ލަސްވުމަށްވުރެ ފުރާނަ މުހިންމު

ލަސްވުމަށްވުރެ ފުރާނަ މުހިންމު

އޮފީހަށް ދިއުމަށް ނުކުމެގެން ސައިކަލަށް އަރައިގެން ދުއްވާފައި ދާ މީހާ އެވެ! ރައްޓެއްސަކު ގުޅައިގެން ކޮފީއަކަށް ދިއުމަށް ބާރު ދުވެލީގައި ދުއްވަމުން ދާ މީހާ އެވެ! އަންހެނުން ދެތިން ފަހަރަށް ގުޅިފަހުން ނީނދެވިގެން ސައިކަލަށް އަރައިގެން މަގުހުރި ގޮތަށް ދެންމެ ނައްޓާލި މީހާ އެވެ! ޖިމަށާއި ޓްރެކާ ދިމާއަށް އެއްފުރައިގެ ކުދިންނާއެކު ކަސްރަތުކޮށްލުމަށް ދުއްވާފައިދާ ޖިންސުންލަތީފުންނޭވެ! ދެ ޖިންސުގެ އެންމެހާ އަސްވާރުންނޭވެ! ހަމަޖެހިލާށެވެ! ބިންގަނޑު ދުއްވައިގަނެއްޖެ ނަމަ އެޔަށްވުރެ ބާރަކަށް ތިބާއަކަށް ކުރިޔަކަށް ނޭރޭނެ އެވެ. ހަމަޖެހިލަބަލާށެވެ!

މާތް ޞަޙާބީ އަބޫހުރައިރާގެފާނުގެ އަރިހުން ރިވާވެގެން ވެ އެވެ. މާތް ނަބިއްޔާ މިސްކިތުގައި އިންނަވަނިކޮށް މީހަކު އައިސް ސަލާން ގޮވާލެއްވުމުން، ނަބިއްޔާ އެމީހާގެ ސަލާމަށް ޖަވާބުދެއްވުމަށްފަހު ހަދީސްކުރެއްވި އެވެ. ތިބާ އެނބުރި ގޮސް ނަމާދުކޮށްގެން އަންނާށެވެ! ތިބާ އަދި ނަމާދެއް ނުކުރެ އެވެ. އެމީހާ ދެވަނަ ފަހަރަށް ނަމާދުކޮށްގެން އައިސް ސަލާން ދެންނެވުމުންވެސް މާތް ނަބިއްޔާ ސަލާމަށް ޖަވާބުދެއްވާފައި ހަމަ އެފަދައިން ހަދީސްކުރެއްވި އެވެ. ތިންވަނަ ފަހަރަށް މިކަން ހިނގުމުން އެމީހަކު ދެންނެވި އެވެ. ތިމަން މި ނަމާދުކުރަނީ ތިމަންނާއަށް އެނގޭ އެންމެ ރަނގަޅަކަށެވެ. ކަލޭގެފާނު ތިމަންނާއަށް އުގަންނަވައިދެއްވާށެވެ!

އެހިނދު ހަދީސްކުރެއްވި އެވެ. ތިބާ ނަމާދުކުރުމަށް ތެދުވެއްޖެނަމަ، ތަކްބީރު ކިޔައި ހަށަންބަންނާށެވެ. އަދި ޤުރުއާނުން ފަސޭހަ މިންވަރެއް ކިޔަވާށެވެ! އެއަށްފަހު ރުކޫއުކުރާށެވެ! ރުކޫއުގައި ހަމަޖެހެވެންދެނެވެ. އެއަށްފަހު އިއުތިދާލަށް ތެދުވާށެވެ. އިއުތިދާލުގައި ހަމަޖެހެވެންދެނެވެ. އެއަށްފަހު ސަޖިދައަށްދާށެވެ! ސަޖިދައިގައި ހަމަޖެހެވެންދެނެވެ. އެއަށްފަހު ދެސަޖިދަ ދެމެދަށް އިށީންނާށެވެ. އިށީނުމުގައި ހަމަޖެހެވެންދެނެވެ. ދެން އަނެއްކާވެސް ސަޖިދައަށް ދާށެވެ. ސަޖިދައިގައި ހަމަޖެހެވެންދެނެވެ. ދެން ތިބާގެ މުޅި ނަމާދުގައި މިގޮތަށް އަމަލުކުރާށެވެ!

މާތް ނަބިއްޔާ އެމީހާއަށް އުގަންނަވައިދެއްވި އެންމެ ބޮޑު ފިލާވަޅަކީ ހަމަޖެހިގެން ނަމާދުކުރުމެވެ. އަވަސްއަރައިނުގަތުމެވެ. ލައިނުގަނެގެން ނޫޅުމެވެ. އަދި އަވަސްއަރައިގަތުމާއި ލައިނުގަތުމުގެ ތެރެއިން ކުރާ ނަމާދަކީ ނަމާދެއްކަމުގައި ވެސް ނުވާކަމަށް މާތް ނަބިއްޔާ އެވަނީ އެމީހާއަށް އަންގަވާފަ އެވެ. އެހެނީ މާތް ނަބިއްޔާ ހަދީސްކުރެއްވީ "ތިބާ އަދި ނަމާދެއް ނުކުރެ އެވެ." މިހެންނެވެ.

އަހަރެމެން މުސްލިމުން ރެޔަކާއި ދުވާލަށް އަދާކުރަންޖެހޭ ފަރުޟު ފަސް ނަމާދު އަދާކުރުމުގައި އަވަސް އަރައިގަތުމެއް ނެތި ހަމަޖެހިލައިގެން ކުރުމަށް މާތް ނަބިއްޔާ ދެއްވާފައި މިވާ އިރުޝާދަކީ އެކަންކަމުގެ މައްޗަށް ވިސްނާ ފިކުރުކުރުމަށް އޮތް ހާދަހާ މަތިވެރި އިރުޝާދެކެވެ. މިގޮތުގެ މަތީން ނަމާދުކޮށް އުޅޭނަމަ އަދި އެކަމުގެ ބޭނުމާއި މަގުސަދަށް ވިސްނައިގެން ޚުޝޫއަތްތެރިކަން ގެނެވޭނަމަ، އަހަރެމެން ގެ ކިބައިން ލައިނުގަތުމުގެ ސިފަ ފިލާގޮސް، ހަމަޖެހިލައިގެން ކަންކަން ކުރުމުގެ ވައްޓަފާޅި އަށަގަންނާނެ ކަމާމެދު ޝައްކެތް ނެތެވެ.

ނިކަން ވިސްނަވާށެވެ! އަވަސް އަރުވާލައިގެން އެއްޗެއް ހޯދަންޖެހޭނަމަ ޢާލަމްތަކުގެ ވެރިރަސްކަލާނގެ އިންސާނުންނަށް ފޮނުއްވި ހިދާޔަތުގެ ކަލިމަފުޅަށްވުރެ އަވަހަށް ހޯދަންޖެހޭ އެހެން އެކައްޗެއް ވެސް ނުމެ އޮންނާނެތާ އެވެ. ނަމަވެސް ކީރިތި ޤުރުއާން ލިބިވަޑައިގަތުމުގައި ވެސް ކެތްތެރިކަމާއި ހަމަޖެހުން އިސްކުރެއްވުމަށް ލޮބުވެތި ނަބިއްޔާއަށް މާތް ﷲ އަންގަވާފައި ވެއެވެ.

އަލްޤިޔާމާ ސޫރަތުގެ 16 ވަނަ އާޔަތުގައި ނަބިއްޔާއާ މުހާތަބުކުރައްވައި ވަހީކުރެއްވި އެވެ. "އެ ޤުރުއާން ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ ޤުރުއާނައިގެން ހަރާކްތެރި ނުކުރައްވާށެވެ!" އަދި ޠާހާ ސޫރަތުގެ 114 ވަނަ އާޔެތެވެ. "...ކަލޭގެފާނަށް ވަހީ ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ ގުރުއާން ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ!.."

މިހެން ގޮސް އިސްލާމްދީނުގައި އެކަންކަމުގެ އިރުޝާދު ހުރި އެތައް ކަމެއްގައި އަވަސް އަރައިނުގަތުމަށް އަންގަވާފައިވެއެވެ. މާތް ﷲ ގެ ނަސްރު އައުން ލަސްވުމުގައި ވެސް މާޔޫސްވެގެން އަވަސް އަރައި ނުގަތުމަށް ކީރިތި ޤުރުއާނުގެ އެތަކެއް ބަސްފުޅެއްގައި އަދި ނަބަވީ އެތައް އިރުޝާދެއްގައި އައިސްފައިވެއެވެ. ހަމަ މިގޮތަށް މުސްލިމުންގެ އަދާވާތްތެރި ކާފަރުންނަށް ކޯފާއާއި އަޒާބު އައުން ލަސްވެގެން އެކަމާ ވެސް އަވަސްއަރައިގަތުމުގެ ވިސްނުމުން ނުވިސްނުމަށް އެތަކެއް އާޔަތްތަކެއްގައި އަންގަވާފައި ވެ އެވެ.

ހަމަ މިގޮތަށް ފާސިގުން ގެންނަ ހަބަރުތައް ވެސް އޭގެ ދޮގުތެދު ބެލުމެއް ނެތި ގަބޫލުނުކުރުމަށް އަންގަވާފައިވަނީ ވެސް، ކަންކަމުގައި އަވަސްއަރައިގަތުމުން، ފަހުން ހިތާމަކުރަންޖެހިދާނެކަން ހަނދާން ކޮށްދެމުންނެވެ. މިހެންގޮސް ދެމަފިރިންގެ ލޯބީގެ ގުޅުންތަކުގައިވެސް ޖަނަވާރުންހެން އަވަސްއަރައިނުގަތުމަށް ނަބަވީ އިރުޝާދުތައް އައިސްފައި ވެ އެވެ.

އަވަސް އަރައިގަތުމަކީ އިންސާނުންގެ ތަބީއީ ސިފައެކެވެ. އެ ހަގީގަތް ވެސް ގުރުއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. އިސްރާއު ސޫރަތުގެ 11 ވަނަ އާޔަތުގެ ފަހަތު ޖުމުލަ އެވެ. "...އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ." އަދި އަލްއަންބިޔާއު ސޫރަތުގެ 37 ވަނަ އާޔަތް ވިދާޅުވާށެވެ! "އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ ކިބައިގައި) ލައްވާފައެވެ. ތިމަންކަލާނގެ އާޔަތްތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެ ހަޒުރަތުން އަވަސްވުން އެދި ނޫޅޭށެވެ! "

ފަހަރުގައި މީހަކު ބުނެފާނެ އެވެ. އަވަސްއަރައިގަތުން އިސްލާމްދީން އެހާ ބޮޑަށް ނަހީކުރާއިރު އަވަސްވެގަތުން އެއީ އިންސާނީ ތަބީއީ ސިފައެއްކަމުގައި ލެއްވުނީ ކީއްވެގެންތޯ އެވެ؟ ޖަވާބު ކުރުވެފައި ސާދާ އެވެ. އެއީ އެހެންވެސް ޝަހުވަތްތައް ވެސް އިންސާނުންގެ ކިބައިގައި ލެއްވިފައި، އެކަންކަމުން ދުރުވެގެން އުޅުން އެއީ ދުނިޔޭގެ އިމްތިހާނުކަމުގައި ލެއްވި ކަލާނގެ ހިކުމަތްތެރިކަމުގެ ތެރެއިން ހިމެނުނު ކަމެކެވެ. ދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެވެ. އިސްލާމްދީން މަނާކުރާ ކަންކަމާ ދިމާއަށް އިންސާނުން ހެއްލައި ކޮއްޕުމުގެ އެއްވެސް ކަމެއް ދުނިޔޭގައި ނުވާނަމަ، ދުނިޔެއަކީ އިމްތިހާނަކަށް ނުވީހެވެ.

ޔަގީނުން ހާމަވާ ކަމަކީ، އިންސާނުންގެ ތަބީއަތުގައި އިސްލާމްދީން މަނާކުރާ ކަންކަމާ ދިމާއަށް އެއްލިގަތުމުގެ ބާރުވެރިކަމެއް ލެއްވިފައިވީނަމަވެސް، އެކަންކަމާދިމާއަށް ނަފުސު ދިއުން އޮބަހައްޓައިފި މީހާއަށް ހަމައެކަނި ލިބެނީ ސަވާބާއި އާހިރަތުގެ ދަރުމަ ނޫންކަމެވެ. ދުނިޔޭގައިވެސް މޮޅާއި ލާބަޔާއި ފުރިހަމަ ސިއްހަތާއި ގިނަ ދުވަހު ދުނިޔޭގައި އުފަލުގައި އުޅެވުމާއި މިކަންކަން ހާސިލުކުރެވެނީ އިސްލާމްދީން އެ މަނާކުރާ ކަންކަމުގެ ތެރެއަށް ނުވެއްޓި އުޅެވޭ މިންވަރަކުން ނޫންތޯ އެވެ؟

މަގުމަތީގެ ރައްކާތެރިކަމާގުޅޭ ގޮތުން ފުލުހުން މިހާރު ފަށައިގެން މިއުޅޭ ޚާއްސަ ކެމްޕޭނުގައި ފުލުހުން އެ ބުނަނީ ތެދެކެވެ. ލަސްވުމަށްވުރެ ފުރާނަ މުހިންމެވެ. އަހަރެމެންގެ މަތިވެރި އިސްލާމްދީނުގައި ކަންކަމުގައި ހިފިނުހުރެވިގެން އެކޮށް ލައިނުގަނެގެން ނޫޅުމަށް ވަނީ އަންގަވާފައެވެ. ހެޔޮ އަމަލުތައް ކުރުމުގައި ވެސް ކަމުގެ މަގުސަދު ގެއްލޭ ގޮތަށް އަވަސް އަރުވާލައިން، ލައިނުގަނެގެން އުޅުމަކީ ދީން މަނާކުރާ ކަމެކެވެ.

އޮޅުވާނުލައްވާށެވެ! ލަސްވުމަށްވުރެ ފުރާނަ މުހިންމު ޝިއާރުގެ ނަމުގައި ވެސް ހިތަށް އެރިއިރަކުން ގެއިން ނުކުމެފައި އޮފީހަށް ގަޑިޖެހުމާއި، އަނެކުންގެ ވަގުތަށް އިހުތިރާމު ނުކުރުމަކީ އޮވެގެންވާނެ ކަމެއް ނޫނެވެ. އިސްލާމްދީން މަނާކުރަނީ އަވަސްއަރައިގަތުމެވެ. ހެޔޮ ކަންކަމަށް އަވަސްވެގެތުމަކީ އޮތް ކަމެކެވެ. މިސާލަކަށް ނަމާދުގެ ވަގުތު ޖެހިއްޖެނަމަ ނަމާދަށް އޮތީ އަވަސްވެގަތުމެވެ. ނަމަވެސް މާތް ނަބިއްޔާ ނަހީކުރެއްވީ ނަމާދުކުރުމުގައި އަވަސް އަރައިގަނެ ނަމާދު ނަމާދަކަށް ނުވާ ގޮތަށް ކުރުމެވެ.

ހަމަ މިގޮތަށެވެ. އޮފީހަށާއި އެނޫންވެސް ދާންޖެހޭ ތަންތަނަށް ދިއުމުގައި އަވަސްވެގަތުން އެއީ އެންމެ މުހިންމު އެއް ކަންތަކެވެ. ނަމަވެސް އެފަދައިން އަވަސްވެގަތުން ދޫކޮށްލާފައި، ގަޑި ކުޑަތަންވުމުން އަވަސްއަރައިގަތުމަކީ އެއީ އިސްލާމްދީން އެކަމަކާ ދެކޮޅަށް ހަނގުރާމަކުރާ ކަންތަކެވެ. އަދި އެކަމުގައި އިސްލާމީ އުސޫލުތަކަށް ރައްކާތެރިވުމުގައި އޮތީ އުޚްރަވީ ހަޔާތުގެ ސަވާބާއި ދަރުމަ އެކަންޏެއް ނޫނެވެ. މިދުނިޔޭގެ ރައްކާތެރިކަމާއި ބާއްޖެވެރިކަން ވެސް މިކަމާ ވަނީ އިންތިހާއަށް ގުޅިފައެވެ. ހާއްސަކޮށް ކާރޫބާރޫ ބޮޑު މާލޭގެ މަގުމަތީގައި ހިނގާހިނގުމާއި ދުވާ ދުވުމާއި ދުއްވާ ދުއްވުންތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox