ޗެލްސީގެ ޕާމާ އަށް ޕީއެސްޖީން 300 މިލިއަން ޑޮލަރުގެ ބިޑެއް ކުރަނީ: ރިޕޯޓް

Jul 16, 2025, 3:47 AM
ޗެލްސީގެ ޕާމާ އަށް ޕީއެސްޖީން 300 މިލިއަން ޑޮލަރުގެ ބިޑެއް ކުރަނީ: ރިޕޯޓް

ޕެރިސް (ޖުލައި 16) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ތަރި، ކޯލް ޕާމާ އަށް ފްރާންސްގެ ޕީއެސްޖީން 300 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ ލަ ޕެރީސިއަން އިން ރިޕޯޓްކޮށްފި އެވެ.

ދާދި ފަހުން އެމެރިކާގައި، ނިމިދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީން 3-0 އިން ޕީއެސްޖީ ބަލިކުރިއިރު، މި މެޗުގެ ތަރިއަކީ ޕާމާ އެވެ. އޭނާ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ދެން ޖެހި ގޯލަށް ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ.

މީގެ އެއް އަހަރު ކުރިން، މެންޗެސްޓާ ސިޓީ ދޫކޮށް، 50 މިލިއަން ޑޮލަރުގެ ފީ އަކަށް ޗެލްސީން ޕާމާގެ ސޮއި ހޯދިއިރު، ފުރަތަމަ ސީޒަނުގައި އޭނާ ވަނީ، ޕްރިމިއާ ލީގުގައި 22 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، މިހާތަނަށް ޗެލްސީ އަށް ކުޅެދިން، 97 މެޗުން 43 ގޯލު ޖަހައި، 29 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޗެލްސީއާ އެކު، ޕާމާގެ ކޮންޓްރެކްޓް އޮތީ 2033 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާގޮތުން، ޕީއެސްޖީން ޕާމާގެ ސޮއި ހޯދަން ހުށަހަޅަން ތައްޔާރުވަނީ، ދުނިޔޭގެ ޓްރާންސްފާ ރެކޯޑެކެވެ. އެއީ، 300 މިލިއަން ޑޮލަރުގެ ޕެކޭޖެއް ކަމަށް ރިޕޯޓްތައް ބުނާއިރު، މިހާތަނަށް ރެކޯޑް ޓްރާންސްފާ އަކަށް އޮތީ ޕީއެސްޖީން، 2017 ވަނަ އަހަރު ބާސެލޯނާ އަށް 277 މިލިއަން ޑޮލަރު ދީފައި ގަތް ނޭމާ އެވެ.

ޕީއެސްޖީން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން، ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމުން އެ ކްލަބަށް އެ ދެ މުބާރާތުގެ އާމްދަނީ އެއްކޮށް ވެސް ވަނީ 200 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ލިބިފަ އެވެ. އަދި، ފްރާންސްގެ ތިން މުބާރާތުގެ ތަށި ވެސް ހޯދި ޕީއެސްޖީ އަށް އަންނަ މަހު، ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އޮތްއިރު، އެ ކްލަބުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުނުވެ، އެ ވަރުގެ އިންވެސްޓެއް ޕާމާ އަށް ކުރަން ގަވާއިދުގެ ތެރެއިން ހުރަހެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox