ވެރިކަމަށް އައި އިރު އެއާޕޯޓު ޓާމިނަލުގެ ގިނަ ކަންކަން ހުރީ ހަވާލުވެސް ނުކޮށް، ރާވާފައި އޮތީ ސިމެންތި ޖެހި އިމާރާތެއް: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިރިއު، މި އަހަރުގެ މިނިވަން ދުވަހު ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ފަސިންޖަރުންގެ ޓާމިނަލުގެ ގިނަ މަސައްކަތްތައް ހުރީ ހަވާލުނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ އައު އެޕިސޯޑެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޓާމިނަލް މަޝްރޫއުގެ ސްކޯޕު އޮތީ ސިމެންތި ފިނިޝިން އެއްގައި އެތަން ނިންމުން ކަމަށާއި، ކޮންމެހެން ބޭނުންވާ ގިނަ ކަންކަން ކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށެވެ.

އެގޮތުން, ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ޒިޔާރަތްކުރި އެއް ތަނަކީ ޓާމިނަލުގެ މަސައްކަތު ސައިޓު ކަމަށާއި އޭރު މަސައްކަތް ގޮސްފައި އޮތް ހިސާބު ވަރަށް ސާފުކޮށް އެ ދުވަހު އެނގުނު ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް ޓާމިނަލަށް ދާ މަގާއި ޑިއުޓީ ފްރީ ސަރަހައްދުގެ މަސައްކަތް ހަވާލުކޮށްފައިނުވާކަމަށް ރައީސް ވިދާޅުވި އެވެ.

"ޓާމިނަލް އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ކިތަންމެ ކަމެއް ހުރި. އަދި، ޕްރޮޖެކްޓުގެ ސްކޯޕް ތެރޭގަ، ހަވާލު އެކި ފަރާތްތަކާއި ކޮށްފަ ނުވާ ކީ އެތައް ކަމެއް ވެސް ހުރި. ހަވާލުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓުގެ މައި މަގާއި ޓާމިނަލް ގުޅުވާލުމަކީ މި ސަރުކާރުން ޕްލޭންކޮށް، ބަޔަކާއި ހަވާލުކޮށްގެން ކުރި ކަމެއް ކަމަށާއި އެއީ ކުރިން ސްކޯޕުގައި އެއްވެސް ގޮތަކަށް ނެތް ކަމެއް ކަމަށް ވެސް މިއަދު ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި، މި ވެރިކަން ފެށުނުއިރު ނިމިފައި އޮތީ ހަމައެކަނި ޓާމިނަލް އިމާރާތުގެ 53 އިންސައްތަ ކަމަށާއި އެއީ އެކަމުގެ ވަށައިގެންވާ މަސައްކަތްތަކެއް ހިމެނޭ އަދަދެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް، އެހާ ބައިވަރު މީހުންނަށް ހިދުމަތްދޭ ޓާމިނަލެއް، އިންޓަނޭޝަނަލް ފެންވަރުގެ ޓާމިނަލަކަށްވާއިރު، އެތާ އެތެރޭގަ ކޮންމެ ގޮތެއްވިޔަސް ޑިއުޓީ ފްރީއެއް ހުންނަން ޖެހޭނެ. ކޮމާޝަލް އޭރިއާއެއް ހުންނަން ޖެހޭނެ. އެވެސް ނެތް ބަޔަކާ ހަވާލުކޮށްފަ. އެއްވެސް ކަމެއް ނެތް. ހަމަ މި. ސިމެންތި ފިނިޝިން އެއްގަ. މަތިވެސް، އަރިމަތިވެސް، ބިންމަތިވެސް، ހުރިހާ ތަނެއްވެސް، ހަމަ ދޫކޮށްލާ ގޮތަށް ހުރީ. އެއްވެސް ކަމެއް ނެތޭ އެތާ ހަވާލުކޮށްފަ އެއް،" ރައީސް ވިދާޅުވި އެވެ.

އަލަށް ހަވާލުކުރި ކަމަށް ރައީސް ވިދާޅުވާ މަސައްކަތްތަކާއެކު ޖުލައި 26، ގައި ހުޅުވޭ ވަރަށް މިހާރު މަސައްކަތް ނިމިފައިވާ ކަމަށާއި ބާކީ މަސައްކަތްތައް ސެޕްޓެމްބަރު މަހަށް ނިންމާ މުޅި ޓާމިނަލް އޮޕަރޭޝަނަށް ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. މުޅި ޓާމިނަލް ނިމޭނެ ކަމަށް އެމަނިކުފާނު ފުރަތަމަ ދެއްވި ތާރީހަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހެވެ.

މި ވާހަކަތަކަކީ ކުރީގެ ވެރިންގެ މަސައްކަތްތައް ބަލައިނުގަންނާތީ ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ދިޔަ ސްޕީޑާއި ވެރިކަންކަމުގައި ލިބުނު އަވަސްކަން ތާރީހުން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox