުމުގެ ބަދަލުގައި ކުލީގެ އެއްބަސްވުމެއް ސަރުކާރުން އެކުލަވާލުމުން ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

މީގެއިތުރުން ފްލެޓް އެއްބަސްވުމުގެ 25.1 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ފަރާތަށް ލިބިފައިވާ ހައްގުތަކާއި މަސްލަހަތުތައް، ކުއްޔަށް ހިފާ މީހާގެ ރުހުން އިތުރަށް ހޯދުމަކާ ނުލައި، އެހެން ތިންވަނަ މީހަކަށް ވިއްކުމުގެ ނުވަތަ އެސައިން ކުރުމުގެ ނުވަތަ އެނޫން ވެސް ގޮތަކަށް ބަދަލު ކުރުމުގެ ބާރު އެފްޑީސީއަށް ލިބޭތީ އެކަމާ ވެސް އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކުރީ ސަރުކާރުން ކުރި އިއުލާނުގައި އޮތީ ދެ ކޮޓަރި އެޕާޓަމަންޓަކަށް 5,000ރ. އަދި މެއިންޓެނަންސް ފީއަށް 1000ރ. އަދި ތިން ކޮޓަރި އެޕާޓްމަންޓަކަށް 7,000ރ. އަދި މެއިންޓެނަންސް ފީއަށް 1,000ރ. އެވެ.

ނަމަވެސް މި ސަރުކާރުން ފްލެޓް ކުއްޔަށް ބަދަލު ގެނެސް މެއިންޓެނަންސް ފީ ގޮތުގައި 1،000ރ. އާއެކު ދެ ކޮޓަރީ ފްލެޓެއްގެ ޖުމުލަ ދައްކަންޖެހޭ ކުއްޔަކީ މިހާރު 8،000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓެއްގެ މެއިންޓެނަންސް ފީގެ ގޮތުގައި 1500ރ. އާއެކު މަހަކު ޖުމުލަ މިހާރު ދައްކަން ޖެހެނީ 10،500ރ. އެވެ.

މީގެއިތުރުން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 25،000ރ. ދައްކަން ޖެހޭނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

އެމްޑީޕީ ސަރުކާރުން ފްލެޓާއި ގޯތި ލިބިފައި އޮތް ގޮތަށް ރައްޔިތުންނަށް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ވައުދާ ހިލާފަށް އެއްބަސްވުންތަކަށް އަދި ފްލެޓް ލިސްޓަށް ވެސް އެމަނިކުފާނު ވަނީ ބަދަލުތައް ގެނެސްފަ އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން 4،000 ފްލެޓް ހިމެނެނީ ޖުމްލަ 32 ޓަވަަރުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox