އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން #929* ސުޕަޑީލްސް ކެމްޕެއިނެއް ތައާރަފުކޮށްފި އެވެ.
އުރީދޫއިން ބުނީ އެ ކެމްޕެއިނުގެ ދަށުން އޮފާތައް ހިމެނިފައިވާނީ އެކި ކަސްޓަމަރުންގެ ބިހޭވިއާއަށް ބެލުމަށް ފަހު ހާއްސަކުރެވޭ އޮފާތަކެއް ކަމަށެވެ.
ސުޕަޑީލްގެ އޮފާތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެން ނުވެ އެވެ. އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށް ވެސް އެ އޮފާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސުޕަޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ވަނީ ހިމެނިފައިވާއިރު، ލިބޭ އޮފާތައް ބަދަލުވެސް ވާނެ އެވެ.
ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަމްބަރަށް #929* އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ އެވެ. ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮން ތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، #929* ސުޕަޑީލްސް އިން ހާއްސްކުރެވިފައިވާ އޮފާއެއް އޮންނާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ #929* ސުޕަޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ.
ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެ ކަމަށާއި #929* ސުޕަޑީލްސްގެ ތެރެއިން އޮފާއަކަށް ފިތާލުމާއެކު ވަގުތުން އެ އޮފާ އެކްޓިވޭޓް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެކަމެއް ވެސް ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް އުރީދޫއިން ދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.










