ބޮޑު އޮޅުވާލުމެއް: ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރީ ގުނާނެ ކަމަށް ބުނި ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނައި

ސަރުކާރުގެ އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރީ އޮޅުވައިލުމަށް ފަހު ---

ސަރުކާރުގެ އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރީ އޮޅުވައިލުމަށް ފަހު ---

ވެރިކަމަށް 600 އަށްވުރެ ގިނަ ދުވަސް ފަހުން މިވަގުތު ސަރުކާރުގައި ތިބި ސިޔާސީންގެ އަދަދު ކަމަށް ސަރުކާރުން ބުނި އަދަދަކީ އެ އަދަދުގެ ތެރޭ ގުނާނެ ކަމަށް ބުނި ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނާކަން އެނގިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް އިންތިގާލީ މަރުހަލާގައި ވެވަޑައިގެންނެވި ވައުދާ ހިލާފުވެ، ސަރުކާރުން ރޭ ދަންވަރު ބުނީ މިވަގުތު ސަރުކާރުގައި ތިބީ 922 ސިޔާސީން ކަމަށެވެ.

ސިޔާސީންގެ އަދަދު ހިފަހައްޓާނެ ކަމަށް އިންތިގާލީ މަރުހަލާގައި ރައީސްގެ އޭރުގެ އޮފީހުން ބުނީ ރައީސް އޮފީހާއި މުލިއާގެ އަދި ހިލާލީގޭގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެނެވެ. އެކަން އިއުލާނުކުރެއްވީ އޭރު އެ އޮފީހުގެ ތަރުޖަމާނު އަދި މިހާރު ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޕްރެޒިޑެންޝަލް އެފެއާޒް މުހައްމަދު ފިރުޒުލް އެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން," އޮކްޓޯބަރު 10، 2023 ގައި މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވި އެވެ.

ނަމަވެސް، ރޭ އާންމުކުރި އަދަދުގައި ރައީސް އޮފީހުގެ މުވައްޒަފުންނެއް ނެތެވެ. އޭގެ ތެރޭގައި ހިމެނެނީ ވަޒީރުންނާއި ވަޒީރުންގެ ފެންވަރުން ފެށިގެން ސަރުކާރުގައި ތިބި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން އަދި އެހެން މަގާމުތައް ވެސް ހިމެނޭ ކަމަށެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން އެނގޭ ގޮތުގައި ޖުލައި 6، އާއި ހަމައަށް ރައީސް އާއި ނައިބު ރައީސް ނުހިމަނާ 348 މުވައްޒަފުން އެބަތިއްބެވެ. އޭގެތެރޭގައި ވަޒީރުންނާއި ސްޓޭޓުން އަދި ޑެޕިއުޓީންގެ ފެންވަރުގެ 27 އެބަތިއްބެވެ. ރޭ އާންމުކުރި ލިސްޓުގައި އެހެނިހެން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބި ކަމަށް ބުނީ 49 މީހެކެވެ.

ރައީސް އޮފީހުގައި ތިބި ވަޒީރުންނާއި އެ ފެންވަރުގެ އަދި ސްޓޭޓާއި ޑެޕިއުޓީ ފެންވަރުގެ ބޭފުޅުން ރޭގެ ލިސްޓުގައި ތިބި ކަމަށް ބެލެވެ އެވެ. އެ ބޭފުޅުން އުނިކޮށް ލިސްޓު ހެދުމުން ވެސް ސިޔާސީ މުވައްޒަފުންގެ އަސްލު އަދަދު ހާހުން މައްޗަށް އަރާނެ އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކިކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ވަކި ކުރައްވާނީ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ވިދާޅުވި އެވެ.

ތަރުޖަމާނު ހީނާ ވިދާޅުވެފައި ވަނީ އޮކްޓޯބަރު 31، 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރީ ކޮން ބައެއްކަން ހާމަ ނުކުރެ އެވެ.

އިގުތިސޯދީ ހާލަތު ގޯސްވުމުގެ ފަހަތުގައި ކުރީ ސަރުކާރުގެ މަތިބަރު ކަމަށް މި ސަރުކާރުން ބުނެފައި ވިޔަސް، މި ސަރުކާރުން ވަނީ މަތިބަރުކޮށް މުސާރައަށް ހޭދަކުރާ މިންވަރު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox