އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ހަތަރު ވަނަ އުމްރާ ދަތުރު ލިބުނު ނަސީބުވެރިއަކަށް ޅ. ހިންނަވަރު, އީސާ އަލިފުޅު ހޮވިއްޖެ އެވެ.
އީސާގެ ފަރާތުން އިނާމާއި ހަވާލުވީ އާމިނަތު ޝައްފާ އަބްދުالله ޝަފީއު އެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމުތައް:
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް.
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު.
- ގްރޭންޑް ޕްރައިޒްއަކަށް ދެ މީހަކަށް ހައްޖު ދަތުރެއް.
ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތް:
- އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
- އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން.
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން.
މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓުން ލިބޭނެ އެވެ.










