ބޮޑު އުންމީދުތަކަކާ އެކު ފަސޫހާ އެނބުރި ޓްރެކަށް

Jul 26, 2025, 4:00 AM
ފަސޫހާ ޓްރެއިނިންގެ ތެރެއިން: އަލުން ކުރީގެ ލެވަލަށް ދާން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުން.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ފަސޫހާ ޓްރެއިނިންގެ ތެރެއިން: އަލުން ކުރީގެ ލެވަލަށް ދާން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުން.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މިދިޔަ ދެތިން އަހަރަށް ބަލާކަމަށްވާނަމަ، ރާއްޖޭގެ އެތުލެޓިކްސްގައި ފިޔަޖަހަމުން އައި އެއް ތަރި އަކީ، ފަސޫހާ އަހުމަދު އެވެ. ދޮޅު އަހަރު ތެރޭ، ފަސް ފަހަރަށް ވުރެން ގިނަ ފަހަރު، ރާއްޖޭގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކުރިއިރު، ފަސޫހާ ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި، ތިން މުބާރާތެއްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ވެސް ހޯދައިފަ އެވެ.

ގާތްގަނޑަކަށް ނުވަ މަސް ތެރޭގައި، ފަސޫހާ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ތިން މުބާރާތަކީ، 2023 ވަނަ އަހަރުގެ ގައުމީ ގްރޯން ޕްރީ އާއި މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕާއި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގަ އެވެ.

އެކަމަކު، ދުވުމަށް އެއްކޮށް ހުސްވެގެން ކެރިއަރެއް ކުރިއަށް ގެންދަމުން އައިސް ފަހުން، މޯލްޑިިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވަޒީފާ އަށް ވަދެ، މިދިޔަ އަހަރު ޓްރެއިނިން އަށް ދާން ޖެހުމުން، އުމުރުން 22 އަހަރުގެ ފަސޫހާގެ ކެރިއަރަށް މަޑުޖެހުމެއް އަ އެވެ.

ސިފައިންގެ ޓްރެއިނިން ނިންމާފައި އައިސް، މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން، ފަސޫހާ އަލުން ކުރީގެ ފޯމަށް އެނބުރި އަންނަން މަސައްކަތް ފެށި އެވެ. އެކަން ކުރަން ފެށީ ކުރީގެ ވެސް ކޯޗު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އަބްދުﷲ އިބްރާހިމް (އަބުޅޯ)ގެ އިރުޝާދުގެ ދަށުންނެވެ.

ފަސޫހާ، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ޓްރެއިނިން ކުރިއަށްގެންދަނީ: އޭނާ އަލުން ޓްރެއިނިން ކަންކަން ފެށީ ވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ކޯޗު އަބުޅޯއާ އެކު.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ކެރިއަރުގެ ފެށުން ވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނާ ގުޅިފައި

މީގެ އަހަރުތަކެއް ކުރިން، ފަސޫހާ، އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ބައިވެރިވުމުން، އޭނާގެ ހުނަރު ދެނެގަތީ ކޯޗު އަބުޅޯ އެވެ.

އެެ ގޮތުން، އަބުޅޯގެ އެދުމާ އެކު، ދުވުމުން ކުރިއަށްދިއުމަށް މަސައްކަތް ކުރަން ނިންމައި، ފަސޫހާ ވަނީ، 2023 ވަނަ އަހަރު ޓްރެއިނިން ފަށައިފަ އެވެ.

"އަސްލު އޭ ލެވަލް ނިންމާފައި ދުވަން މި ފެށީ، ދެން، ހަމަ ޖޮބަކަށް ވެސް ނުގޮސް، ފުލީ މި ކަމަށް (ދުވުމަށް) ކޮމިޓްމަންޓް ދީގެން، 2023 ގެ އެ ވަން އިޔާ އެއްކޮށް، ދުވަން ވެގެން އުޅުނީ، އަނެއްހެން އެއްވެސް ގޮތަކަށް ޗެލެންޖެއް ކުރިމައްޗެއް ނުވޭ. އެއީ، ހަމައެކަނި ދުވުމަށް ފޯކަސްކޮށްގެން އުޅުނީމަކާ،" ފަސޫހާ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބުންޏެވެ.

ފަސޫހާގެ ކެރިއަރުގެ ދުވެލި ކުރިއަރަމުން އައީ ވަރަށް ވެސް އަަވަހަށެވެ. އޭނާގެ ޑިވެލޮޕްމަންޓްގެ ކަންކަން ރަނގަޅު މަގުން ހުއްޓުމެއް ނެތި ދިއުމުގެ ނަތީޖާ އަކަށްވީ، އަހަރެއްގެ މުއްދަތަށް ބަލާނަމަ، ތިން މުބާރާތެއްގައި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ލިބުމެވެ.

އެކަމަކު، އެ ވަރުގަދަ ލެވަލްގައި ހުއްޓައި ފަސޫހާ އަށް ޖެހުނީ، ވަޒީފާގެ ގޮތުން ސިފައިންގެ ޓްރެއިނިން އަށް ދިއުމަށެވެ. ފަސޫހާ ވެސް ސިފަކުރީ އެއީ ކެރިއަރުގެ "ޕީކް"ގެ ގޮތުގަ އެވެ.

"އަސްލު ޓްރެއިނިން އަށް ދިއުމުގެ ކުރިން ހުރީ މީހާގެ އެންމެ ޕީކުގައި، ދެން، އަސްލު ވަރަށް ދެރަވި، (އެ ދުވަސްވަރު ދާން ޖެހުނީމަ) އެއީ އެންމެ ޕީކް ދުވަސްވަރު އެހެން ހުރެފައި، ދެން، ގާތްގަނޑަކަށް ހަތް މަސް ދުވަހު މި ޖެހުނީ ބޮޑު ބްރޭކެއް ނަގަން،" ފަސޫހާ ކިޔައިދިނެވެ.

ސިފައިންގެ 71 ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއް ވަނަ ދަރިވަރަކަށް ދެވޭ "ކޮމާންޑަރު މޮޓަރު ޙަސަން މަނިކު އެވޯޑް" ފަސޫހާ އަށް ހަވާލުކުރަނީ.--- ފޮޓޯ: އެމްއެެންޑީއެފް

ޓްރެއިނިންގައި ވެސް ފަސޫހާ ވަނީ ތަފާތު ދައްކައިފަ އެވެ. އެ ގޮތުން، ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއް ވަނަ ދަރިވަރަކަށް ދެވޭ "ކޮމާންޑަރު މޮޓަރު ހަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ފަސޫހާ އެވެ.

ފަސޫހާ ބުނީ، އެހެން ހުރިހާ ކަމަކަށް ވުރެން އެ ޓްރެއިނިން (ސިފައިންގެ ޓްރެއިނިން) ވަރަށް ތަފާތު ކަމަށާއި، ވަރަށް މަސައްކަތްކޮށްގެން ކަންކަން ހާސިލްވި ކަމަށެވެ.

ޓްރެއިނިން ނިންމާފައި މީގެ ދޮޅު މަހެއްހާ ދުވަސްކުރިން އެނބުރި އެތުލެޓިކްސް އަށް އައިއިރު، ހަށިގަނޑަށް ވަރަށް ބަދަލު އައިސްފައިވާކަން ފަސޫހާ އަމިއްލަ އަށް ވެސް ވަޒަންކުރެވުނެވެ.

"ދެން، އަސްލު ވަރަށް އަންފިޓް، ދުވެލީމަ ވެސް އެނގުނީ. ތަންކޮޅެއް އުނދަގޫވާކަން، ދެން، ކޯޗު ކައިރީ ވެސް އެ ވާހަކަ ހިއްސާކޮށްލިން، ދެން، ކޯޗު ވެސް ބުނި މަޑުމަޑުން ކުރިއަށްދާނެ ވާހަކަ، ދެން މިހާރު، ފެށުނުތާ މާ ގިނަދުވަހެއް ނުވިޔަސް ލުއިކަމެއް ލިބިއްޖެ. ދެން، ވަރަށް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ފަސޫހާ ބުންޏެވެ.

ކުރީގެ ކާމިޔާބީތަކުން ހިތްވަރު ހޯދައިގެން ކުރިއަށްދިއުމަކީ ފަސޫހާގެ އަމާޒު

ބައިނަލްއަގުވާމީ ލެވަލްގައި ފަސޫހާގެ ފުރަތަމަ ފެނިލުމުގައި، 2023 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި، ވެސް އޭނާ ތަފާތު ދެއްކި އެވެ.

އެ ގޮތުން، ޗައިނާގެ ހަންގްޒޫގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި، ވާދަކޮށް، ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ އާ ކޮށްފަ އެވެ. މިއީ، އޭނާ މި އިވެންޓުގެ ރެކޯޑް ފަސް ފަހަރު އާ ކުރިއިރު، އޭގެ ތެރެއިން ތިން ވަނަ ފަހަރެވެ.

2023 ވަނަ އަހަރު ހަންޒޫގައި ބޭއްވި އޭޝިއަން ގޭމްސްގައި ފަސޫހާ ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"ފުރަަތަމަ ޗައިނާ އަށް ދިޔައިރު، ނެޝަނަލް ރެކޯޑެއް ހެދުނު އެ ހަމަ، މެމޮރީގައި ހުރޭ، ދެން، ދިޔައީ، އިންޑިއާ އަށް، އިންޑިއާ އަށް ގޮސްފައި، ގާތްގަނޑަކަށް ބްރޯންޒް ނަގަން ވަރަށް ވާދަކުރިން، އެއީ ވަރަށް ޗެލެންޖިން މުބާރާތެއް. އޭތި ވަރަށް ހަނދާން ހުރޭ، ދެން، ހަމަ އެ އަހަރު (2024 ވަނަ އަހަރު) ލަންކާ އަށް ގޮސްފައި، މި ނެގީ ސިލްވާ މެޑަލް. އެއީ މިހާތަނަށް އެންމެ ބޮޑު އެޗީވްމަންޓަކީ ވެސް އިންޓަނޭޝަނަލް،" ސްރީ ލަންކާގައި މިދިޔަ އަހަރުގެ ޖުލައި މަހު، ކުރިއަށްދިޔަ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ލިބުނު ރިހި މެޑަލްގެ ހަނދާން އާ ކުރަމުން ފަސޫހާ ބުންޏެވެ.

އެތުލެޓިކްސްގެ އިންޓަނޭޝަނަލް އެކި ލެވަލްގެ މުބާރާތްތަކުގައި ފަސޫހާ ވަނީ ވޭތުވެދިޔަތަނުގައި ވާދަކޮށްފަ އެވެ. އަލުން ޓްރެކަށް އައިސް ފިޓްވެ، ކުރީގެ ލެވަލަށް ވުރެން ވެސް މައްޗަށް ދިއުމަށް ފަސޫހާ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. އެހެން ގިނަ އެތުލީޓުންނެކޭ އެއް ގޮތަށް ފަސޫހާ ވެސް ދެކޭ ބޮޑު ހުވަފެނެއް އެބައޮތެވެ.

"އަބަދުވެސް ޑްރީމަކީ، އޮލިމްޕިކްސްއާ ހިސާބަށް ދިއުން، ދެން މިހާރު މަޑުމަޑުން އަނެއްކާ ވެސް މި ހުރީ އެ އަށް ހިފައިގެން މަސައްކަތް ކުރަން ވެގެން ތައްޔާރަށް،" ފަސޫހާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox