ދަރަނި ދައްކަން ދަތި ނުވެ، ވައުދުވި ހުރިހާ މަޝްރޫއެއް 2028 އަށް ނިންމާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ  މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދަރަނިތައް ދެއްކުމުގައި ދަތިނުވާ ގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރުއެއްގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވައުދުވި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ދިމާވި ހުރަސްތަކުން އަރައިގަނެ، ދަރަނި ދެއްކުމުގައި ވެސް ދަތިނުވާ ގޮތަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ.

"އެހެންވީމަ ވަރަށް ޕްލޭން ކުރެވިގެން. އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމަށް އެއްވެސް ކަހަލަ ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ދިމާނުވާ ގޮތަށް ޕްލޭން ކުރުމާ އެކީގައި ރައްޔިތުންނަށް ހުރި މިކަހަލަ އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމުގެ ކަންކަން މި ތަރުތީބު ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"ޖުމްލަކޮށް ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއީ އަޅުގަނޑުގެ ޕްލޭނަކީ. މި އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށުގައި އަމަލީ މަސައްކަތް ފެށިގެން މިދަނީ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި، ހަ މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ދެ އަހަރުގެ ބަޖެޓެއް މި ސަރުކާރުން ތައްޔާރުކުރީ މި އަހަރާއި އަންނަ އަހަރު ހުރިހާ މަޝްރޫއެއް ފަށަން ކަމަށާއި އެއަށްފަހު މަސައްކަތް ކުރާނީ 2027 އާއި 2028 ގައި ފެށި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ނިންމުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ނެގި ކަރަންސީ ސްވޮޕް ފެސިލިޓީއާ އެކީ މި އަހަރުގެ ތެރޭގައި ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި އަންނަ އަހަރު ވެސް ރާއްޖެއިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި އަދާކުރަން ޖެހެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިތާ ދޮޅު އަހަރު ވެފައިވާއިރު، ހިނގަ ހިނގާ އޮތް ގިނަ މަޝްރޫއުތައް ވެސް ވަނީ ހުައްޓާލައިފަ އެވެ. މީގެއިތުރުން މި ސަރުކާރުގެ އަމިއްލަ ތަރައްގީގެ މަޝްރޫއުތައް ހިންގޭ މަންޒަރެއް މިހާތަނަށް ފެނިގެނެއް ނުދެ އެވެ. އޭގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ވައުދެއްވީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ދޮޅު އަހަރުވީއިރު ވެސް އެދެވޭ ބާރު މިނެއްގައި ނުހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox